ނޯޓް: މި ސްކްރީންޕްލޭ ލިޔެފައި މިވަނީ 2009 ވަނަ އަހަރު ނޭޝަނަލް ސެންޓަރ ފޮރ ދި އާރޓްސް އިން އިންތިޒާމުކޮށް ލ. ފޮނަދޫގައި ބޭއްވި ބޭސިކް ފިލްމް ޕްރޮޑަކްޝަން ކޯހުގެ ފައިނަލް ޕްރޮޖެކްޓަށް ގްރޫޕަކުން ތައްޔާރުކުރި ކުރު ފިލްމް ‘ޓާރކީ’ ގެ ޓާރކީ ކެރެކްޓަރ އަށް ބިނާކޮށެވެ. މި ޓާކީގެ ކޮންސެޕްޓަކީ ލ. ފޮނަދޫ މުޝްތަރީގޭ ޖަމީލް ޢުމަރުގެ ކޮންސެޕްޓެއް ނަމަވެސް، މި ސްކްރީންޕްލޭ ލިޔެފައިމިވަނީ އިނގިރޭސި ބަހުން ލިޔެފައިވާ ސްކްރީންޕްލޭ އެއް އަސްލަކަށް ބަލައިގެންނެވެ.
ލޯބީގެ މަޖާ ކަންތައްތަކެއް ހިމެނޭ މި ސްކްރިޕްޓް އެއްކޮށް ހިމަނާފައެއް ނުވާނެ އެވެ.

 

މިއީ ޝޫޓިންގ ސްކްރިޕްޓް އާއި އެކުގައި ލިޔެފައިވާ ސްކްރީންޕްލޭ އެކެވެ.

ޝޫޓިންގ ސްކްރިޕްޓް ގެ ސްކްރީން ޝޮޓެއް

ޝޫޓިންގ ސްކްރިޕްޓް ގެ ސްކްރީން ޝޮޓެއް

 

ނޯޓް: ކޮންމެ އައު ލޮކޭޝަން އަކަށާއި އައު ދުވަހަކަށް އެކްޓަރުންގެ ހެދުން ބަދަލުކުރާށެވެ. ނަމަވެސް ޓާރކީގެ ހެދުން ބަދަލުކުރާނީ ޓާރކީއަށް އަންނަ ބަދަލަށް ފަހު ފެންނަ މަންޒަރުތަކުގައެވެ.

ޓާކީގެ ޑައިލޮގްތައް ލިޔެފައިވާނީ ޓާކީ ޑައިލޮގްކިޔާ ސްޓައިލްއަކަށް ނޫނެވެ. ލިޔެފައިވާ ޑައިލޮގްތައް ޓާކީގެ އަމިއްލަ ސްޓައިލްގައި ކިޔާނެއެވެ.

20 ޑިސެމްބަރު 2013

ފޭޑް އިން:

0. ގެއެއްގެ އެތެރެ

6 ޝޮޓް
ފިލްމުގެ ކޮންމެ ބައިވެރިއެއްގެ’މީޑިއަމް ކްލޯސް އަޕް’ (MCU) ޝޮޓެއް ނަގާށެވެ. އެކްޓަރުން ތިބެންވާނީ އުފާވެރި ހިނިތުންވުމެއްގަ އެވެ. މިއީ ކްރެޑިޓްސްގައި ބޭނުންކުރުމަށް ނަގާ ޝޮޓްތަކެއް ކަމުން ފިލްމުގައި އެކްޓް ކުރަނިކޮށް ނަގާފައިވާ ޝޮޓް ތަކެއް ހިމެނުން ރަނގަޅެއް ނޫނެވެ.

 

1. ޖައިލަމް އާއި ޝާލިޔާގެ ގޭގެ ބޭރު – ދުވާލު(1-1)
ލޯންގް ޝޮޓް (LS)
ގެ ދައްކާލާނީ ވަރަށް ދުރުންނެވެ. ލޮލުގެ ކޮޅަށް ފެންނަ ހިސާބުން ފެށިގެންނެވެ.
ޒޫމް ކުރަމުންގޮސް ގެއަށްވަން ދޮރުގެ ކްލޯސް އަޕް (CU) އެއް – އެޑިޓް ކުރާއިރު މި ޝޮޓް، ޖެހިގެން އަންނަ ޝޮޓާއި ކްރޮސް ފޭޑް ކުރާށެވެ.
ނޯޓް: ގޭގެ ދޮރުގެ ކްލޯސް އަޕް (CU) އެއް ހަދައި ޝާލިޔާގެ ދެމަފިރިން ވާހަކަދައްކަން ތިބޭ މަންޒަރަށް ކްރޮސް ފޭޑް ކޮށްލުމުން ބެލުންތެރިންނަށް އިޙްސާސް ކުރެވޭނީ ޚުދު އެމީހުން ގޭގެތެރެއަށް ވަންނަނީ ކަމަށެވެ. ޝާލިޔާ ފެނުމުގެ 5 ސިކުންތު ކުރިން ބެލުންތެރިންނަށް ޝާލިޔާގެ އަޑު އިވެން ޖެހޭނެއެވެ.
________________________________________________________________________

2. ގޭގެ ސިޓިންގ ރޫމާއި އެކީގައި އިންނަ ޑައިނިން ރޫމް – ދުވާލު
(1-2)
2 ޝޮޓް (MS)
ޝާލިޔާ އާއި އޭނާގެ ފިރިމީހާ ޖައިލަމް ތިބެނީ ކާމޭޒު ދޮށުގައެވެ. ދެމީހުންތިބީ އުފާވެރިކަމާއިއެކު ވާހަކަ ދައްކާ ސަމާސާކުރަމުން ހެނދުނުގެ ނާސްތާ ކުރާށެވެ. މޭޒުމަތީގައި ޕާން ބިސްގަނޑާއި ކޮފީ ހުރެއެވެ.
ޝާލިޔާ
ދެން ޖައިލަމް ކިތަންމެ ފޮނިކެނޑިޔަސް އެއީ ހަމަ ވަރަށް ފަނި ދަތުރެއް. އެ ދަތުރުގަ މަޖާކޮށްލެވުނު ކަމަކަށް އަހަރެން ޤަބޫލެއް ނުކުރަން. ފުރަތަމަ ޓާރމިނަލް ތެރޭގަ އެތިބަ މީހުން އުޅުނު ގޮތުންވެސް ހީވީ އަހަރުންނަކީ ޑްރަގް ޑީލަރުންނޭ. ދެން އަނެއްކާ މަގޭ މޭކަޕް ސެޓާ ހުރިހައި ޖުވެލްރީސް ހުރި ދަބަސްވެސް ގެއްލުނީ. ދެން ޖައިލަމް ނެގި ޓެކްސީވެސް އެއަރޕޯޓަށް ދިޔައީ ގަޑިއެއްހައިއިރު ފަހުން. އެހެންވީމަ ކިހާ ފައްކާ ދަތުރަކަށް ވެއްޖެ. ބޫހްހް.. ހެހެހެހެ
ޖައިލަމް
އޯކޭ. އޯކޭ. އެކަމަކު ކޮންމެހެންވެސް މި ޗުއްޓީ ޖެހޭނެ ތަންކޮޅެއް ފައްކާ ޗުއްޓީއަކަށްވާން. އެހެންވެގެން މިފަހަރު މި ނިންމީ ލަންކާއަށް ދާން-
ޝާލިޔާ (ޖައިލަމްގެ ވާހަކަ މެދުކަނޑާލަމުން..)
ދެން ނޫން… އަހަރެން ބޭނުންވަނީ މިފަހަރު މި އަތޮޅު ރަށަކަށް ދާން. މިސާލަކަށް އިސްދުއަށް…..ޗުއްޓީ ހޭދަކޮށްލަން ކޮންމެހެން ރާއްޖެއިން ބޭރަށް ނުދިޔަޔަސް މި ރީތި ރާއްޖޭގަވެސް އެބަހުއްޓޭ ސަޅި ތަންތަން. ހަނދާން އެބަހުރިތަ (ތުއި ވައްތަރަކަށް ހީނލަމުން) އަހަރުން އުތީމަށް ދިޔަ ދަތުރު-
ޓާރކީ (ޖަމީލު) ކޮޓަރީގެ ދޮރު ހުޅުވާލާފައި ބާރަށް ލައްޕާލަމުން ކާމޭޒާއި ދިމާއަށް ހިނގައިގަނެއެވެ.. ކަރުކެހެމުން، ކެއްސަމުންނެވެ.
ޖައިލަމް އާއި ޝާލިޔާ ޓާރކީއާއި ދިމާއަށް އެނބުރި ބަލައިލައެވެ.

ޓާރކީ (ޖަމީލު) ޑައިނިންގ ޓޭބަލް ކައިރިއަށް އާދެއެވެ.

ޓާކީ
ކަލޭމެންނާހެދި ކިހާބޮޑުކަމެއް! ތިހާވަރަށް ހީނ ސަކަރާތްޖެހީމަ މަށަށް އުނދަގޫވާނެކަން ނޭނގެނީތަ؟ ކަލޭމެންނަށްވެސް އެނގޭނެ ހެނދުނުގެ ނިދިކޮޅު ހަމަކުރަން އަހަރެން ހަމަހިމޭން މާހައުލެއް ބޭނުންވާކަން.
ޖައިލަމް ޖަވާބުދެނީ ފޫހިކަމާއި ރުޅިވެރި ރާގެއްގައެވެ.
ޖައިލަމް
ތިވަރު ވަންޏާ ކަންފަތަށް އުނގުރި ޖަހައިގެން އޮންނަންވީނު! ކަންފަތު އުނގުރިކޮޅެއް ގަނެދޭންވީތަ؟
ޝާލިޔާ
އަޅެ ނޫން ޖައިލަމް. ދެން ތީ ކޮންކަމެއް؟ ހުއްޓާލަބަލަ ތިގޮތަށް ބައްޕައާ ހަނގާކުރުން.
ޓާކީ ރުޅިއައިސް ރަތްވެ ހަޅޭއްލަވައިގަންނަމުން.
ޓާކީ
ބަލަ ކަލޭވެސް ކޮންމެވެސް ދުވަހަކުން މުސްކުޅިވާނޭ
އެޑިޓް ކުރާއިރު ފޭޑް އައުޓް
________________________________________________________________________

3. ޑައިނިންގ އޭރިއާ – ދުވާލު
(ހެދުން ބަލަވެފަ)
އެޑިޓް ކުރާއިރު ފޭޑް އިން
ޝާލިޔާގެ ދެއަތުން ދެ ކޮފީމަގު ހިފައިގެން މޭޒާއި ދިމާއަށް ގޮސް މޭޒުމަތީގައި ބަހައްޓަމުން
ޝާލިޔާ
އާދޭ ކޮފީ ބޯން

ސޯފާގައި ތިބެފައި ޖައިލަމް ހިނގައިގަނެއެވެ. އެއަށްފަހު ޓާކީވެސް ހިނގައިގަނެއެވެ. ދެމީހުން ގޮސް މޭޒުކައިރީގައި އިށީންނަމުން ޝާލިޔާއަށް ބަލައިލައެވެ.

ޝާލިޔާ ބިސްކޯދު ތަށްޓެއް ހިފައިގެންގޮސް މޭޒުކައިރީގައި އިށީންދެއެވެ.
ޝާލިޔާ
ބައްޕާ، މިހާރު އަނެއްކާވެސް މިރަށު މީހުން ވަރަށް މުށިމަސް އެބަ ބާނައެއްނު ހާބަރުން. ނިކަން އެކަލަ ތަންތަނަށްވެސް ނުކުމެލާ އުޅެބަލަ.
ޓާކީ
ހޫމް. މިހެން އުޅެފަ ދެވިދާނެއެއްނު.
ޝާލިޔާ
އަބަދު ނުވާނެ ތިހެން ގޭގަ ހުންނާކަށް. އެތަނަށް ދިއުމުން ބައްޕަގެ ރައްޓެހިންނާވެސް ދިމާވެ، ތަންކޮޅެއް އެކަނިވެރިކަން ފިލައި ހިތްހަމަ ޖެހޭނެއެއްނު. އެހެން ނޫނަސް އަންނަ ހަފުތާގަ އަހަންނާ ޖައިލަމް މިއުޅެނީ ހަފުތާއަކަށް އިސްދުއަށް ގޮސްލަން ކަމަށް.

ޓާކީ ހިތްހަމަ ނުޖެހުނެވެ.
ޓާކީ
ކީކޭ! އަނެއްކާވެސް ތަނަކަށް ދާންވީ! ކަލޭ އަބަދުވެސް ތަނަކަށް ދާންވެފައެއްނު އޮންނަނީ. ތިހެން ދާއިރު ބައްޕަ ނުގެންދަނީ ކީއްވެގެންތަ؟

ޝާލިޔާ އާއި ޖައިލަމް އެކަކު އަނެކަކަށް ބަލައިލައެވެ. ދެން ޓާކީއަށް ބަލައިލައެވެ.
ޝާލިޔާ
ބައްޕަ ބޮޑާހާކައިގެން އަހަރުން ހުއްޓުވަން ކިތަންމެވަރަކަށް އުޅުނަސްހެޔޮ. އަންނަ ހަފުތާގަ އަހަރުން ދާގޮތަށް ނިންމާފަ އޮންނާނީ.

ޓާކީ
އެކަމަކު ބައްޕަ އެކަނި ބަހައްޓާފަ ތިގޮތަށް ދާންޖެހޭ އެއްވެސް ސަބަބެއް އަހަންނަކަށް ނުވިސްނުނު.

ޖައިލަމް ހުންނާނީ ޓާކީގެ ވާހަކަތަކުން ފުދޭވަރަކަށް ހިތްހަމަނުޖެހިފަ އެވެ. ޖައިލަމް ހިތްހަމަ ނުޖެހިގެން މޭޒުމަތީގައި އަތުން ޖަހަމުން ގޮނޑިން ތެދުވެއެވެ. އެކަމަކު އެއްވެސް އެއްޗެކޭ ނުބުނެއެވެ. ޝާލިޔާ ޖައިލަމްއާއި ދިމާއަށް ބަލައިލައެވެ.
ޝާލިޔާ ޓާކީއާއި ދިމާއަށް ބަލައިލައެވެ.
ޝާލިޔާ
އެކަމަކު ބައްޕާ. އަހަރުން އެހާ ގިނައިން ތަންތަނަށް އެބަދޭތަ؟ އެހެންނޫނަސް ޖައިލަމް އަށް ޗުއްޓީއެއް ލިބުނީމަ ދާން މިއުޅެނީ އެއްމެ ހަފުތާ އަކަށްށޭ. ޖައިލަމްވެސް ޗުއްޓީއެއް ހަދާލަން ޖެހޭނެއެއްނު.

ޓާކީ
ބައްޕަ މުސްކުޅިވި ދުވަހު ދަރިފުޅު ތިހެން އުޅުނީމަ ދެން ކާކުތަ ބައްޕަޔާ އަޅާލާނީ.
ޓާކީ ފުންނޭވައެއްލަމުން މޫނުމަތީގައި އަތްއަޅައި މޫނު ނިވާކޮށްލައެވެ.
ޖައިލަމް
ބޭކާރު އަނގަތަޅަމުން ފާޑުފާޑުގެ އެކްޓް ދައްކާނެ ކަމެއްނެތް.
ޝާލިޔާ
އެކަމަކު ބައްޕަ އަމިއްލައަށް ދުވަސްކޮޅަކު ނޫޅެވޭހާ ބައްޔެއްވެސް ނޫނެއްނު

ޖައިލަމް ރުޅިއައިސްގެން ގޮނޑިން ތެދުވެއެވެ. ބޮލުގެ އިސްތަށިގަނޑުގައި އަތް ކާއްތަމުން ދެކޮޅަށް ހިނގަން ފަށައެވެ.
ޖައިލަމް ފުން ނޭވައެއް ދޫކޮށްލައެވެ.

ޖައިލަމް (އެތަނުން ނުކުންނަން ހިނގައި ގަންނަމުން..)
ތިދެން ކަންތަކާ ޖެހުނީއޭ ޝާލް. ދެން އެންމެ ރަނގަޅުވާނީ މިކަމާ ނޫޅުނިއްޔާ. މިހާރުދެން މާކަންތައްތައް މައްޗަށް މިހިރަދަނީ. އަހަރުމެން ޗުއްޓީއެއް ހަދާލަން އުޅޭ ހަމަ ކޮންމެ ފަހަރަކު މިކަމެއް އެބަޖެހޭވިއްޔަ.
ޖައިލަމް އެނބުރި ބަލައިލަމުން އެތަނުން ނުކުމެ ފްރޭމް ތެރެއިން ނުކުމެއެވެ.
ޝާލިޔާ މޫޑް ވަރަށް ސަކަރާތްކޮށްހުރެ ފުންނޭވައެއް ލައެވެ.
އެޑިޓްކުރާއިރު – ފޭޑް އައުޓް
________________________________________________________________________

4. ޖައިލަމް އާއި ޝާލިޔާ، ގޭތެރޭގައި – ދުވާލު
(ހެދުން ބަލަވެފަ)
އެޑިޓް ކުރާއިރު ފޭޑް އިން
އެ ގޭގެ ފޯނު (ނުވަތަ ޖައިލަމްގެ މޮބައިލް ފޯން) ރިންގުވާން ފަށައެވެ. ރުޤިއްޔާ (ޖައިލަމް މެންނާއި ރައްޓެހި މުސްކުޅިފުރާގެ މީހެއް) އަނެއްކޮޅުގައި ފޯނުގައި ހުރެއެވެ.
ޖައިލަމް (އޭނަގެ ގޭގައި…)
ހެލޯ…….އޯ…. ހެލޯ ރުޤިއްޔާއްތާ

ރުޤިއްޔާ (އޭނަގެ ގޭގައި…)
ޖައިލަމް…. ކިހިނެތްތަ؟ ޝާލިޔާ ބުނި ޓާކީ އާ ޖައިލަމް އާ ދެމީހުން އަރާރުންގަނޑެއްވި ވާހަކަ. ޓާކީއަށް ވިސްނައިދެވޭތޯ މަސައްކަތްކުރިންތަ ޗުއްޓީ ދަތުރާއިމެދު. އަހަންނަށް ހީވަނީ ޖައިލަމްއަށް ތި ދަތުރު މުހިއްމުވަނީ ކީއްވެގެންކަން ވިސްނައިދީފިއްޔާ ޓާކީ ޤަބޫލުކުރާނެހެން.

ޖައިލަމް (އޭނަގެ ގޭގައި…)
އެއީ ނުވިސްނޭވަރުގެ ކުޑަކުއްޖެއްތަ ވިސްނައިދޭން. މަށެއް ނޫޅެން އޭނައަށް ވިސްނައިދޭކަށް. ދަތުރު ދެވުމާއިމެދު އުއްމީދު ކެނޑިއްޖެ މިހާރު. އެހެންވެ ނިންމައިފިން އެއްތާކަށްވެސް ނުގޮސް ހުންނަން.

ރުޤިއްޔާ (އޭނަގެ ގޭގައި…)
ޖައިލަމް…. ތީދެން ވަރަށް ދެރަކަމެއްދޯ…. އަހަރެން ތިގެއަށްގޮސް ޓާކީއަށް ވިސްނަދެވޭތޯ ބަލާފާނަން.

އެހެންނޫނަސް މަވެސް ބޭނުންވާ ހާސްކަން ކަނޑުވާލަން މީހަކާ ވާހަކަދައްކާލަން. އެނގެއެއްނު އެ މުޙައްމަދު މަ ވަރިކުރަން ކޯޓަށް ގޮސްގެން އުޅޭކަން.
އެޑިޓް ކުރާއިރު ފޭޑް އައުޓް
________________________________________________________________________

5. ޖައިލަމް އާއި ޝާލިޔާގެ، ގޭގެ ބޭރު – ދުވާލު
(ހެދުން ބަލަވެފަ)
އެޑިޓް ކުރާއިރު ފޭޑް އިން —- މިބައި އެޑިޓްކުރާނީ ސީން6،7،8 ގެ އެކްޓިންގ އާއި ޕެރެލަލް ވާގޮތަށް
ރުޤިއްޔާ ހިނގާފައިގޮސް ޝާލިޔާގެ ގޭގެ ދޮރުފަތުގައި ޓަކިދޭން ފަށައެވެ.
މިބައި ޝޫޓްކުރާއިރު ރުޤިއްޔާ ދާންޖެހެނީ ޖެހިގެން ހުރިގޭގެ ދޮރުމަތިން ލާފައެވެ. އަދި އޭނާ ޝާލިޔާމެންގެ ގޯއްޗަށް ވަނުމަށް ލަނބާލާވަގުތާއި، ގޭގެ ދޮރާއި ދިމާއަށް ދާތަނާއި ޓަކިޖަހާތަނާއި މަޑުކޮށްލައިގެން ހުންނަތަނެވެ.
މިބަޔަށް ނަގަންޖެހޭ ޝޮޓް ލިސްޓް ތިރީގައި އެވަނީއެވެ.
(5-1)
ރުޤިއްޔާ ފްރޭމް ތެރެއަށް ވަންނައިރު އޭނާގެފައި ކްލޯސް އަޕް (CU)… އޭނާ ހުއްޓުމާއިއެކު ކެމެރާ މައްޗަށް ޓިލްޓްކޮށް ކްލޯސް އަޕް (CU)ކޮށް ރުޤިއްޔާގެ މޫނު … ރުޤިއްޔާ ބޮލުގެ އިސްތަށިގަނޑު (ބުރުގާ) ރަނގަޅުކޮށް ފަރިވެލަމުން ފްރޭމް ތެރެއިން ނުކުމުގެން ދާ މަންޒަރު.
(5-2)
ރުޤިއްޔާ ފްރޭމް ތެރެއަށް ވަންނަތަނުގެ ލޯންގް ޝޮޓް (LS)… ރުޤިއްޔާ އެ ގޭގެ ދޮރާއި ދިމާއަށް އަނބުރާލައި ހިނގާފަގޮސް ފްރޭމުން ނުކުންނަ މަންޒަރު
(5-3)
ރުޤިއްޔާގެ މީޑިއަމް ޝޮޓް (MS)ހިނގާފައިގޮސް ދޮރުގައި ޓަކިޖަހާތަނާއި މަޑުކޮށްގެން ހުންނަތަން.
________________________________________________________________________

6. ޖެހިގެން ހުންނަ ގޭގެ ބޭރު – ދުވާލު
(6-1)
ޖެހިގެން ހުންނަ ގޭގެ ދޮރުފޮތިގަނޑު ކުޑަކޮށް ކަހާލައިގެން އެގެއިން މީހަކު ބޭރު ބަލަމުންދާތަނުގެ ކްލޯސް އަޕް (CU)
________________________________________________________________________

7. ޖެހިގެން ހުންނަ ގޭގެ ބޭރު – ދުވާލު
(7-1)
ޖެހިގެން ހުންނަ ގޭގެ ދޮރުފޮތިގަނޑު ކުޑަކޮށް ކަހާލައިގެން ބޭރު ބަލަމުންދާނީ އެގޭ ހަލީމާ އެވެ.
ހަލީމާ (އާފުރިލަމުން…)
ބަކުރާ.. އަނެއްކާވެސް އެއްކަލަ ރުޤިއްޔާ …. މަށަށް ހީވަނީ ޓާކީ އާ ހަލީމާއާ ކަންތައްގަނޑެއް ކުރާހެން. … ނޫނީ ވެދާނެ އެގޭ ޖައިލަމް އާ ކަމަށްވެސް.
ބަކުރު އިންނާނީ ލެޕްޓޮޕް ތެރެއަށް ގެއްލިފައެވެ.
ބަކުރު
ޓާކީ އާއެކުގައޭ؟…. އެއީ ބޮޑު ސޭކެއްކަހަލަ މީހެއްނު. ލައްކަވަރެއް ވެފަތާ އެހެންވީމަ ތިޔަ ރުޤިއްޔާއެއް އެހެރީ — ހަހަ
————————————————————————————————————
ހަލީމާ (ހީނލަމުން…)
ޓާކީ ރީތިވެލައިގެން ހުންނައިރު …….. އެއީ ވަރަށް ސްމާޓް މީހެކޭ
————————————————————————————————————
ބަކުރު
އެކަމަކުވެސް އޭނާ ކިހާ ޖޯކް. ހީވަނީ ހަމަ ފައްކާ ސޭކު ބައްތެއްޔެއްހެން. ތިއެއް ނޫނޭ …. ކިހިނެތް ހަލީމާއަށް އެނގެނީ އޭނާ ރީތިވެލައިގެން ހުންނައިރު އޭނާ އެހާ ސްމާޓްކަމެއް…. އޭނަ ފެންނަ ކޮންމެ ވަގުތަކުވެސް ހީވަނީ އެއުޅޭ ޔޫސޭ ސުބަށް ހެދިގެން އުޅޭހެންނު.
————————————————————————————————————
ހަލީމާ (ތުއި ފާޑަކަށް ހީނލަމުން…)
އޭނަ ބޭނުންވެއްޖެއްޔާ އޭނަވެސް ލައްކަ ނަލަވެލައޭ.
————————————————————————————————————
ބަކުރު
ހަލީމާ… މިހާރު ބާޒާރަށް ދާންބުނި ގަޑިވެސް ޖެހި ހިނގައްޖެއެއްނު. ދެންވެސް ހިނގާބަލަ އެއްޗެހި ބަދަލުކޮށްގެން ދާންއުޅެން.
————————————————————————————————————
________________________________________________________________________

8. ޖެހިގެން ހުންނަ ގޭގެ ބޭރު – ދުވާލު
(8-1)
އެންމެ ޒަމާނީ ކާރަކަށް ހަލީމާ އަރައެވެ. އެއީ ބަކުރުގެ ފުރާނަފަދަ އެއްޗެކެވެ. ބަކުރު ހުންނާނީ ޖީބުގަ އޮތް ރުމާ ނަގައިގެން ކާރު ފޮހެލަފޮހެލައެވެ.
————————————————————————————————————
(8-2)
ބިއްލޫރި ކަހާލާފައިވާ ދޮރާއި ދިމާގައި ހަލީމާ އިނދެއެވެ. އޭނާގެ އަތް ބާއްވާލައިގެން އިނީ ދޮރުފަތުގެ ސިލް ގައެވެ. އަނެއްއަތުން ދަތްދޮޅިގައި އަތްވިދެލައިގެންނެވެ. މޫނުމަތިން ފެންނާނީ ފޫހިކަމާއި ކެތްމަދުވެފައިވާކަމެވެ.
————————————————————————————————————
(8-3)
ބަކުރު ކާރަށް އަރައެވެ.
————————————————————————————————————
(8-4)
މަގު ހުރިގޮތަށް ދުއްވާފައިގޮސް ކާރު އޮބާލައެވެ.
________________________________________________________________________

9. ޖައިލަމް އާއި ޝާލިޔާގެ، ގެއަށްވަންނަ ދޮރުމަތި – ދުވާލު
(ހެދުން ބަލަވެފަ)
ޝާލިޔާ ގޭގެ ދޮރު ހުޅުވާލައެވެ. ރުޤިއްޔާ އެތެރެއަށް ވަދެއެވެ. ޝާލިޔާ ދޮރު ލައްޕައެވެ.
ޝާލިޔާ
ހެއްލޯ ރުޤިއްތާ.
ރުޤިއްޔާ
މިއައީ ޝާލިޔާގެ ބައްޕައާ ވާހަކަދައްކާލަން. އަދިވެސް ހަމަ ހުރީ ގޮތްދޫނުކޮށް ރުޅިހަދާފަތަ؟
ޝާލިޔާ
އަނެއްހެން އެހާ ގޯހެއްނޫން. އެކަމަކު ގޮތްދޫނުކޮށް ބޮޑާދައްކަނީހެން ހީވަނީ.
ރުޤިއްޔާ
އެހެންތަ؟
މިހެން ބުނެފައި ރުޤިއްޔާ ހިނގައިގަންނަނީ ޓާކީގެ ކޮޓަރިއާއި ދިމާއަށެވެ. އެވަގުތު ޝާލިޔާ ވާހަކަދައްކައެވެ.
ޝާލިޔާ
ކޮޓަރީގަ މޫނުހަދައިގެން އެބައިން މޭޒުކައިރީގަ.
________________________________________________________________________

10. ޓާކީގެ ކޮޓަރި – ދުވާލު
ނޯޓް: ސީން 10 ގެ ސްކްރިޕްޓްގައި ބޯލްޑް ކޮށްފައިވަނީ ސްކްރީނުން އެކްޓަރު ނުދައްކާ، ހަމަ އެކަނި އޭނާގެ އަޑުއިވޭ ބައެވެ. ނުވަތަ ވޮއިސް އޯވަރ VO އެވެ.
ޓާކީ އިނީ ކޮޓަރީގައި ހުރި މޭޒުކައިރީގައި ހުރި ގޮނޑިއެއްގައެވެ. ރުޤިއްޔާ ޓާކީގެ ފުރަގަހުންގޮސް ކައިރީގައި ހުއްޓެއެވެ. ޓާކީގެ ކޮނޑުގައި އަތްޖައްސާލައެވެ. އެވަގުތު ޓަކީ، ރުޤިއްޔާއަށް ބަލައިލައެވެ. ހަމައެއާއިއެކު ދުރަށް ބަލަންފަށައެވެ. ރުޤިއްޔާގޮސް މޭޒުކައިރީ ހުރި އަނެއް ގޮނޑީގައި އިށީންދެއެވެ.
ރުޤިއްޔާ
ޓާކީ ކިހިނެތްތަ؟ މަދެކެވެސް ރުޅިއައިސްފަތަ އަނެއްކާ ތީނީ.
————————————————————————————————————
ޓާކީ އިރުކޮޅެންވާންދެން ރުޤިއްޔާގެ ވާހަކައަށް ސަމާލުކަމެއް ނުދީ އިނދެއެވެ. އެއަށްފަހު ވާހަކަދައްކަން ފަށައެވެ.
ޓާކީ
ޖައިލަމް އެއުޅެނީ މަ އެކަނި ބަހައްޓާފަ މަގޭ ޝާލިޔާގޮވައިގެން ހަފުތާއަކަށް އިސްދުއަށް ދާންވެގެން….. (ރުޤިއްޔާއަށް ބަލާލަމުން) … ދެން އަހަރެން ކިހިނެތް ހަދާނީ؟ ކިހާ ފޫއްސެއްވާނެ؟ އައިތް (ފާޑަކަށް ލައްވާލާ އަޑެއް)
————————————————————————————————————

ރުޤިއްޔާ
ޓާކީ ތިގޮތަށް ނުވިސްނަބަލަ. ރުޤީ ވެސް މިއުޅެނީ ނުލާހިކު ކައިރީގައެއްނު. އެއްވެސް ކަމަކަށް ބޭނުންވެއްޖެއްޔާ ގުޅާލީމަ މަ އަންނާނަމޭ. …….މިބުނީ ހަމަ އެއްވެސް ކަމަކަށް ބޭނުންވެއްޖެއްޔާއޭ އިނގޭ (ތުއި ވެލަމުން). އެކުދިންވެސް ބޭނުންވާނެއެއްނު އެކަނި މަޖާކޮށްލާނެ ވަގުތު. އެމީހުން ޗުއްޓީ ހަދާލިޔަދީބަލަ ނިކަން.
————————————————————————————————————
ޓާކީ އެއްބަސްވާގޮތެއް ނުވެއެވެ. ދެކޮޅު ހަދާޅުމުގެ ގޮތުން ގޮނޑި ހަލުވާލައެވެ.
ޓާކީ
އެހެނެއްނޫން ވަނީކީ. ޝާލިޔާވެސް އަމިއްލައެދުން ބޮޑީހަމަ. ދެން އެ ޖައިލަމްގެ ޒާތްކޮޅުވެސް އެހާބޮޑު. އެމީހުން ހަމައެކަނި ވިސްނަނީ އެމީހުންނަށް. މަށާމެދު ކުޑަކޮށްވެސް ވިސްނާނުލާ. އެނގެއެއްނު މިހާރުގެ ކުދިންގެ ދުރޫސުލް އަޚްލާޤް ހުންނަގޮތް.
————————————————————————————————————

ރުޤިއްޔާ
ރުޤީ ބުނަންތަ ވާހަކައެއް. ރުޤީ ޓާކީއަށް ގުޅާނަން ދުވާލަކު ދެތިންފަހަރު. ދެމީހުން އެކުގަ ހެނދުނުގެ ސައިބޮއެލާ، ދެން ކޮންމެވެސް ފިލްމެއް ބަލައިލާ ހެދުން ކިހިނެތްވާނެ؟ ދެން ދެމީހުން އެކުގަ ހިނގާލަންވެސް ދެވިދާނެ. ނޫނީ މިތާ ކޮންމެވެސް ދިމާއަކަށް ދަތުރުގޮސް މޫދަށް އެރި މަޖާވެސް ކޮށްލެވިދާނެ. ދެން ކާރެއް ނަގައިގެން ސިންފަނީ ކަހަލަ ތަނަކަށްގޮސް ކޮފީއެއްޖަހާލައި ވަރަށް މަޖާނެގިދާނެ. (ތުއިވެލަމުން، ބުރުގާ ނުވަތަ އިސްތަށިގަނޑު ރީތިކޮށްލަމުން) ރަނގަޅެއް ނޫންތަ މިގޮތް؟
————————————————————————————————————
ޖައިލަމް އާއި ޝާލިޔާތިބެނީ ކޮޓަރީ ދޮރުން ބޭރުގައި ރުޤިއްޔާއާއި ޓާކީގެ ވާހަކަތައް ސިއްރުން އަޑުއަހާށެވެ.


11. އިސްދޫ – ރެސްޓޯރެންޓެއްގެ ޓެރަސް – ދުވާލު
ނޯޓް: މިބައި ނެގުމަށް ޓެރަސްއެއް ނުވަތަ ބެލްކަންޏެއް ހުންނަ ގެއެއްގައި ނެގިދާނެއެވެ. ރެސްޓޯރެންޓްގައި ހުންނަ ވައްތަރުގެ މޭޒެއް ހޯދައިގެން އެމޭޒު ޑެކަރޭތްކޮށްލައި ބޭނުންކޮށް ދެއްކިދާނެއެވެ.
(ހެދުން ބަދަލުވެފަ)
އެޑިޓް ކުރާއިރު ފޭޑް އިން —- މިބައި އެޑިޓްކުރާނީ ސީން 12 އަސި 13 ގެ އެކްޓިންގ އާއި ޕެރެލަލް ވާގޮތަށް
————————————————————————————————————
ޖައިލަމް އާއި ޝާލިޔާ ތިބެނީ ރެސްޓޯރެންޓެއްގައި ކާށެވެ.
————————————————————————————————————

ޝާލިޔާ
ބައްޕަ އަނެއްކާ ކިހިނެތް އުޅޭނެބާ؟ ރުޤިއްތަ ބުނި ކޮންމެ ދުވަހަކުވެސް ވާނުވާ ބަލާނަމޭ. ފަހަރުގަ ހެއްވާ ކަމަކަށްވެސްވެދާނެ، އެކަމަކު ބައްޕަ އެގޮތަށް އެކަނި ދޫކޮށްލާފަ އަންނަން އަސްލު ވަރަށް ޖެހިލުންވެސްވޭ.
————————————————————————————————————

ޖައިލަމް
ޝާލީ، އޭނާ އަށް ކަމެއް ނުވާނޭ. ރުޤިއްތަ ނުލާހިކު މޮޅެއްނު އޭނާ ހައްލުވާލަން. އަހަރުމެން އެކަމާ ނުވިސްނާ މި ޗުއްޓީ މަޖާކޮށްލެވޭތޯއޭ ބަލަންވީ. ވެހޭއިރުއެއްނު ފެންނެގޭނީ. މިފަހަރު ވާނެ މަޖާކޮށްލަން.
————————————————————————————————————
ޝާލިޔާ ފްރެޝް އޮރެންޖްތަށި ނަގައިގެން އެތިފޮދެއް ބޯލައެވެ.
————————————————————————————————————
________________________________________________________________________

12. މޫދަށް އެރޭ ބީޗް ސަރަހައްދެއް – ދުވާލު
(ހެދުން ބަދަލުވެފަ)
ރުޤިއްޔާ އާއި ޓާކީ ބީޗްގައި އަތުހިފާލައިގެން ހިނގަމުންދެއެވެ.
————————————————————————————————————

ރުޤިއްޔާ އާއި ޓާކީ ތިބީ ރުއްގަނޑުތެރޭގައި ކުނަލެއް ފަތުރައިގެން ކޮންމްވެސް އެއްޗެއް ކާށެވެ.
————————————————————————————————————
ރުޤިއްޔާ އާއި ޓާކީ މޫދަށް އެރި މަޖާ ކުރަމުންދެއެވެ.
————————————————————————————————————
ރުޤިއްޔާ އާއި ޓާކީ ކުނާމަތީ އޮށޯވެގެން ސަމާސާކުރަމުންދެއެވެ.
————————————————————————————————————
________________________________________________________________________

13. ޓާކީގެ ގޭގެ ތެރެ – ސޯފާ – ދުވާލު
(ހެދުން ބަދަލުވެފަ)
ރުޤިއްޔާ އާއި ޓާކީ ތިބީ ޖެހިފިތިގެން ސޯފާގައި ޓީވީ ބަލާށެވެ.
————————————————————————————————————
ރުޤިއްޔާ އާއި ޓާކީ ތިބީ އެނދުގައި ނިދާފައެވެ.
————————————————————————————————————

14. ސީން 14 އަދި 15 ކެންސަލް ކޮށްފަ
________________________________________________________________________

15. ޓާކީގެ ގޭގެ ތެރެ – ދުވާލު
(ހެދުން ބަދަލުވެފަ)
އެޑިޓް ކުރާއިރު ފޭޑް އިން
ޓާކީ ހުންނަނީ ވަރަށް ރީއްޗަށް ނަލަހެދިލައިގެންނެވެ. އޭނާގެ ބޮލުގައި ތޮތްޕެއްވެސް އަޅާލާފައި ހުރެއެވެ. އަތުގައި ބޮޑު ސޫޓްކޭހެއް (ނުވަތަ ދަބަހެއް) އޮވެއެވެ. އޭނާ ގެއިން ނުކުންނަން ހިނގައިގަތްވަގުތު:
ފޯނު ރިންގުވާން ފަށައެވެ.
އޭނާ ސޫޓްކޭސް ތަޅުންމަތީގައި ބަހައްޓަމުން ފޯނު ނަގައެވެ.
————————————————————————————————————
ޓާކީ
ޓާކީ ވާހަކަ ދައްކަނީ.
އޭނާ ފޯނުނަގައި ކަންފަތުގައި ޖަހައެވެ. ފްރޭމް ތެރެއަށް މޫނު އަންނާނެއެވެ.
————————————————————————————————————
ރުޤިއްޔާ
ހެލޯ ލޯބީ. އެބައޮތޭ ސަޕްރައިޒް އެއް. އަހަރެން އެބަދަން ތިގެއަށް. މިގަޑީގަ ބޭރަށް ދެވޭނެތަ؟
————————————————————————————————————
ޓާކީ (ޝޮކެއްގަ ހުރެ)
ނޫން…. ނޫން…. މިބުނީ.. އެ މަ.. މަ މިއުޅެނީ ފެންވަރަން ވަންނަން. … ބޭރަށް ދަންޏާ ތުނބުޅިވެސް ބާލަންޖެހޭ… މިހާރު މިހުރީ ވަރަށް ހަޑިކޮށް. އެހާ އަވަހަށް ނާންނާތި. ގަޑިއެއްހާއިރު ކުރިން ނާންނާތި.


16. ޝާލިޔާއާއި ޖައިލަމްގެ ގޭގެ ދޮރުމަތި – ދުވާލު
(ހެދުން ބަދަލުވެފަ)
ޓާކީ ސޫޓްކޭސް ހިފައިގެން ގެއިން މަގުމައްޗަށް ނުކުންނައިރު، ކާރެއް އައިސް އެގޭ ދޮރުމަތީގައި މަޑުކޮށްލަނީއެވެ. އެއީ ޖައިލަމްގެ ރައްޓެއްސެއްގެ ކާރެކެވެ.
————————————————————————————————————

ޓާކީ ހުންނަނީ ގޮތް ހުސްވެ ހާއްވެފައެވެ. މިއީ ވަރަށް ދިގުކޮށް ނަގާ ޝޮޓެކެވެ. މި ޝޮޓްގެ އެކިއެކި ބައިތައް އެޑިޓްކުރާއިރު އެކި ހިސާބުތަކަށް ލާނީއެވެ.
————————————————————————————————————
ޖައިލަމް އާއި ޝާލިޔާ އަދި ކާރު ދުއްވަން އިން އެމީހުންގެ ރައްޓެހި މީހާ (ނުވަތަ ޓެކްސީއެއް ނަމަ ޑްރައިވަރު) ކާރުން ފައިބައެވެ.
————————————————————————————————————
ޓާކީ އެހެން މީހުންނަށް ނޭގޭ ގޮތަށް ކޮންމެވެސް މީހަކަށް އަތުން އިޝާރާތްކުރަމުންދެއެވެ. އޭރު ޑްރައިވަރު، ކާރުން އެއްޗެހި ބާލަމުންދާނެއެވެ.
————————————————————————————————————

ޖައިލަމް އާއި ޝާލިޔާ ތިބެނީ ބަދަލުވެފައިވާ ޓާކީ ފެނި އަނގައިން ކުޅުހިކޭހާ ހައިރާން ވެފައެވެ.
————————————————————————————————————
ޓާކީ
ބަލަ ކަލޭމެން ހާދަ އަވަހަކަށް ތި އައީ. ގައިމު ތީ ހަފުތާއަކަށް ދިޔަ ބައެއްނު…. މަށަކަށް ނެތް މިހާރު މަޑުކުރެވޭކަށް
————————————————————————————————————

ނުނިމޭ

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.