އިންސާނުންނަށް އިޙްސާސް ކުރެވޭ ފަދައިން ފާޚާނާ ތަށްޓަށް އިޙްސާސް ކުރެވޭނަމަ، ލައްކަ ގިނަ ޝަކުވާ އާއި ވާހަކަތައް ހުންނާނެކަން ޔަޤީނެވެ. މިފަހަރު މިއޮތީ އެފަދަ ފާޚާނާ ތަށްޓަކާއި ދިމާވެފައޭވެސް ބުނެވިދާނެ އެވެ.
ފްލަޝްކޮށްލާ ހަމަ ކޮންމެ ފަހަރަކު ބިރުވެރި އަޑަކުން ހޭރޭ އަޑެއް އިވިގެންދާ ފާޚާނާ ތަށްޓަކާއި ދިމާވެއްޖެނަމަ ބިރުނުގަންނާނެ މީހެއް ވަރަށް މަދުވާނެ އެވެ. މި ގެނެސްދެނީ އެފަދަ ފާޚާނާ ތަޓެއްގެ ވީޑިއޯކޮޅެކެވެ.
މި ވީޑިއޯ ޔޫޓިއުބްގައި ޕޯސްޓްކުރިތާ އެއްމެ ދެދުވަސް ތެރޭގައި ވަނީ 170،000 މީހުން ބަލާފަ އެވެ. މިއަދާއި ހަމައަށް 186,087 މީހުން ވަނީ މި ވީޑިއޯ ބަލާފަ އެވެ. މި ތަށިން އިވޭ އެ އާދާޔާޚިލާފް އަޑަކީ ފެން ވަޔަރިންގެ މައްސަލައެއް ހުރުމުގެ ސަބަބުން އިވޭ އަޑެއްކަމަށް ބެލެވެ އެވެ.
ލިޔުންތެރިޔާގެ ފުރަމަލަ
