އިތުރު 3 މީހަކު ކޮވިޑް-19 އަށް ފައްސިވެފައިވާކަމަށް ހެލްތު ޕޮޓެކްޝަން އެޖެންސީން ހާމަކޮށްފައިވެއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީން ދާދި ދެންމެއަކު ކުރި ޓްވީޓެއްގައި ބުނެފައިވަނީ ކޮވިޑް-19 އަށް 2 ދިވެއްސަކާއި، ޕާކިސްތާނުގެ މީހެއް ފައްސިވެފައިވާކަމަށެވެ. އަދި، މި މީހުން މިހާރު އައިސޮލޭޝަން ފެސިލިޓީއަށް ގެންދިއުމުގެ މަސައްކަތް ކުރަމުންދާ ކަމަށްވެސް އެޗްޕީއޭ އިން ކުރި ޓްވީޓުގައި ބުނެފައިވެއެވެ.

ކޮވިޑް-19 އަށް މިހާތަނަށް ރާއްޖެއިން 205 މީހުން ފައްސިވެފައިވާއިރު، އޭގެތެރޭގައި ހިމެނެނީ 81 ދިވެހިންނާއި، ބަންގްލަދޭޝްގެ 93 މީހުންނާއި، އިންޑިއާގެ 12 މީހުންނާއި، އިޓަލީގެ 11 މީހުންނާއި، ސްރީލަންކާގެ 2 މީހުންނާއި، ޕާކިސްތާނުގެ 2 މީހުންނާއި، އިނގެރޭސި ވިލާތުގެ މީހަކާއި، ޖަރުމަނުގެ މީހަކާއި އަދި އިތުރު ގައުމުތަކަށް ނިސްބަތްވާ 2 މީހެކެވެ. ކޮވިޑް-19 އަށް ފައްސިވި މީހުންގެ ތެރެއިން މިހާތަނަށް 17 މީހަކު ރަނގަޅުވެފައިވާއިރު، ކަރަންޓީނުގައި 1371 މީހުން ތިބިއިރު، އައިސޮލޭޝަން ގައި 139 މީހުން އެބަތިބި ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީން މަޢުލޫމާތު ދީފައިވެއެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ޝާމިން
އަޙްމަދު ޝާމިން މައިގަނޑު ގޮތެއްގައި ލިޔާނީ ކުޅިވަރު ޚަބަރުތަކެވެ. ފިލްމީ އަދި މިއުޒިކީ ދާއިރާ ނޫން އެހެން ހުރިހައި ދާއިރާތަކަށް ވެސް ޝާމިން ލިޔާނެއެވެ.