ސްޕެނިޝް ލީގުގެ އެންމެ ފަހުގެ ޗެމްޕިއަން ބާސެލޯނާގެ ބޯޑު މެންބަރުންތަކެއް އިސްތިޢުފާ ދީފި ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
ސްޕެއިންގެ މީޑިއާތަކުގައި ރިޕޯޓްކޮށްފައިވާ ގޮތުން ބާސާގެ ހަ ބޯޑު މެމްބަރަކު އިސްތިޢުފާގެ ސިޓީ ހުށަހަޅާފައިވަނީ އިއްޔެގެ ވަގުތެއްގައެވެ. މި ހަ މެމްބަރުން އިސްތިޢުފާ ދިން ވަކި ސަބަބެއް އަދި ސާފުވެފައި ނުވާއިރު، ބޮޑަށް ބެލެވޭ ގޮތުގައި އެ މެމްބަރުން މަގާމުން އިސްތިޢުފާދީފައި މިވަނީ އެ ކުލަބުގެ ރައީސް ޖޯސެފް މާރިއާ ބާޓޮމެއޫ އާއި ޖެހުނު މައްސަލަތަކެއްގައި ކަމަށް މީޑިއާތަކުން ރިޕޯޓުކޮށްފައިވެއެވެ.
އަންނަ އަހަރު ބާސާގެ އާ އިންތިޚާބު ބޭއްވުމަށް ތާވަލުކޮށްފައިވާއިރު، މީގެ ކުރިންވެސް ބާޓޮމެއޫ އާއި އެ ކުލަބުގެ ބޯޑު މެމްބަރުންނާއި ދެމެދު ވަނީ މައްސަލަތަކެއް އުފެދިފައެވެ. ޚަބަރުތައް ފެތުރޭ ގޮތުގައި ބާސާގެ ބޯޑު މެމްބަރުންގެ އެންމެ ބޮޑު ޝަކުވާއަކީ ކުލަބުގެ ކުރިމަގާއި މެދުގައި މިހާރުގެ ރައީސް ބާޓޮމެއޫ ގެ އެއްވެސް ޕްލޭން އެއް ނެތުމެވެ. ޗެމްޕިއަންސް ލީގުގެ ދެ ސީޒަނުގައި ޖެހިޖެހިގެން ދެ ފަހަރު ކަޓައިގެން ދިޔަ ގޮތުން ބާސާގެ އޭރުގެ ކޯޗު އާނެސްޓޯ ވަލްވޭޑޭ މަގާމުން ދުރުކުރަން ބާސާގެ ބައެއް ބޯޑު މެމްބަރުންނާއި ގިނަ ސަޕޯޓަރުން ބޭނުންވި ނަމަވެސް، ގިނަ ބަޔަކާ ދެކޮޅަށް އެ ފަހަރު ވަލްވޭޑޭ މަގާމުގައި ބަހައްޓަން ބާޓޮމެއޫ ނިންމާފައިވާކަން ފާހަގަކޮށްލެވެއެވެ.
ބާސާގެ ހަ ބޯޑު މެމްބަރަކު އިއްޔެ އިސްތިއުފާ ދިންއިރު، އެ ކުލަބުގެ ގިނަ ސަޕޯޓަރުން އެ ކުލަބުގެ ރައީސްގެ މަގާމުގައި ބާޓޮމެއޫ ބަހައްޓަން ބޭނުން ނުވާކަން މީސްމީޑިއާގައި ފާޅުކުރަމުންދާ ޝުޢޫރުތަކުން ހާމަވެއެވެ.
ލިޔުންތެރިޔާގެ ފުރަމަލަ
- އަޙްމަދު ޝާމިން މައިގަނޑު ގޮތެއްގައި ލިޔާނީ ކުޅިވަރު ޚަބަރުތަކެވެ. ފިލްމީ އަދި މިއުޒިކީ ދާއިރާ ނޫން އެހެން ހުރިހައި ދާއިރާތަކަށް ވެސް ޝާމިން ލިޔާނެއެވެ.
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 5 ޖެނުއަރީ 2022ޚަބަރުކޮވިޑް ކޭސްތައް ގިނަވެ އިނގެރޭސި ލީގު ކަޕް ސެމީ ފައިނަލް މެޗު ފަސްކޮށްފި
- 4 ޖެނުއަރީ 2022ޚަބަރުއާ އަހަރު ކުޅުނު ފުރަތަމަ މެޗުން ޔުނައިޓެޑް ބަލިވެއްޖެ
- 4 ޖެނުއަރީ 2022ޚަބަރުފްރެންޗް ކަޕްގެ ގެ ގަދަ 16 އަށް ޕީއެސްޖީ ދަތުރުކޮށްފި
- 2 ޖެނުއަރީ 2022ޚަބަރުރޮޑްރީގެ ގޯލުން ފަހު ވަގުތު ސިޓީން އާސެނަލް ބަލިކޮށްފި