28 މާރޗް 2020 އާއި ގުޅޭ….
ގާވެ ހުއްޓުން އަރާފައި މައިކަލް ހުރީއެވެ.
ހެނދުނުންސުރެ ޒެހެކްއަށް ގުޅޭތޯ މަހްރާން މަސައްކަތް ކުރިއެވެ. ފޯނު އޮތީ ނިއްވާލާފައެވެ. އޮފީހަށް ގުޅުމުން މުހިންމު މީޓިންގްއަކަށް ބޭރަށް ގޮސްފައިވާކަމަށް އޮފީހުން ބުންޏެވެ. މަހްރާންއަށް އުނދަގޫވެއްޖެއެވެ. ޒެހެކް ހަމަ އަސްލުވެސް ރުޅިއައީބާއެވެ. ޒެހެކްއާއި ވާހަކަ ދައްކަން ކިތަންމެ ބޭނުންވެފައި ހުރި ނަމަވެސް އެކަން ކުރާނެ އަދި ކުރެވޭނެ ގޮތެއްވެސް މަހްރާންއަކަށް ނުވިސްނެއެވެ.
މީޓިން ނިންމާލުމަށްފަހު ޒެހެކްއަށް އޮފީހަށް އާދެވުނީ މެންދުރުއެވެ. ބޭނުންވީ ހަމަޖެހިލާށެވެ. ފޯނު ހުޅުވާލުމަށްފަހު އެންމެ ފުރަތަމަވެސް ގެއަށް ގުޅާލުމަށްފަހު ކުދިން ކޮބާތޯ ބަލާލިއެވެ. މަހްރާން ބާރަ ފަހަރު ގުޅާފައި އިންކަމަށް މެސެޖް ލިބުނެވެ. ފުން ނޭވައެއް ދޫކޮށްލުމަށްފަހު މަހްރާންއަށް ގުޅާލިއެވެ.
“މަހްރާން ފާޚާނާގައި..” ފޯނުނެގީ ޔަޝްފީއެވެ.
“އެހެންތޯ؟.. ޒެހެކް އިނގޭތޯ.. ދަންނަވާލަދެއްވާތި އަންނަ ހަފްތާތެރޭ ވޯކިންގ ޝެޑިއުލް ފޮނުވާލާނަމޭ.. ދެން ފަހަރެއްގައި އަޅުގަނޑަށް މިއަދު ނުގުޅިދާނޭ.. އިތުރު ކަމެއް ބޭނުންވަންޏާ މި ޕްރޮޖެކްޓްއާ މިކޮޅުން ހަވާލުވެ ހުންނެވީ ފިޔާޒްއޭ.. ފިޔާޒްއަށް ގުޅާލަދެއްވާށޭ.. އިންނާނެ ނަމްބަރުވެސް ފޮނުވާލާފައި..” ކުޑަކޮށް ފަސް ޖެހުނު ނަމަވެސް ޒެހެކް ފައްޗަކަށް އަމުނާލިއެވެ.
“މަޑުކޮށްލަދެއްވާ..” ފާޚާނާއިން ނުކުމެ ނުކުމެ ހުރި މަހްރާންއަތަށް ފޯނު ދިއްކޮއްލަމުން ޔަޝްފީ ޔޫވިކް އުރާލިއެވެ. ބަނޑުހައިވެގެން ބޮޑާހާކާތާ އިރުކޮޅެއް ވެފައިވުމުން ޔޫވިކް ގޮވައިގެން ޔަޝްފީ ބަދިގެއަށް ދިޔައެވެ.
“ހަލޯ” ފޯނަށް ބަލާލުމެއް ނެތި މަހްރާން ވާހަކަ ދެއްކިއެވެ. ޒެހެކްގެ ކޯލެއް ލިބިދާނެކަމަށް އޭނާ އުއްމީދެއްވެސް ނުކުރެއެވެ.
“މަހްރާން.. އަޅުގަނޑު ދެންނެވީ-“
“ޒެހެކް” މަހްރާން އަށް ބުނެލެވުނެވެ. އެއާއެކު ޒެހެކް ހުއްޓުން އެރިއެވެ.
“ކޮންތާކު ތިއުޅެނީ.. އަހަރެން ހާދަ ގުޅައިފީމޭ.. ރުޅިއައިސްފައި ކަން އެނގޭ.. އެކަމަކު އެހެން ނުހަދާ.. އަހަންނަށް ޒެހެކް ޚާއްސަ.. މުހިންމު..” މަހްރާން އަށް ކިޔޭނުކިޔޭއެއްވެސް ނޭނގޭ ފަދައެވެ.
“އަޅުގަނޑު ދެންނެވީ..”
“ޒެހެކް ޕްލީޒް.. އަހަރެން މަސައްކަތް ކުރިން ބުނަން.. ޔަޝްފީއާއި ޔޫވިކްގެ ވާހަކަ.. އަހަރެން ބިރުގަތީ.. އަހަންނެއް ބޭނުމެއްނޫން އަހަންނަށް ޒެހެކް ގެއްލޭކަށް..” ޒެހެކް ހިތްހަމަނުޖެހިފައި ހުރި ކަން މަހްރާން އަށް ޔަގީންވީ ދެފަހަރުވެސް މާތްކޮށް ވާހަކަ ދައްކަން ޒެހެކް މަސައްކަތް ކުރުމުންނެވެ.
“މަހްރާން.. އަހަރެންގެ ހާލައިގެން އަހަރެން ދޫކޮށްލާ.. އަހަންނަށް މަހްރާން ތީ މީހެއްގެ ފިރިއެއްކަން އެންމެ ފުރަތަމަވެސް އެނގުނު ނަމަ އަހަރެންގެ ދިރިއުޅުމާ ގާތް ވިޔަކަ ނުދިނީމުސް. އެކަމަކު މިއަދު އަހަންނަށް އުނދަގޫވެއްޖެ.. ވަރަށް އުނދަގޫ ވެއްޖެ.. ފާއިތުވެ ދިޔަ ފަސް އަހަރު އަހަރެން ކުރި ހަމައެކަނި މަސައްކަތަކީ އަހަރެންގެ ދިރިއުޅުން ކުރިއެރުވުން.. އަހަރެންގެ އުއްމީދަކީވެސް ގޯލްއަކީވެސް އަހަރެންގެ ދެދަރިން ގޮވައިގެން ކާމިޔާބު ދިރިއުޅުމެއް އުޅުން. ދަރިންގެ ލޯބި ފިޔަވައި އަހަރެން މިދުނިޔެއިން ބޭނުންވި އެއްޗެއް ނެތް.. އެކަމަކު އެހުރިހާ ކަމެއް އެންމެ ދެތިން ދުވަހުން މަހްރާން ބަދަލުކޮށްލައިފި.. ކީއްވެ؟ އަހަރެން ބޭނުމެއްނޫން އެހެން މީހެއްގެ ދިރިއުޅުމުގެ ތެރެއަށް ވަންނާކަށް.. މީހެއްގެ ދިރިއުޅުން އަހަންނާ ހެދި ހަލާކުވާކަށް.. މަހްރާން އަހަންނާ ދުރަށްދޭ…” ޒެހެކް ވާހަކަ ދެއްކުނީ އުނދަގުލުންނެވެ.
“ނޫން ޒެހެކް.. އަހަންނަށް ޒެހެކް މުހިންމު.. އަހަރެން ބޭނުން ޒެހެކް.. އަހަންނަށް އެނގޭ އުނދަގޫ ހާލަތެއްކަން.. އެކަމަކުވެސް އަހަރެން ޒެހެކްއާ ދުރަކަށް ނުދާނަން. .އަދި ޒެހެކް ވެސް އަހަންނާ ދުރަށް ދިޔަކަ ނުދޭނަށް.. ޔޫ ޖަސްޓް ކާންޓް ގޯ.. އައި ވިލް ނެވަރ…………” މަހްރާން ހުއްޓުން އެރީ ދޮރުކައިރި ފެންކަޅިވެފައި ހުރި ޔަޝްފީ ފެނުމުންނެވެ. ބުނާނެ އެއްޗެއް އިތުރަކަށް މަހްރާން އަކަށް ނުވިސްނުނެވެ. ފޯނު ކަނޑާލެވުނީ ޒެހެކްވެސް އަނގައިން ނުބުނީމައެވެ.
ޔަޝްފީ އިތުރު ވާހަކައެއް ނުދެއްކިއެވެ. ބާރު ހިނގުމެއްގައި ގޮސްވަނީ ފާޚާނާއަށެވެ. މަހްރާންވެސް ޔަޝްފީއަށް ގޮވަމުން ފަހަތުންއައެވެ.
“ޔަޝް… ޔަޝް..” މަހްރާންއަށް ވުރެ ކުރިން ޔަޝްފީ ގޮސް ފާޚާނާގެ ދޮރުލެއްޕިއެވެ. އިތުރަށް ހަދާނެ ގޮތެއް ބުނާނެ އެއްޗެއްވެސް މަހްރާންއަކަށް ނޭނގުނެވެ.
ހެނދުނު ގެއިން ނުކުމެގެން ދިޔަ އެމިލީގެ ޚަބަރެއް އިރުއޮއްސުނުއިރުވެސް ނުވުމުން މައިކަލް ހާސްވިއެވެ. އެމިލީ ދިޔައީ ހިތްހަމަ ނުޖެހިގެންކަމަށް ވުމަށްވުރެ ޒެހެކްގެ ކަންތައް އެމިލީއަށް އެނގުނުގޮތަކާ މެދު މައިކަލްއަށް ވިސްނެނީއެވެ. އެމިލީގެ ފޯނަށް ގުޅަން މެންދުރުންސުރެ މައިކަލް ކުރި މަސައްކަތް ކާމިޔާބުވާ ގޮތް ނުވުމުންވެސް މައިކަލްގެ ހިތަށް އުނދަގޫ ވަނީއެވެ. މިހާ ލަސްވަންދެން ދުވަހަކުވެސް އެމިލީގެ ޚަބަރެއް ނުވެއެއް ނުދެއެވެ.
އެންމެފަހުން ކެތްނުވެގެން އެމިލީ ހޯދަން މައިކަލް ނުކުތީ ރޭގަނޑު ނުވައެއްވެސް ޖެހިފަހުންނެވެ. މައިކަލްގެ މިސްރާބް ހުރީ ކިޔެވި ކޮލެޖާ ދިމާލަށެވެ. ހިތްހަމަ ނުޖެހޭ ކޮންމެފަހަރަކު އެމިލީގޮސް އިންނާނީ އެތާއެވެ.
“އެމިލީ… ލުކް… ސޮރީ..” ބެންޗްގައި އިށީނދެއިން އެމިލީއާ އަރާ ހަމަކޮށްފައި މައިކަލް ވާހަކަ ދެއްކިއެވެ.
“މައިކަލް… ސޮރީ… އައިމް… ޒެހެކް ލެފްޓް ޔޫ ބިކޯޒް.. އައި ސެއިޑް ޔޫއާ ހެޕީ ވިތު މީ..” އެމިލީ ބުނިއެއްޗަކުން މައިކަލް ހުއްޓުން އެރިއެވެ.
(ނުނިމޭ)
ލިޔުންތެރިޔާގެ ފުރަމަލަ
- މުނިއަވަސްގެ ޑެޕިއުޓީ އެޑިޓަރ ސަޒްރާ އަކީ ކުރިން ރާއްޖެ ޓީވީގައި މަސައްކަތްކޮށްފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. މުނިފޫހިފިލުމުގެ ދާއިރާގެ އިތުރުން އިޖުތިމާޢީ ދާއިރާގައިވެސް ސަޒްރާ ޚާއްޞައެވެ.
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 4 މާރޗް 2021ޚަބަރުލަވަކިޔުންތެރިޔާ ޝްރެޔާ ބަނޑުބޮޑު!
- 28 ޖެނުއަރީ 2021ޚަބަރުއިންޑިއަން އައިޑަލް އަބީޖީތު ރާއްޖޭގައި
- 10 ޑިސެމްބަރ 2020ޚަބަރުދެކުނު އިންޑިޔާ ސިނަމާއިން އެންމެ “ހޭންޑްސަމް” ފަސް ތަރިން
- 9 ޑިސެމްބަރ 2020ރިޕޯޓްލޯބިވާ ބައްޕާއެވެ. ޝުކުރިއްޔާއެވެ.
maa kuru