އާނއެކެވެ. އެއީ އިންސާނެއް ނޫނެވެ. އެއީ ޒަޔާންގެ ހިތުގައި ކުރަހާލި ޚިޔާލީ ކަމަނަ އެކެވެ. ޒަޔާންގެ ލެންސުން ވަރަށް ފުރިހަމައަށް ގެނެސްދިން ތަސްވީރު ވާހަކައެކެވެ. ވަރަށް ކުރު ލަފްޒުތަކަކުން ގެނެސްދިން ނަމަވެސް އޭނާގެ ފޮޓޯގްރަފީގެ ހުނަރާއެކު އެވާހަކަ އިތުރަށް ފުރިހަމަ ކޮށްދިނެވެ.

ށ. މާއުނގޫދޫ އަށް އުފަން އުމުރުން 21 އަހަރުގެ އިބްރާހީމް ޒަޔާން އަކީ ފޮޓޯ ނަގަން ޝައުގުވެރިވާ ޒުވާނެކެވެ. ހޮބީއެއްގެ ގޮތުގައި ފޮޓޯ ނެގިނަމަވެސް ބައެއްފަހަރަށް މީހުންނަށްވެސް ފޮޓޯ ނަގައިދެއެވެ.

އިބްރާހީމް ޒަޔާން (21އ)

“އެންމެ ފުރަތަމަ ފޮޓޯ ނެގީ ފޯނުން.. ދެން ބޭބެގެ ރައްޓެއްސެއްގެ ކެމެރާއެއް ބޭނުންކޮށްލަން ލިބުނީމަ އޭގެން ފޮޓޯ ނަގަންފެށީ” ޒަޔާން ކިޔައިދިނެވެ.

ކުރިމަގުގައި ޕްރޮފެޝަންއެއްގެ ގޮތުގައި މިކަން ކުރުމަކީ ޒަޔާންގެ ވަރަށްބޮޑު ހުވަފެނެކެވެ. ފޮޓޯގްރަފީގެ އުކުޅުތައް ޒަޔާން ދަސްކުރަނީ ޔޫޓިއުބް ބަލައިގެންނެވެ. އަދި ލެވެލް 4 ގެ ފޮޓޯގްރަފީ ކޯހެއްވެސް އޭނާ ވަނީ ހަދާފައެވެ.

“ތަކަފަތި ކަމަނަ” ކޮންސެޕްޓަށް ފޮޓޯ ޝޫޓެއް ނަގަން ޚިޔާލުއައި ގޮތް ޒަޔާން މުނިއަވަސްއަށް ކިޔައިދިނެވެ. “ވަރަށް ގިނައިންފެނޭ އެހެން ފޮޓޯގްރަފާރސް މިކަހަ ފޮޓޯ ޝޫޓް ނަގާފަ ހުންނަތަން.. އެކަމަކު ވަކި ސްޓޯރީއަކަށް ބޭސްކޮށްފަ ހުންނަތަން ވަރަށް ނުފެނޭ.. އެހެންވެ އޭގެ ފޮޓޯ ނަގާފަ ހުންނަ ފޮޓޯގްރަފާރސްގެ ފަރާތުން އިންސްޕަޔަރ ވެގެން އެ ފޮޓޯތަކާއި ތަފާތު ކޮންޓެންޓެއް ނެރެވޭތޯ މަސައްކަތްކުރީ.. އަދި އަލަށް މިނެގީ މިކަހަލަ ޝޫޓެއް…”

“ތަކަފަތި ކަމަނަ” ފޮޓޯޝޫޓް ނެގުމުގައި ޒަޔާންގެ މަންމަ އާއި ބައްޕަ އަދި އޭނާގެ ގާތް ރަހުމަތްތެރިންގެ އެހީ ވަރަށްބޮޑަށް ލިބުނެވެ. އެގޮތުން މި ކޮންސެޕްޓް ފުރިހަމަކުރުމުގައި އެންމެ އިސްކޮށް ޒަޔާންއަށް އެހީވެދިނީ އަލީ މުނައްވަރެވެ. ފޮޓޯތަކުގައި ބޭނުންކޮށްފައިވާ މުޅޯއްޓަކީ ޒަޔާންގެ މަންމަ އާއި ބައްޕަގެ މަސައްކަތެވެ. ވާހަކަ ލިޔެދިނީ އޭނާގެ އެކުވެރި މުހައްމަދު އިރުފާމެވެ. މޮޑެލުންނަކީ ލަހުފާ، އަމާން އަދި ސާނިފްއެވެ. އަދި މޭކަޕްކޮށްދީފައި ވަނީ ޔުމްނާ އާއި ނައްޝަތުއެވެ. މިހުރިހާ ކުދިންނަކީވެސް މާއުނގޫދޫގައި ދިރިއުޅޭ ކުދިންނެވެ.

“ތަކަފަތި ކަމަނަ” ޒަޔާންގެ ފޮޓޯ ސްޓޯރީގެ ބައެއް މަންޒަރުތައް

“މިހާތަނަށް އައިއިރު ވަރަށްބޮޑު ތަރުހީބެއް ލިބިއްޖެ މި ފޮޓޯޝޫޓަށް… ލިބުނު ތަރުހީބަށް ބަލާފަ މީގެ ދެވަނަ ބައި ގެނައުމަށް މިހާރު މިދަނީ ވިސްނަމުން” ޒަޔާން ބުންޏެވެ.

“ތަކަފަތިކަމަނަ” ނަން ދެވުނު ގޮތާއި ބެހޭގޮތުން ޒަޔާން ބުނީ “ފުރަތަމަ އުޅުނީ ކުއްޅަވަށްފަލު ރަނިކަމަނަ.. އޭގަ އަދަބީ ބަހުގެ މާނަޔާ ވާހަކަ އާއި ނުގުޅޭތީވެ ތަފާތު ނަމެއް ބޭނުންކުރަން ނިންމީ.. ނަމުންވެސް ފޮޓޯފެންނަ މީހުން ޝައުގުވެރިކުރުވުމަށް”

ޒަޔާންއާއި އެކު ފޮޓޯޝޫޓްގައި ބައިވެރިވެ އެހީތެރިވެދިން ހުރިހާ ކުދިންނަށް އޭނާ ވަރަށްބޮޑަށް ޝުކުރު އަދާކުރެއެވެ. މުނިއަވަސްގެ ފަރާތުން ޒަޔާންގެ މަސައްކަތަށް އިތުރުކުރިއެރުމާއި ބާއްޖަވެރިކަން އެދެމެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

ފާޠިމަތު ޒުހުދާ (ޒުހޫ)
ފާޠިމަތު ޒުހުދާ (ޒުހޫ)
އަލިއަޅުވައިލަން ޖެހިފައިވާ މުހިންމު މައްސަލަތަކާއި ހާދިސާތަކަށް ވާހަކައާއި ރިޕޯޓް ލިޔުމަކީ ޒުހުދާގެ ޚާއްޞަ ދާއިރާއެކެވެ.