ނުވަަ ވަނަ ދިވެހި ފިލްމު އެވޯޑްސްގައި އެންމެ މޮޅު ފިލްމާ އެކު ގިނަ އެވޯޑްތަކެއް ހޯދި ‘ޔާރާ ފިލްމްސް’ގެ “ވިޝްކާ” މިރޭ 09:00ގައި ބައިސްކޯފަށް ލައިފިއެވެ.

އަބްދުﷲ ވިޝާމްގެ ވާހަކައަކަށް މަހުދީ އަޙްމަދު ސްކްރީން ޕްލޭ ލިޔެފައިވާ ފިލްމް “ވިޝްކާ” އަކީ ބަތަލާ އައިޝަތު ރިޝްމީ ޓައިޓްލް ރޯލް ކުޅެފައިވާ ކްރައިމް ތުރިލާއެކެވެ. “ވިޝްކާ” ޑައިރެކްޓްކޮށް، ބަތަލުގެ ރޯލް ކުޅުނީ ރަވީ ފާރޫޤު އެވެ. މި ފިލްމުގެ ވަރަށް މުހިއްމު ރޯލެއް އަޙްމަދު ސަޢީދު ވެސް ކުޅެފައިވެ އެވެ.

ނުވަ ވަނަ ދިވެހި ފިލްމު އެވޯޑްސްގައި “ވިޝްކާ” ގެންދިޔަ އެވޯޑްތަކުގެ ތެރޭގައި އެންމެ މޮޅު ބަޠަލާގެ އެވޯޑް އައިޝަތު ރިޝްމީ އަށް ލިބުނެވެ. މީގެ އިތުރުން އެންމެ މޮޅު އާޓް ޑައިރެކްޝަން (އަހުމަދު މުހައްމަދު އިމާދު)، އެންމެ މޮޅު ކޮސްޓިއުމް (ނޫރާ/ ރިއްފަތު/ވިޝާމް)، އެންމެ މޮޅު އަންހެން ލަވަކިޔުންތެރިޔާ (މަރިޔަމް ރިފްގާ)، ބެސްޓް ސައުންޑް ޑިޒައިން (މުހައްމަދު އިކްރާމް) އަދި އެންމެ މޮޅު ސިނަމަޓޯގްރަފީ (މަދޮށިޕް ސްޓޫޑިއޯ) އަށް ލިބިފައިވެއެވެ. މީގެ އިތުރުން 2017 ވަނަ އަހަރު ސާކް ފިލްމު ފެސްޓިވަލްގައި “ވިޝްކާ” ބައިވެރި ކޮށްގެން ރިޝްމީ ވަނީ ސަރަހައްދުވެ އެންމެ މޮޅު ބަތަލާ މަގާމު ހޯދައި ބައިނަލްއަގުވާމީ އެވޯޑެއް ހޯދި ފުރަތަމަ ދިވެހި އެކްޓްރެސްގެ ޝަރަފުވެސް ހޯދާފައެވެ.

2017 ގައި ރިލީޒްކުރި “ވިޝްކާ” އަކީ ރާއްޖޭގެ ކުށުގެ ވެށި ވަރަށް ފުރިހަމައަށް ދައްކުވައިދީފައިވާ ފިލްމެކެވެ. އެގޮތުން ދިވެހި މުޖުތަމައުގައި ހިނގާ މާރާމާރީ އާއި ސިޔާސީ ކަންތައްތަކުގެ މައްޗަށް ވާހަކަ ބިނާކޮށްފައިވާއިރު، މި ފިލްމުން ލޯތްބާއި ނަފްރަތާއި ދަހިވެތިކަމާއި އަނިޔާވެރިކަން ފަދަ ކަންތައްތައް ދައްކުވައިދީފައިވެއެވެ.

“ވިޝްކާ” ބަލައިލެވޭނީ ބައިސްކޯފުގެ ޕްރީމިއަމް ކޮންޓެންޓަށް ސަބްސްކްރައިބްކޮށްގެންނެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.