ހުނަރުވެރި ފިލްމީ ތަރި މަރްޔަމް މަޖުދާ (މަޖޫ) ވަރުގަދަ ސިޔާސީ ރޯލަކުން ފެނިގެންދާ ސިޔާސީ ފިލްމު “މަރްޔަމް”ގެ ޝޫޓިން ނިންމައި ފިލްމުގެ ކާސްޓުންނާއި ކުރޫ އިއްޔެ (29 މާރިޗް 2020) ވަނަ ދުވަހު މާލެ އައިސްފިއެވެ.
ފިލްމުގެ ޝޫޓިން މާލޭގައި ނެގުމަށްފަހު މުލަކުގައި ޝޫޓްކުރަން ހުރި ބައިތައްވެސް މިހާރު އެއްކޮށް ނިމިފައިވާކަމަށް ފިލްމުގެ ސްކްރީންޕްލޭ ލިޔެފައިވާ އަޙްމަދު ޒަރީރް ބުންޏެވެ.
މި ފިލްމުގައި މަޖޫ ކުޅެފައިވާ ރޯލާމެދު އިތުރު މަޢުލޫމާތު ތަކެއް ފިލްމުގެ ޕްރޮޑަކްޝަންް ޓީމުން އާއްމުކުރާކަށް އަދި ބޭނުމެއް ނުވެއެވެ. މަޖޫ ކުޅެފައިވާ ރޯލާއި މެދު ކަނޑި ބުނީ މަޖޫގެ ފެންވަރު ރަނގަޅު ތަފާތު އެކްޓިންއެއް “މަރްޔަމް”ގައި ފެންނާނެ ކަމަށެވެ.
ފިލްމު “މަރްޔަމް”ގައި މަރްޔަމް މަޖްދާ ފެނިގެންދާނީ މީގެ ކުރިން އޭނާ ކުޅެފައިވާ އެއްވެސް ފިލްމެއްގައި ދައްކާފައި ނުވާފަދަ އެކްޓިންއެކެވެ. އެހެންކަމުން މި ފިލްމަކީ މަޖޫގެ ފިލްމީ ކެރިއަރގައި ވަރަށް މުހިންމު އަދި ތާރީޚީ މަސައްކަތެކެވެ. މިއީ ޑާކް ރެއިންގެ އުފެއްދުމެއްގައި ނޫންގޮތަށް މަޖޫ ފެނިގެންދާ ފުރަތަމަ ފިލްމުވެސް މެއެވެ.

ފިލްމު “މަރްޔަމް” އުފެއްދުމުގެ ތެރެއިން މުލަކުން – ފޮޓޯ: މަރްޔަމް ޓީމް
މަޖޫ ބުނީ މި ފިލްމުގައި މަޖޫގެ ބެސްޓް ދައްކާފައިވާނެ ކަމަށާއި ދައްކާފައިވާ އެކްޓިން ބެލުންތެރިންނަށް ކަމުދާނެ ކަމަށް އުއްމީދުކުރާކަމަށެވެ.
“މި ފިލްމުގައި ތަފާތު ވާނެ ދެއްކިފަ އިންނަ އެކްޓިން.” ސިޔާސީ ދެކޮޅުވެރިކަމާއި ބައިބައިވުމުގެ ތެރެއިން ރައްޔިތުންނަށް އުއްމީދެއް ގެނެސްދިނުމަށް ނުކުންނަ އަންހެނެއްގެ ވާހަކަ ގެނެސްދޭ ފިލްމުގައި މަޖޫ ކުޅެފައިވާ ރޯލާމެދު ބުންޏެވެ.
’އެއް ކާފު ޕްރޮޑަކްޝަންސް‘ އިން އުފައްދާ ފިލްމު “މަރްޔަމް” ޑައިރެކްޓްކޮށް ކެމެރާކުރީ ހުނަރުވެރި ސިނަމޮޓޮގްރާފަރ ވިޝާން (ކަނޑި) އެވެ.
ފިލްމުގެ ލީޑުން ފެނިގެންދާނީ މަޖޫގެ އިތުރުން މަޤްބޫލު އަދި ހުނަރުވެރި އެކްޓަރ އަޙްމަދު ސަޢީދުއެވެ. މި ފިލްމުގައި ސަޢީދުގެ ވަރުގަދަ އަދި ތަފާތު އެކްޓިންއެއް ފެނިގެންދާނެކަމަށް މަޢުލޫމާތު ލިބެއެވެ.
ފިލްމުގައި ހަރަކާތްތެރިވާ އިތުރު ތަރިންގެ ތެރޭގައި ޢަލީ އާޒިމް (ދޮން އައްޔަ)، ނިޝް، ޢަލީ ޝަޒްލީމް، މުޙައްމަދު ވަޙީދު (ވައްޑެ) ވެސް މުހިންމު ރޯލުތަކުން ފެނިގެންދާނެއެވެ. މީގެ އިތުރުން މުލަކުން ވެސް ފިލްމުގެ ސަޕޯޓިން ރޯލުތަކުން މީހުން ބައިވެރިކޮށްފައިވެއެވެ.

ފިލްމު “މަރްޔަމް” އުފެއްދުމުގެ ތެރެއިން މުލަކުން – ފޮޓޯ: މަރްޔަމް ޓީމް
ފިލްމު ”މަރްޔަމް“ގެ ޕޯސްޓް ޕްރޮޑަކްޝަން މަސައްކަތް ކުރާނީ ކާމިޔާބު ޕްރޮޑަކްޝަންތަކެއް އުފައްދަމުން އަންނަ ޕްރޮޑަކްޝަން ހައުސް ’އޯކޭޒް‘ އިންނެވެ.
ފިލްމުގެ ރަސްމީ ލޯންޗިން އެއް ކައިރި މުސްތަގުބަލެއްގައި ބޭއްވުމަށް ނިންމާފައިވެއެވެ.
ފިލްމު ”މަރްޔަމް“ގެ އޮންލައިން މީޑިއާ ޕާޓްނަރަކީ މުނިއަވަސް އެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 28 މާރޗް 2025ޚަބަރުމަޑުކޮށްބަލަ! ވާޝިޔާ ގެއިން ނެރެ މަގުމަތިކޮށްލީތަ؟
- 19 މާރޗް 2025ޚަބަރު“ސޮރީ” ގައި ނިޝާ، މަނިކް އަދި އާމިރާގެ އިތުރުންވެސް ގިނަ ތަރިންތަކެއް
- 15 މާރޗް 2025ޚަބަރު“ފުރާނަ” – ޔުނިކޯ ބީޓްސް ސްޓޫޑިއޯގެ ސަޅި ލަވައެއް!
- 14 މާރޗް 2025ޚަބަރުފިލްމުކުޅުން ހުއްޓާލިއިރުވެސް އެންމެ ބޭނުންވާ ކެރެކްޓަރ ކުޅެލަން ނުލިބޭ – ނިޢުމާ