“ހެނދުނާއި ހަވީރުގެ ޒިކުރުތައް” ނަމުގައި ހެނދުނާއި ހަވީރު ކިޔުމަށް ވާރިދުވެފައިވާ ދުޢާތަކާއި ޛިކުރުތައް ހިމަނާފައިވާ އެޕްލިކޭޝަންގެ އައު އިސްދާރެއް ނެރެފިއެވެ. މިފަހަރު ނެރުނު އެޕްލިކޭޝަންގެ އައިއޯއެސް އިސްދާރު ވެސް ނެރެފައިވެއެވެ. ކުރިން މި އެޕްލިކޭޝަންގެ ނެރެފައި ވަނީ ހަމަ އެކަނި އެންރޮއިޑް އިސްދާރެކެވެ.

ޒިކުރު އެޕްލިކޭޝަނަކީ ހެނދުނާއި ހަވީރުގެ ޒިކުރުތައް، އަދި ނަމާދުކޮށް ނިމުމަށްފަހު ކިޔާ ޒިކުރުތައް އޭގެ ދިވެހި މާނައާއި އެކު ސްމާރޓް މޯބައިލް ޑިވައިސް ތަކުން ކިޔާލަން ބޭނުންފުޅުވާ ފަރާތްތަކަށް ފަސޭހަކަމާއިއެކު ކިޔާލެވޭނޭ މަގުފަހިކޮށްދިނުމަށްޓަކައި ހަދާފައިވާ އެޕްލިކޭޝަނެކެވެ.

ޒިކުރު އެޕްލިކޭޝަނުގައި ހެނދުނާއި ހަވީރުގެ ޒިކުރުތަކުގެ އިތުރުން ނަމާދަށްފަހު ކިޔާ ޒިކުރުތައް އިތުރުކޮށްފައިވެއެވެ. އެޕްލިކޭޝަން ނެރުއްވި ފަރާތުގެ އުއްމީދަކީ ކުރިޔަށް އޮތް ތަނުގައި އިތުރު ޒިކުރުތަކެއް މި އެޕްލިކޭޝަނުގެ ޒަރިއްޔާއިން ގެނެސްދިނުން ކަމަށް ބުނެއެވެ.

މިމަހު 12ވަނަ ދުވަހު ނެރެފައިވާ މި އެޕްލިކޭޝަނަކީ ށ. މިލަންދޫ، ބަލްސަމް – ޢަލީ ޒިހުނީ ތައްޔާރުކުރައްވާފައިވާ އެޕްލިކޭޝަނެކެވެ.

ހިލޭ ޑައުންލޯޑްކޮށްލެވޭ “ޒިކުރު” އެޕްލިކޭޝަން ނެރުއްވި ފަރާތުން އެދެނީ އެންމެހައި ލޮބުވެތި އަޚުންނަށާއި، އުޚުތުންނަށް ކޮންމެދުވަހަކު މި ޒިކުރުތައް ކިޔުމުގެ ތަވްފީޤް މާތް ﷲ ދެއްވާ، ރަޙްމަތް ލެއްވުމެވެ.

އައިއޯއެސް އަދި އެންޑްރޮއިޑް އަށް ފަރުމާކުރެވިފައިވާ “ޒިކުރު” އެޕްލިކޭޝަނަކީ ބޭނުން ކުރަން ފަސޭހަ، ޒިކުރުތަކުގެ ދިވެހި މާނާއާއި އެކު ހިމެނިފައިވާ އެޕްލިކޭޝަނެކެވެ.

މި އެޕްލިކޭޝަނުގައި ހިމެނޭ ބައިތަކާއި ފީޗާތައް:
– ހެނދުނުގެ ޒިކުރު
– ހަވީރުގެ ޒިކުރު
– ނަމާދުގެ ފަހުން ކިޔާ ޒިކުރު

– އެޕްލިކޭޝަން ބޭނުންފުޅު ކުރައްވާ އިރު އެބޭފުޅަކަށް ކިޔާލަން ފަސޭހަ މިންވަރަކަށް އަކުރުތަށް ބޮޑުކުރެވޭ
– އަދަދު ގުނަންޖެހޭ ޒިކުރުތައް ގުނުމަށް ސްކްރީނަށް ފިތާލުމުން ގުނާލެވޭ
– ބާކީ ކިޔަން ހުރި ޒިކުރުގެ އަދަދު ފެންނަން ހުރޭ
– إِنْ شَاءَ ٱللَّٰهُ ފަހުގެ އަޕްޑޭޓް އަކާއެކު ޒިކުރުތަކުގެ އޯޑިޔޯ ހިމެނޭނެ

އެންޑްރޮއިޑް ފޯނުތަކަށް: https://bit.ly/zikuru-android
އެޕްލް ޑިވައިސްތަކަށް: https://bit.ly/zikuru-ios

މި އެޕްލިކޭޝަން މިހާ ހިސާބަށް ގެނައުމުގެ އެންމެހާ އެހީތެރިންނާއި ބައިވެރީންނަށް މާތް ﷲ ހެޔޮ ޖަޒާ ދެއްވުން އެދި އެޕްލިކޭޝަން ނެރުއްވި ފަރާތުން އެދެއެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.