[avatar user=”[email protected]” size=”thumbnail” align=”left”]ލިޔުންތެރިކަމާއި، ވީޑިއޯ އަދި އޯޑިއޯ އާއި ގުޅުންހުރި މަސައްކަތްތަކަކީ ކުރާހިތުން ކުރާ މަސައްކަތެކެވެ.[/avatar]
ކާރު ތެރޭގައި ބާރަށް ޖަހަމުން ދިޔަ ހެވީ މެޓަލް ލަވައިގެ އަޑުން އެލީޝާ ގެ ހަށިގަނޑު ތެރެއަށްވެސް ހީވަނީ ލޮޅުން އަރަމުން ދާހެންނެވެ. އެލީޝާ އިނީ ކާރުގެ ފަހަތު ސީޓް ގައި ކައިފް އާއި ބެންޖޯ އާއި ދެމީހުންގެ ދޭތެރޭގައި ފިތި ބާރުވެގެން ނެވެ. ކާރު ދުއްވަމުން ދިޔަލެއް ބާރުކަމުންނާއި ދޮރުތަކުގެ ބިއްލޫރިތައް ތިރިކޮށްފައި ހުރުމުން އެލީޝާ ލައިގެން އިން ކުރު ހެދުންކޮޅު މައްޗަށް އަރަމުންދާތީ ހެދުން ރަނގަޅު ކުރަމުން ދިޔައެވެ. ނަމަވެސް ހެދުން ތިރިކޮށްލާއިރަށް މައްޗަށް އަރަމުންދާތީ އެކަންވީ ބޭކާރު ކަމަކަށެވެ.
އެލީޝާ އަމިއްލަ ނަފުސަށް ހިތުތެރެއިން ކުދިކިޔަމުން ދިޔައެވެ. އެހާ ކުރުކުރު ހެދުމެއް ލައިގެން އާދެވުނީތީ އެވެ. އެފަދަ ފިނި ރެޔެއްގައި އެހާ ކުރު ހެދުމެއް ލާންވީ ކީއްވެގެން ހެއްޔެވެ؟ ބެލްސެއް ނުވަތަ ޖީންސެއް ލައިގެން ނައީ ކީއްވެގެން ހެއްޔެވެ؟ މިފަދަ ޚިޔާލުތަކެއްގައި އިންދާ އެލީޝާ ގެ އޮމާން ފަލަމަސްގަނޑު މަތީގައި ކައިފް ގެ ޖެކެޓް ބާއްވާލަ ދިނެވެ. އެލީޝާ ކައިފް އަށް ބަލާލިއިރު ހިތްގައިމު ހިނިތުންވުމަކާއި އެކު އެލީޝާ އަށް ބަލަން އިނެވެ.
ކައިފް އަށް ޝުކުރު އަދާކުރުމަށް އެއްޗެކޭ ބުނަން އަނގަ ހުޅުވާލި ވަގުތު، ކާރުތެރޭގައި ބާރަށް ޖަހަމުން ދިޔަ ލަވައިގެ އަޑު މަޑުކޮށްލަމުން ކާރު ދުއްވަން އިން ނައްޓު ވާހަކަދައްކަން ފެށި އެވެ. “އަހަރުންގެ ޓްރެޑިޝަން ހަނދާން އެބަހުރިތަ؟؟!!”
އެލީޝާ އާއި ޖެހިގެން އިން ބެންޖޯ ބާރަށް ހީނގަތެވެ. ކައިފް ގެ ކަރުތެރެއިން އަޑެއް ލައްވައިލި އެވެ. ވާނުވާއެއް ނޭނގޭތީ އެ ދެމީހުންނަށް އެލީޝާ ބަލަހައްޓައިގެން އިނީ އެތަކެއް ސުވާލުމާކު ތަކެއް ބޯމަތީގައި ބަހައްޓައިގެންނެވެ. އެމީހުން ތެރެއިން މީހަކު އެބުނާ ޓްރެޑިޝަން އަކީ ކޮބައިކަން ބުނެދޭނެ ވަގުތެއްގެ އިންތިޒާރުގަ އެެވެ. އެކަމަކު އެތަނުން އެކަކުވެސް އެއްޗެކޭ ނުބުންޏެވެ. އެއްމެ ފަހުން އެލީޝާ އަށް ނުއިނދެވިގެން އޮޅުންފިލުވަން ސުވާލު ކުރިއެވެ.
ބެންޖޯ އޭނާގެ އަތް އެލީޝާ ގެ ކޮނޑުމަތީގައި ބޭއްވި އެވެ. އޭނާ އާއި ކައިރިއަށް ޖައްސައިލި އެވެ. “އެއީ އަހަރުން ނިއު ޔަރ އީވް ފާހަގަ ކުރަން ބާއްވާ ‘ކިސިންގ ޓްރެޑިޝަން’ ގެ ވާހަކަ އެބުނަނީ.”
ބެންޖޯ ގެ ޖަވާބުން އެލީޝާ އަށް ލިބުނީ އިތުރު ހައިރާން ކަމެކެވެ. އޮޅުންފިލުމަށް ވުރެން ބޮޑަށް އިތުރަށް އޮޅުން އެރުން ނޫންކަމެއް ނުވީތީ އެވެ. “އޯކޭ. ތި ކިޔާ އެއްޗެއް ގެޓް ވާ ހިސާބުން ކިޔާބަލަ؟”
މިފަހަރު ޖަވާބު ދިނީ ކައިފް އެވެ. “ނިއު ޔަރ ޕާޓީ އޮންނަ ތަނަށް ދާ މަގުމަތީގަ އެބުނާ ޑަންބް ޓްރެޑިޝަން އަށް ފޮލޯކުރަން މި ޖެހެނީ— “
“ތިކަމެއް ނޭނގެ. ގައިމު ތިބުނާ ޑަންބް ކަންތައް ކްރިއޭޓް ކުރީވެސް ހަމަ ތި ކައިފް،” މަގަށް ބަލަމުން ކާރުގެ ރިއަރ—ވިއު ލޯގަނޑަށް ބަލައިލާފާ ފޮނި ގޮތަކަށް ހީނަލަމުން ނައްޓު ބުންޏެވެ.
“އެނީވޭސް،” ނައްޓު އަނެއްކާވެސް ވާހަކަ ދައްކަން ފެށިއެވެ. “އެހެންވީމަ އަހަރުން ޖެހޭނީ މިއުޒިކް ޝަފްލް ކޮށްގެން ޖައްސަން. ލަވަ ހުއްޓާލާއިރު ކިޔަމުންދާ ލަވަ ފެށޭ އަކުރުގެ މީހެއް ހޯދައިގެން ޖެހޭނީ އެމީހަކަށް ދަންވަރު ބާރަ ޖަހާއިރު ކިސް އެއް ދޭން.”
“ކީކޭ؟”
ޖުމާނާ މަޖާވެލަމުން ހޭންފެށި އެވެ. “އާނ. ….. މިސާލަކަށް އެ ލަވަ ފެއްޓެނީ އެސް އަކުރަކުން ވެއްޖެއްޔާ ޖެހޭނީ އެސް އަކުރަކުން ފެއްޓޭ މީހެއް ހޯދައިގެން ކިސް އެއް ދޭން. މާ ބޮޑު ގަވާއިދެއް އޮންނަ ކަމެއް ނޫން މީކީ. ނުކޮށްފިއްޔާ އޮންނަ އަދަބު ގެ ވާހަކަ އެލީޝާ އަށް ކިޔައިދީބަލަ.”
“އަދަބެއްވެސް އޮވޭތަ؟”
“ޔަޤީންތާ.” އަތުގައި އޮތް މުށިކުލައިގެ ކަރުދާސް ކޮތަޅުން ބަދަން ކޮޅެއް ނަގައި ހަފާލަމުން އެއްލޯ ކުޑަކޮށްލާފައި ޖުމާނާ ބުންޏެވެ.
ފަރުވާތެރިކަމާއެކު އެލީޝާ އަށް ކައިފް ބަލައިލަމުން އަދަބު ގެ ވާހަކަ އޮޅުންފިލުވައިދޭން ފެށި އެވެ. “އެކަން ނުކޮށްފިއްޔާ، ޖެހޭނީ ހުސްގަޔާ ހުރެ މޫދަށް ނުވަތަ ކޯރަކަށް އެރެން. މިބުނީ ފުލީ ނޭކެޑް ކޮށް ހުރެގެން.”
“ހުސްގަޔާ ހުރެޔޭ؟” ދެލޯ ބޮޑުކޮށްލަމުން އެލީޝާ އަހާލި އެވެ. “އަދި އެވެސް މޫދަށް ނުވަތަ ކޯރަކަށް. މިހާ ފިނި ރެޔެއްގަ އެކަމަކު އޭރުން ހީކަރުވައިގެން ގޮސް މީހާ ރޫޅޭނެއެއްނު؟!!”
“އާނ. އެހެން ވެގެންތާ އެޔަށް އަދަބެކޭ ކިޔަނީވެސް ދޯ.” ބެންޖޯ އިތުރުކޮށްލި އެވެ. އެލީޝާ ގެ މޫނުން ފެންނަން ހުރި ނުތަނަވަސް ކަން ފެނިފައި ޖުމާނާ ވައި ގޮތަކަށް ހީނލި އެވެ.
ކާރުގެ ޕެސެންޖަރ ސީޓްގައި އިން ޖުމާނާ ކަރުކެހިލާ ކަރުތެރެ ސާފުކޮށްލަމުން ވާހަކަ ދައްކަން ފެށި އެވެ. “ގައިމުވެސް މަށާ ނައްޓު އާ މި ތިބީ ތިކަމުން ސަލާމަތްވެފަ. އަހަރުން ކިސް ކުރާނެ އެހެން މީހެއް ނުހުންނާނެ ދޯ ނައްޓު.”
“މަވެސް ބޭނުމެއް ނޫން ތިކަމުގަ ބައިވެރިވާކަށް.” ދަނޑިވަޅު ބަލާފައި އެލީޝާ ބުންޏެވެ.
ޖެހިގެން އިން ބެންޖޯ ގެ ހިނިގަނޑު ދިޔައީ ފަޅަފަޅައިގެންނެވެ. “ނޫނޭ. ތިހާ ފަސޭހައިން ބޯދަމައެއް ނުގަނެވޭނެ އެލީޝާ އަކަށް. ސިންގަލް ކޮށް ހުރި ކޮންމެ މީހަކު ޖެހޭނެ ބައިވެރިވާން. ޔޫ ގޮޓް އިޓް؟”
“އެހެންވީމަ-” ނައްޓު ބުނަން ފެށި ޖުމްލަ މަޑުޖައްސާލަމުން އަނެއްކާވެސް ފެށި އެވެ. “ފަހަތުގަ ތި ތިބަ ތިން މީހުން ޖެހޭނެ ބައިވެރިވާން އޯކޭ!”
ނައްޓުގެ ވާހަކައިގައި ބައިވެރިވުމަށް ޖުމާ ބޯޖަހައިލި އެވެ. ފަސް އެނބުރި ބަލައިލަމުން ފަހަތު ސީޓުގައި ތިބި މީހުންނަށް ލާނެތް ހިނިތުންވުމެއް ދިނެވެ. އަތުގައި އޮތް ފޯނުގެ ބްލޫޓޫތު އޮންކޮށްލައި ކާރުގެ ސެޓާއި ކަނެކްޓް ކޮށްލި އެވެ. “ބެންޖޯ، ތިގޮލަޔާ އެއްމެ ކުރިން މި ޖެހެނީ އޯކޭތަ؟”
ލަވައެއް ޕްލޭކޮށްލި އެވެ. އަލީ ރަމީޒް ގެ ރަން ޒަމާނުގައި ކިޔާފައިވާ ‘ފަރިވެފަ ފޮނިވެފަ ދާތި ގޮވާތީ އޭ…’ މި ލަވައެވެ. އެއްމެން ހައިރާން ކަމާއިއެކު އެކަކު އަނެކަކުގެ މޫނަށް ބަލަން ފެށި އެވެ.
“ފަރިވެފަ ފޮނިވެފަ ދާތި ގޮވާތީ އޭ…” ޖުމާ ހީނގަންނަމުން ލަވައިގެ ރާގުގައި ލަވައިގެ ތަންކޮޅެއް ކިޔައިލި އެވެ. “ހޫމް. އެހެންވީމަ އެފް އަކުރަކުން ނަން ފެށޭ މީހަކާ މިރޭ ބެންޖޯ ކިސް ކުރަން ތިޖެހެނީ.”
“ތީ ކޮން ޒަމާނެއްގެ ކަޓު ލަވައެއް.” ހިން ދިރުވައިލަމުން ބެންޖޯ ޖަވާބު ދޭން ފެށި އެވެ. “އެފް އަކުރަކުން ނަން ފެށޭ ކުއްޖެއް އަހަރެން ނުވެސް ދަންނަން. ތީތި ކަޑައޭ!”
ޖުމާ އެނބުރި ބަލައިލީ ބެންޖޯ އަށެވެ. އޭނާގެ މޫނުމަތިން ސީރިއަސްކަން ފެންނަން ހުއްޓެވެ. “ކޮންމެހެން ކަޓު ލަވައެކޭ، އެފް އަކުރުން ނަން ފެއްޓޭ ކުއްޖެއް ނޭނގޭ ކިޔާފަ އެކްސްކިއުޒް ތަކެއް ދައްކާނެ ކަމެއް ނެތް. މިކަމަކީ ސީރިއަސް ކަމެއް. ކަލޭ ޖެހޭނެ މިކަން ކުރަން.”
ތުއްތު ކުއްޖެއް ފަދައިން ކުޑަދޮރުން ބޭރަށް ބޯނެރެގެން ބެންޖޯ މަޑުމަޑުން ތުނބުން ފުމެން ފެށުމުން އެލީޝާ އަށް ހީނގަނެވުނެވެ. “މީހެއްގެ ހުންނަ ވަރެއް ކައޭމެންނަކަށް ނޭނގޭނެ އިނގޭ. ހާދަ ފިނި ރެއެކޭ މީ.” އަނެއްކާވެސް ބެންޖޯ ބަހަނާ ދައްކަން ފެށިއެވެ.
“އޯކޭ އެލީ…. އިޓްސް ޔޯރ ޓަރން ނައޮ.”
އެލީޟާ ގާތަށް އައިސްފައިވާ ހިނނިގަނޑު މައިތިވެއްޖެ އެވެ. މޫނަށް ވެރިވެފައިވާ ހިިތުންވުން ފިލައިފި އެވެ. “މަވެސް ޖެހޭތަ ތިކަން ކުރަން؟”
ކައިފް ހިނިގަނޑެއް ޖަހައިލި އެވެ. “ޓްރެޑިޝަން އެކޭ މިކަމަކީ އެލީ. ޓްރެޑިޝަން ބްރޭކް ކޮށްލާ މީހަކަށް އެލީ ވާން ބޭނުންވަނީތަ؟”
އިރުކޮޅެއް ވާންދެން ކައިފް އާއި ދިމާއަށް އެލީޝާ ބަލަން އިނެވެ. ޓްރެޑިޝަން އާއި ބެހޭޭގޮތުން އޭނާ ކައިރީގައި ކައިފް ދެއްކި ވާހަކައެއް ހަނދާން ކުރަމުންނެވެ.
“އެއްމެ ރަނގަޅު.” ހިންދިރުވައިލަމުން އެލީޝާ އެއްބަސްވި އެވެ. “ކޮބައޭ މަގޭ ލަވަޔަކީ؟”
ލަވަ ޖަހަން ފެށުމާާއިއެކު އެއީ ކޮން ލަވައެއްކަން އެލީޝާ އަށް ވަރަށް އަވަހަށް ފާހަގަ ކުރެވިއްޖެ އެވެ. އެވަގުތު އެލީޝާ އަށް ބަލައިލެވުނީ ކައިފް އާއި ދިމާއަށެވެ.
‘ކެމިކަލް ރޮމޭންސް’ އިން ކިޔާފައިވާ ‘ކެންސަރ’ ލަވަ ކާރު ތެރޭގައި ގުގުމަން ފެށުމުންނެވެ. ކައިފް ވެސް އެލީޝާ އަށް ބަލަން ފެށި އެވެ. ކައިފް ގެ މޫނުން ވެސް ހައިރާން ކަން ފެންނަމުން ދިޔައެވެ. ކައިފް ގެ ލޮލުން ފެންނަމުންދިޔަ ހައިރާން ކަމުން ކައިފް އަށް އެ ލަވަ ނޭނގޭކަން އެލީޝާ އަށް އެނގުނެވެ.
“އުމް،’ ކުރީ ސީޓްގައި އިން ޖުމާ ގެ އަނގައިން އަޑެއް ލައްވައިލި އެވެ. “އޫޕްސް. އެއީ އޮޅުމަކުން ޕްލޭކޮށްލެވުނު ލަވައެއް. އެ ލަވަ އެއް ކައުންޓެއް ނުކުރާނަން. އަނެއްކާ އެހެން ލަވައެއް ޖަހާނަން އޯކޭ ގައީސް.” ޖުމާ މަސައްކަތް ކުރީ ކަމެއް ގޯސްވުމުގެ ކުރިން އެކަން ހައްލުކުރާށެވެ.
އަނެއްކާވެސް ލަވައެއް ޕްލޭކޮށްލި އެވެ. “ބޮޑީ ބައި ވެޓް،” ޖުމާ ބުންޏެވެ. “އެހެންވީމާ އެލީ އަށް ކިސްކުރަން މި ޖެހެނީ ބީ އަކުރުން ފެއްޓޭ މީހަކަށް.”
އެވަގުތު ލޮލުގެ އެއްކޮޅުން އެލީޝާ އާއި ދިމާއަށް ބެންޖޯ ބަލައިލި އެވެ. އެލީޝާ ލަދުން އިނދެ ހިނިތުންވެލި އެވެ. ކައިފް އަށް ބަލައިލަމުންނެވެ. އޭރު ކައިފް ވެސް އިނީ މުޅިން ހަމަހެއިގައި ނެތް އޭނާގެ ރަހުމަތްތެރިޔާ ބެންޖޯ އަށް ބަލާށެވެ.
“އޯކޭ މިފަހަރު މިއީ ކައިފް ގެ ޓަރން،” ޖުމާނާ ގެ ފޯނުން ލަވަ ޕްލޭކޮށްލަމުން ބުންޏެވެ. ވަރަށް ފަސޭހައިން ފާހަގަކޮށްލެވޭ ލަވައެއް ކާރުތެރޭގައި ގުގުމައިގަތެވެ. މިފަހަރު ހިންދީ ލަވައެކެވެ. މާދުރީ ޑިކްސިޓް މަޝްހޫރުކަން ހޯދި “އެކްދޯ ތީން” އެވެ.
“އެހެންވީމަ ކައިފް އަށް ތި ލައްވައިލީ “އަލިފަކުން’ ފެއްޓޭ މީހެއް!”
ނުނިމޭ
ލިޔުންތެރިޔާގެ ފުރަމަލަ
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 20 ޑިސެމްބަރ 2024ޚަބަރު“ސޮރީ” ގެ މަންޒަރެއް!
- 18 ޑިސެމްބަރ 2024ޚަބަރުއައިފިލްމްސް އިން ލޯބިން ބުނެލަނީ ” ލޯބިން…؟ ” ކަމަށް!
- 18 ޑިސެމްބަރ 2024ޚަބަރުއައްޒަ ބަލިވެއިންކަމަށް ބުނެ ނަހޫއަށް “ސޮރީ” ބުނެފި
- 18 ޑިސެމްބަރ 2024ޚަބަރު“ސޮރީ” ފަށައިފި – ޑައިރެކްޓްކުރަނީ ނަހޫ އަދި ރަވީ!