މިހާރު މުޅި ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ވަބާ، ކޮވިޑް-19 އާއި ދެކޮޅަށް ކުރާ މަސައްކަތްތަކަށް ފައިސާ ހޯދުމުގެ ގޮތުން ކުލަބުގެ ތާރީޚުގައި ވެސް ފުރަތަަމަ ފަހަރަށް ބާސެލޯނާ އިން އެކުލަބުގެ ސްޓޭޑިއަމް ސްޕޮންސަރ ކުރުމުގެ ފުރުޞަތު ހުޅުވާލުމަށް ތައްޔާރުވެއްޖެއެވެ.
ކުލަބުގެ ސަގާފަތް އެއްފަރާތް ކުރުމަށް ފަހު، 2020/2021 ވަނަ ސީޒަނުގައި ކޭމްޕް ނޫ ސްޓޭޑިއަމް ސްޕޮންސަރ ކުރުމަށް ހުޅުވާލުމަށް ބާސެލޯނާ އިން ތައްޔާރުވަމުން ދާއިރު، ސްޕޮންސަރ ކޮށްގެން ލިބޭ ހުރިހާ ފައިސާއެއް ކޮވިޑް-19 އާއި ދެކޮޅަށް ކުރާ ހަނގުރާމަ އަށް ހަދިޔާކުރުމަށް ނިންމާފައިވާކަން އެ ކުލަބުން އިޢުލާން ކޮށްފައިވަނީ އިއްޔެ މެންދުރު ނެރުނު ބަޔާނެއްގައެވެ.
“ކުރިއަށް މިއޮތް ހަފްތާތަކުގައި ކޮވިޑް-19 އާއި ދެކޮޅަށް ކުރާ މަސައްކަތްތަކަށް ފައިސާ ހޯދުމުގެ ގޮތުން ބާސާ ފައުންޑޭޝަނުން، ކުލަބުގެ ސްޓޭޑިއަމް އާއި، އެހެނިހެން ވިޔަފާރި ސަރަޙައްދުތަކަށް ސްޕޮންސަރުން ހޯދުމަށް ގައުމީ ފެންވަރުގައްޔާއި، ބައިނަލްއަގުވާމީ ފެންވަރުގައި މަސައްކަތް ކުރަމުން ގެންދާނަން.” ބާސެލޯނާ އިން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.
ޔުއެފާ ޗެމްޕިއަންސް ލީގު 5 ފަހަރު އަދި ސްޕެނިޝް ލީގު 26 ފަހަރު ކާމިޔާބުކޮށްފައިވާ ބާސެލޯނާ އަކީ އަަބަދުވެސް އެކި ރޮނގުތަކުން އިންސާނިއްޔަތަށް ޚިދުމަތް ފޯރުކޮށްދެމުން އަންނަ ކުލަބެއް ކަން ފާހަގަކޮށްލެވެއެވެ.
ލިޔުންތެރިޔާގެ ފުރަމަލަ
- އަޙްމަދު ޝާމިން މައިގަނޑު ގޮތެއްގައި ލިޔާނީ ކުޅިވަރު ޚަބަރުތަކެވެ. ފިލްމީ އަދި މިއުޒިކީ ދާއިރާ ނޫން އެހެން ހުރިހައި ދާއިރާތަކަށް ވެސް ޝާމިން ލިޔާނެއެވެ.
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 5 ޖެނުއަރީ 2022ޚަބަރުކޮވިޑް ކޭސްތައް ގިނަވެ އިނގެރޭސި ލީގު ކަޕް ސެމީ ފައިނަލް މެޗު ފަސްކޮށްފި
- 4 ޖެނުއަރީ 2022ޚަބަރުއާ އަހަރު ކުޅުނު ފުރަތަމަ މެޗުން ޔުނައިޓެޑް ބަލިވެއްޖެ
- 4 ޖެނުއަރީ 2022ޚަބަރުފްރެންޗް ކަޕްގެ ގެ ގަދަ 16 އަށް ޕީއެސްޖީ ދަތުރުކޮށްފި
- 2 ޖެނުއަރީ 2022ޚަބަރުރޮޑްރީގެ ގޯލުން ފަހު ވަގުތު ސިޓީން އާސެނަލް ބަލިކޮށްފި