މިރޯ ރިކޯޑްސްގެ ފުރަތަމަ ސޯލޯ ލަވަ “ފުރާނަ” ރިލީޒްކޮށްފިއެވެ. އަޑު އަހާލަން ފަސޭހަ “ސޮފްޓް” މިއުޒިކު އިތުރަށް ފުރިހަމަކޮށްދީފައިވަނީ ޔާމިން (ޔާނު)ގެ އަޑުންނެވެ. ޔާނުގެ އަޑަކީ މޯލްޑިވިއަން އައިޑޮލްގެ ސީޒަން 2 އިން ފާހަގަކޮށްލެވުނު އަޑެކެވެ.

މިލަވައިގެ ޅެމާއި މިއުޒިކު އަދި ރާގު ހަދާފައިވަނީ އަރަމުން އަންނަ މިއުޒީޝަން އަލީ ނިހާސް (މިރޯ) ކަމަށް މިރޯ ރިކޯޑްސްއިން މައުލޫމާތު ދެއެވެ. 

މަޑުމައިތިރި މިލަވަ މިހާރު އަޑުފޮށިން އަޑުއަހާލެވޭނެއެވެ.

https://on.lavafoshi.mv/songs/7905

ލިޔުންތެރިޔާގެ ފުރަމަލަ

އާމިނަތު ސަޒްރާ
މުނިއަވަސްގެ ޑެޕިއުޓީ އެޑިޓަރ ސަޒްރާ އަކީ ކުރިން ރާއްޖެ ޓީވީގައި މަސައްކަތްކޮށްފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. މުނިފޫހިފިލުމުގެ ދާއިރާގެ އިތުރުން އިޖުތިމާޢީ ދާއިރާގައިވެސް ސަޒްރާ ޚާއްޞައެވެ.