ކޮވިޑް-19 އަށް އިތުރު 13 މީހަކު ފައްސިވެއްޖެ ކަމަށް އެޗްޕީއޭއިން ހާމަކުރައްވައިފިއެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) ކުރި ޓްވީޓެއްގައި ބުނެފައިވަ ކޮވިޑް19 ގެ އިތުރު 13 ޕޮސިޓިވް ކޭހެއް ފެނިފައިވާކަމަށެވެ. އޭގެ ތެރޭގައި 5 ބަގްލަދޭޝް މީހުންނާއި 8 ދިވެހިން ހިމެނޭ ކަމަށް އެ ޓްވީޓުގައި ބުނެފައިވެެއެވެ. އަދި މި މީހުން އައިސޮލޭޝަން ފެސިލިޓީ އަށް ގެންދިއުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި، އެމީހުންނާއި އެއްތާވި މީހުން ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށްވެސް އެޗްޕީއޭ އިން ކުރި ޓްވީޓުގައި ބުނެފައިވެއެވެ.

މާލެއިން މިއަދު އިތުރު 13 މީހަކު ކޮވިޑް-19 އަށް ފައްސިވުމާއެކު، މިހާތަނަށް މާލެއިން މި ވައިރަސް ޖެހުނު މީހުންގެ އަދަދު ވަނީ 62 އަށް އަރާފައެވެ. އަދި، ރާއްޖެއިން ވައިރަސް އަށް ފައްސިވީ މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 82 އަށް އަރާފައެވެ.

ރޭ މާލެއިން އިތުރު ދިވެއްސަކާއި ބަންގްލަދޭޝް މީހަކު މިބައްޔަށް ފައްސިވުމުން، މިހާތަނަށް ބަލި ޖެހުނު ދިވެހިންގެ އަދަދު ވަނީ 38 އަށް އަރާފައެވެ. އަދި ބަލި ޖެހުނު ބަންގްލަދޭޝް މީހުންގެ އަދަދު މިހާރު ވަނީ 24 އަށް އަރާފައެވެ

ލިޔުންތެރިޔާގެ ފުރަމަލަ

ޙަސަން މުޚްތާރް
މުޚްތާރަކީ ނޫސްވެރިކަމުގައި ތަޖްރިބާ ހޯދުމަށް ނުކުމެހުރި ތަމްރީނު ލިބިފައިވާ ނޫސްވެރިއެކެވެ.