ކޮވިޑް 19 އަށް ޝައްކުކުރެވޭ އަލާމާތްތަކެއް ފެނިފައިވާތީ ސިއްޙީ ގޮތުން އިތުރަށް ބަލަންޖެހޭ ކަންކަން ބެލުމަށްޓަކައި ބ.ފުޅަދޫގައި މިވަގުތު ތިބި އެއްވެސް މީހަކު އެޗްޕީއޭ އިން ވަކިގޮތަކަށް އަންގަންދެން ރަށުން ފޭބުމާއި އެ އެޖެންސީގެ ހުއްދަނެތި އެއްވެސްމީހަކު ރަށަން އެރުން މަނާކޮށް ރަށް ކަރަންޓީނުކޮށްފިއެވެ.
20 އޭޕްރީލް 2020 ވަނަ ދުވަހުގެ 19.48 ން ފެށިގެން ފުޅަދޫ ކަރަންޓީނުކޮށްފައިވާއިރު ރަށުގެ ރައްޔިތުން ގޭގައި މަޑުކުރުމަށް އެރަށުގައި ހަރަކާތްތެރިވާ ޓާސްކްފޯސްއިން އިލްތިމާސްކޮށްފައިވާ ކަމަށް ފުޅަދޫ ކައުންސިލްގެ ރައީސް އަހްމަދު އާސިފް ވިދާޅުވިއެވެ. އަދި ގޭގެއަށް ބޭނުންވާ ޒަރޫރީ ތަކެތި ޓާސްކޮފޯސް މެދުވެރިކޮށް ލިބޭނެ އިންތިޒާމް ހަމަޖެއްސުމަށް މަސައްކަތް ކުރަމުންދާކަމަށް ވެސް އާސިފް ވިދާޅުވިއެވެ.
ލިޔުންތެރިޔާގެ ފުރަމަލަ
- އަލިއަޅުވައިލަން ޖެހިފައިވާ މުހިންމު މައްސަލަތަކާއި ހާދިސާތަކަށް ވާހަކައާއި ރިޕޯޓް ލިޔުމަކީ ޒުހުދާގެ ޚާއްޞަ ދާއިރާއެކެވެ.
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 21 އޮކްޓޯބަރ 2023ޚަބަރުއަންހެން ޑިވިޝަންގެ ޗެމްޕިއަންސްކަން ޗަޑްސްއަށް
- 21 އޮކްޓޯބަރ 2023ޚަބަރުފިރިހެން ޑިވިޝަންގެ ޗެމްޕިއަންކަން ޗެލެންޖާރސްއަށް
- 19 އޮކްޓޯބަރ 2023ޚަބަރުފައިނަލްގައި ޗެލެންޖާސް އަދި ރޯޔަލް ފްރެންޑްސް
- 18 އޮކްޓޯބަރ 2023ޚަބަރުޑްރެގަންސް ބަލިކޮށް ޗަޑްސް އިން ފައިނަލަށް