ދިވެހި މަންމައިންގެ އިޖުތިމާޢީ ވިއުގަ ‘މަމްސްް އެންޖީއޯ’ ނުވަތަ ދިވެހި މައިންގެ ދުޅަހެޔޮކަމާއި ރައްކާތެރިކަމަށްޓަކައި ހިލޭ ސާބަހަށް މަސައްކަތް ކުރަމުން އަންނަ ޖަމްޢިއްޔާ އިން އޮންލައިން ފެއާއެއް ބޭއްވުމަށް ނިންމައިފިއެވެ. މިއީ ރޯދަމަހާއި ދިމާކޮށް،އޭޕްރީލް 16، 17، އަދި 18 ގައި ވިޔަފާރިތަކަށް ހުޅުވާލައިގެން ބާއްވާ ފެއާ އެކެވެ.

މި ފެއާގެ ބޭނުމަކީ ކޮވިޑް19 އާއި ގުޅިގެން މަގުމައްޗަށް ނިކުތުމަކީ ރައްކާތެރިކަމަށް މިވަގުތު ނުވުމާއެކު ގޭގައި ތިބެގެން އޮންލައިންކޮށް ބޭނުންވާ ތަކެތި ގަތުމުގެ ފުރުސަތު އެންމެންނަށް ފަހިކޮށްދިނުމަށް ބާއްވާ ފެއާއެއްކަމަށް މަމްސް އެންޖީއޯ އިން ބުނެއެވެ. މިފެއާގައި ފިރިހެނުންނާއި އަންހެނުންގެ އަންނައުނު، ކާބޯތަކެތި ،ޒީނަތްތެރިވުމަށް ބޭނުންކުރާ ތަކެއްޗާއި އަދިވެސް އަދިވެސް އެތަކެއް އައިޓަމްތަކެއް ލިބެން ހުންނާނެ ކަމަށް ވެސް މުނިއަވަސްއާ މަޢުލޫމާތު ހިއްސާކުރަމުން މަމްސް އިން ހާމަކުރިއެވެ.

މި ފެއާގައި ބައިވެރިވުމަށް ރެޖިސްޓްރީވުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލެވިފައެވެ. 9976766 / 7449656 މި ނަންބަރަށް ގުޅުމުން އިތުރު މައުލޫމާތު ލިބޭނެއެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އާއިޝަތު ޖަނާ ސަމީރު
ޖަނާ އަކީ ވާހަކަ ލިޔުމަށް ޝައުޤުހުންނަ ލިޔުންތެރިއެކެވެ. އެހެން ދާއިރާތަކުގައިވެސް ޖަނާ ހަރަކާތްތެރިވާނެއެވެ.