ބޮލީވުޑްގެ މަގުބޫލު އެކްޓަރ އިރްފާން ޚާން ނިޔާވެއްޖެއެވެ. އުމުރުން 54އަހަރުގެ އެކްޓަރ ނިޔާވީ ކެންސަރު ބައްޔަށް ފަރުވާހޯދަމުން ދަނިކޮށް މިއަދުގެ ވަގުތެއްގައެވެ.
ގޮހޮރުގެ ކެންސަރަށް ފަރުވާ ހޯދަމުން އައި އިރްފާން ޚާން، މުމްބާއީގެ ކޮކިލާބެން ދިރުބާއީ އަމްބާނީ ހޮސްޕިޓަލުގައި އެނދުމަތިކުރީ މިމަހު 28 ގައެވެ.
އިރްފާން ޚާނަށް ނިއުރޯއެންޑޮކްރައިން ޓިއުމަރ ޖެހިފައިވާކަން އޭނާ ހާމަކުރީ 2018 މާރިޗް މަހުގައެވެ.
ކެންސަރު ބައްޔަށް ފަރުވާ ހޯދުމަށްފަހު ބޮލީވުޑްގެ މަޝްހޫރު އެކްޓަރު އިރުފާން ޚާން ކުޅުނު ފުރަތަމަ ފިލްމު ”އަނގްރޭޒީ މީޑިއަމް“ އެވެ.
ލިޔުންތެރިޔާގެ ފުރަމަލަ
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 20 ޑިސެމްބަރ 2024ޚަބަރު“ސޮރީ” ގެ މަންޒަރެއް!
- 18 ޑިސެމްބަރ 2024ޚަބަރުއައިފިލްމްސް އިން ލޯބިން ބުނެލަނީ ” ލޯބިން…؟ ” ކަމަށް!
- 18 ޑިސެމްބަރ 2024ޚަބަރުއައްޒަ ބަލިވެއިންކަމަށް ބުނެ ނަހޫއަށް “ސޮރީ” ބުނެފި
- 18 ޑިސެމްބަރ 2024ޚަބަރު“ސޮރީ” ފަށައިފި – ޑައިރެކްޓްކުރަނީ ނަހޫ އަދި ރަވީ!