ޑާކް ރެއިން އެންޓަޓެއިންމަންޓުގެ ފުރަތަމަ ވެބް ސީރީޒް “ފައްކަލޭ”ގެ ޝޫޓިން ފަށައިފިއެވެ. އެ ސްޓޫޑިއޯއިން އުފެއްދި ކާމިޔާބު ކޮމެޑީ ފިލްމު “މާމުއި”ގެ ކެރެކްޓާތައް ހިމެނޭ “ފައްކަލޭ”ގެ ބައެއް ޕޯސްޓަރުތައް ވެސް މިހާރު ވަނީ ޢާއްމުކޮށްފައެވެ.
ވެބް ސީރީޒެއްގެ ގޮތުގައި ހަދަން އުޅުނު “މާމުއި”ގެ ފްރިކްއެލް އެއްގެ ގޮތުގައި ގެނެސްދޭ “ފައްކަލޭ”ގެ މައިގަނޑު ތަރިންތަކަކީ އަޙްމަދު ސުނީ (ރީތި އިއްސެ) އާއި ޢަބްދުﷲ ޝާފިޢު (ހައްޕު)ގެ ކެރެކްޓާ އެވެ. މީގެ އިތުރުން “މާމުއި” އިން ފެނިގެންދިޔަ ބައެއް ތަރިންވެސް “ފައްކަލޭ”ގައި ހަރަކާތްތެރިވާނެއެވެ. އެގޮތުން، މަރިއްޔާ (ރޮމާނީ)ގެ ކެރެކްޓާއިން ފެންނާނެއެވެ.
“ފައްކަލޭ”ގެ ސްކްރީންޕްލޭ ލިޔަނީ “މާމުއި” ގެ ސްކްރީންޕްލޭ ވެސް ލިޔުނު އަޙްމަދު ތޮލާލް އާއި ޢާއިޝަތު ފުޢާދު ތަޢުފީޤް އެވެ.
“ފައްކަލޭ” ސީރީޒްގެ ޑައިރެކްޓަރަކީ އަލީ ޝިފާއު (ޗިއްޕެ) އެވެ. ޕްރޮޑިއުސަރަކީ މުހައްމަދު އަލީ (މޮގާ) އާއި ޢާއިޝަތު ފުޢާދު ތަޢުފީޤްއެވެ.
ޑާކް ރެއިންގެ ގިނަ އުފެއްދުންތަކެއްގެ މަސައްކަތް މިހާރުވެސް ކުރެވެމުން އަންނަ އިރު، އެ ޕްރޮޑަކްޝަނުން އެންމެ އަވަހާ ރިލީޒްކުރަން ނިންމާފައިވާ ވަރުގަދަ ލޯބީގެ ފިލްމު “ނޮވެމްބަރ”ގެ ޑަބިން މަސައްކަތްވެސް އެއްކޮށް ނިމިފައިވާކަމަށް މަޢުލޫމާތު ލިބެއެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 28 އޭޕްރިލް 2025ޚަބަރުބެޓްލް އޮފް ބޭންޑްސްގެ އެލިމިނޭޝަން ބުރު ފަށައިފި
- 28 އޭޕްރިލް 2025ޚަބަރުފިލްމު “އަބަދަށް” ޕްރިމިއާކުރުން މިރޭ!
- 25 އޭޕްރިލް 2025ޚަބަރުޑާކް ރެއިން ފިލްމެއްގަ އެކްޓްކޮށްލަން މިއޮތީ ސަޅި ޗާންސެއް
- 24 އޭޕްރިލް 2025ހޮލީވުޑް“ޓޫ އޮފް އަސް” ބޭންޑުގެ 05 ވަނަ ހުށައެޅުން 25 އޭޕްރީލްގައި