ހިންދީ ފިލްމު އިންޑަސްޓްރީގެ ފިލްމުތަކުން އެއްމެ ފާހަގަ ކޮށްލެވޭ އެއްކަމަކީ ފިލްމުތަކުގައި އެކުލެވޭ އަދާޔާޚިލާފް ރީތި ލަވަތަކެވެ. ރީތި މިއުޒިކަށް ހަދާފައިވާ ފުރިހަމަ ޅެންވެރިކަމެއް ހިމެނޭ ހިތްގައިމު ލަވަތަކެވެ. އެ ލަވަތަކުގެ ރާގުތައް ދުނިޔޭގެ އެތައް ޤައުމަކުން ނަކަލުކުރަމުން އަންނަނީ މި ސަބަބާއި ހުރެއެވެ.
ހިންދީ ފިލްމު އިންޑަސްޓްރީގައި ފާހަގަ ކޮށްލެވޭ މިއުޒިކް ކޮމްޕޯސަރުންގެ ތެރޭގައި ހިމެނޭ އެއް ފަންނާނަކީ އެއްމެން ދަންނަ އާރް.ޑީ ބަރުމަން އެވެ. އާރް.ޑީ ބަރުމަންވަނީ 1960 ގެ އަހަރުތަކުން ފެށިގެން 1990 ގެ އަހަރުތަކާއި ހަމައަށް މިއުޒިކް އުފެއްދުމުގައި ހަރަކާތްތެރިވެ ގިނަގުނަ ކާމިޔާބީ ތަކެއް ހޯދާފަ އެވެ.
މަޝްހޫރު ލަވަކިޔުންތެރިޔާ އާޝާ ބޯސްލޭގެ ފިރިމީހާ ރާހުލް ދޭވް ބަރުމަން އަކީ ހިންދީ މިއުޒިކް އުފެއްދުމަށް ކިތައްމެ ފުންނާބު އުސް ކޮމްޕޯސަރެއް ނަމަވެސް، ބަރުމަން އުފައްދާފައިވާ މަޝްހޫރު 47 ލަވައިގެ މިއުޒިކަކީ ދުނިޔޭގެ އެކިކަންކޮޅުތަކުން ކޮޕީކޮށްފައިވާ ލަވަތަކެކެވެ.
ތިރީގައި މި ހިމަނާލަނީ ރާހުލް ދޭވް ބަރުމަން، ހުޅަނގުން ކޮޕީކޮށް ހަދާފައިވާ ލަވަތަކުގެ މަޢުލޫމާތެވެ.
ފިލްމު: ޔާދޯންކި ބާރާތު
ލަވަ: ޗުރާ ލިޔާ ހޭ
އޮރިޖިނަލް ލަވަ: އިފް އިޓްސް ޓިއުސްޑޭ (އިފް އިޓްސް ޓިއުސްޑޭ ފިލްމުގެ ތީމް ލަވަ)
ފިލްމު: ޗޫޓާ ކަހީނކާ
ލަވަ: ޖީވަން ކެ ހަރް މޯޅް ޕެ
އޮރިޖިނަލް ލަވަ: އާޒަރްބައިޖާންގެ ލަވައެއް ކަމަށްވާ ‘ގުލްސެނިމް’
ފިލްމު: ސައްތޭ ޕެ ސައްތާ
ލަވަ: ޒިންދަގީ މިލްކޭ ބިތާޔެންގީ
އޮރިޖިނަލް ލަވަ: ‘ދަ ލޯންގެސްޓް ޑޭ’ ފިލްމު ދަ ލޯންގެސްޑް ޑޭ އިން
ފިލްމު: ސަނަމް ތެރީ ގަސަމް
ލަވަ: ދޭކްތާ ހޫނ ކޮއީ ލަޅްކީ ހަސީން
އޮރިޖިނަލް ލަވަ: މިސްރުގެ މިއުޒިކް ޓެރްކް އެއް ކަމަށްވާ ‘މުސްތަފާ މުސްތަފާ’
ފިލްމު: ސީތާ އޮރް ގީތާ
ލަވަ: ކޮއީ ލަޅްކާ ކޮއީ ލަޅްކީ
އޮރިޖިނަލް ލަވަ: ‘ޑިޑް ޔޫ އެވަރ’ (1970) ލީ ހެޒްލްވުޑް އަދި ނެންސީ ސިނަޓްރާގެ
ފިލްމު: ހަމް ކިސީސޭ ކަމް ނެހީނ
ލަވަ: މިލްގަޔާ ހަމް ކޯ ސާތީ
އޮރިޖިނަލް ލަވަ: އައްބާ ގެ މާމާ މިއާ
ފިލްމު: ލަވް ސްޓޯރީ
ލަވަ: ކޭސާ ތެރާ ޕިޔާރް
އޮރިޖިނަލް ލަވަ: އައްބާގެ ‘އައި ހޭވް އަ ޑްރީމް’
ފިލްމު: ބަޅޭ ދިލްވާލާ
ލަވަ: ޖީވަން ކެ ދިން ޗޯޓޭ ސަހީ
އޮރިޖިނަލް ލަވަ: ފްރާންސިސް ލައިސް ގެ ލަވް ސްޓޯރީގެ ތީމް މިއުޒިކް
ފިލްމު: ބޮމްބޭ ޓު ގޯއާ
ލަވަ: އޯ މެހްކީ މެހްކީ ތަންޑީ ހަވާ
އޮރިޖިނަލް ލަވަ: ބީޗް ބޯއީސްގެ ލަވައެއްކަމަށްވާ ‘ހެމްޕް މީ ރޮންޑާ’
ފިލްމު: ބޮމްބޭ ޓު ގޯއާ
ލަވަ: ތުމް މެރީ ޒިންދަގީ މޭނ
އޮރިޖިނަލް ލަވަ: ޗާލީ ޗޮޕްލިން ކޮމްޕޯސް ކޮށްފައިވާ ‘ލައިމްލައިޓް’ ގެ ތީމްއެއް
ފިލްމު: ބޫތު ބަންގްލާ
ލަވަ: އާއޯ ޓްވިސްޓް ކަރޭނ
އޮރިޖިނަލް ލަވަ: ޗަބީ ޗެކަރ ގެ ‘ކަމް ލެޓްސް ޓްވިސްޓް އަގެއިން’
ފިލްމު: އާ ގަލޭ ލަގްޖާ
ލަވަ: ތެރެ މުޖްސޭ ހެ ޕެހެލޭ ކަ ނާތާ ކޮއީ
އޮރިޖިނަލް ލަވަ: އެލްވިސް ޕްރިސްލީގެ ‘ދަ ޔެލޯ ރޯސް އޮފް ޓެކްސަސް’
ފިލްމު: ގަރް
ލަވަ: ފިރް ވޮހީ ރާތް ހޭނ
އޮރިޖިނަލް ލަވަ: ކާރޕެންޓާސް ސޯންގް ‘ސިންގް އަ ސޯންގް’
ފިލްމު: ފިރް ކަބް މިލޯގީ
ލަވަ: ކަހީނ ކަރްތީ ހޯގީ
އޮރިޖިނަލް ލަވަ: އަލްބަރޓް އަދި ތިޖުއާނާ ބްރާސް ގެ ‘ދަ ލޯންލީ ބުލް’
ފިލްމު: ޕަރިންދާ
ލަވަ: ތުމްސެ މިލްކޭ
އޮރިޖިނަލް ލަވަ: ލިޔޯ ސޭޔަރ ގެ ‘ވެން އައި ނީޑް ޔޫ’
ފިލްމު: މަންޒިލް
ލަވަ: ތުމް ހޯ މެރީ ދިލް ކީ ދަޅްކާ
އޮރިޖިނަލް ލަވަ: ޕްރޮކޮލް ހެރަމް ގެ ‘ އަ ވައިޓަރ ޝޭޑް އެޮފް ޕޭލް’
ފިލްމު: ކޭލް ކޭލް މެއިނ
ލަވަ: ސަޕްނާ މެރާ ޓޫޓް ގަޔާ
އޮރިޖިނަލް ލަވަ: ހުޅަނގުގެ ކްލެސިކް ވާހަކައެއް ކަމަށްވާ ‘ދަ ގުޑް، ދަ ބޭޑް އެންޑް ދި އަގްލީ’
ފިލްމު: ކޭލް ކޭލް މެއިނ
ލަވަ: އޭކް މެއިނ އޯރް އޭކް ތޫ
އޮރިޖިނަލް ލަވަ: ނާރސަރީ ލަވައެއް ކަމަށްވާ ‘އިފް ޔޫ އާ ހެޕީ’
ފިލްމު: ދޯ ޗޯރް
ލަވަ: މެރީ ޖާން
އޮރިޖިނަލް ލަވަ: ކްލިފް ރިޗާޑް ގެ “ފޯލް އިން ލަވް’
ފިލްމު: ރާޖާ ރާނީ
ލަވަ: ޖަބް އަނދޭރާ ހޯތާ ހޭ
އޮރިޖިނަލް ލަވަ: ފިފްތު ޑައިމެންޝަން ގެ ‘ދި އޭޖް އޮފް އެކްއޭރިއަސް’
ފިލްމު: ގުރޫދޭވް
ލަވަ: މޭރާ ކަހާ މާނޯގޭ
އޮރިޖިނަލް ލަވަ: ގްލޯރިއާ އެސްޓަފަން އަދި މަޔާމީ ސައުންޑް މެޝިންގެ ‘އޯޔެ މި ކަންޓޯ’
ފިލްމު: އަލަގް އަލަގް
ލަވަ: ކަބީ ބޭކަސީ ނޭ
އޮރިޖިނަލް ލަވަ: ޕާކިސްތާނުގެ ފިލްމެއް ކަމަށްވާ މެހެރްބާނީގެ ލަވަ ‘ ކަބީ ޚުވާއިޝޯން ނޭ’ އިން
ފިލްމު: އަޕްނާ ދޭޝް
ލަވަ: އާޖާ އޯ މެރެ ރާޖާ
އޮރިޖިނަލް ލަވަ: ޖަޕާނުގެ ލަވަކިޔުންތެރިޔާ އަޔޫމީ އިޝީދާގެ ލަވަ ‘ބްލޫ ލައިޓް ޔޮކޮހާމާ’
ފިލްމު: އާޒާދް
ލަވަ: ރާޖޫ ޗަލް ރާޖޫ
އޮރިޖިނަލް ލަވަ: އެރްވިން ޑްރޭކް ކޮމްޕޯސް ކޮށްފައިވާ ‘އިޓް ވޯޒް އަ ވެރީ ގުޑް ޔަރ’
ފިލްމު: ޑަބަލް ކްރޮސް
ލަވަ: މެއިނ ޖޮންކާ މަސްތު ހަވާ ކާ
އޮރިޖިނަލް ލަވަ: ފްރޭންކް ސިނަޓްރާ ގެ’ވަޓް ނައު މައި ލަވް’
ފިލްމު: ޑަބަލް ކްރޮސް
ލަވަ: މެއިނޭ ތުމްކޯ ޗާހާ ޕެހެލީ ބާރް
އޮރިޖިނަލް ލަވަ: ޖޯސް ފެލިސިއާނޯގެ ‘ލިސެން ޓު ދަ ފޯލިންގ ރެއިން’
ފިލްމު: ޒަމީން އާސްމާން
ލަވަ: މެއިނޭ ދިލް ދިޔާ
އޮރިޖިނަލް ލަވަ: ވެންޖެލިސް ގެ ‘ޕަލްސްޓަރ’
ފިލްމު: އިމާން
ލަވަ: ތުމްނޭ ޔޭ ޓީކް ސޯޗާ ހޭ
އޮރިޖިނަލް ލަވަ: ބީޓްލްގެ ލަވައެއްކަމަށްވާ ‘ނޯވެއިން ވުޑް’
ފިލްމު: ސާގަރް
ލަވަ: އޮ މާރިއާ
އޮރިޖިނަލް ލަވަ: ޕޯލް މެކާޓްނޭ ގެ ‘މަމޫނިއާ’
ފިލްމު: ސިޓަމްގަރް
ލަވަ: މޯސަމް ޕިޔާރް ކާ
އޮރިޖިނަލް ލަވަ: ކިރިސްމަސް ކެރޯލް ‘ދަ ފަސްޓް ނޯލް’
ފިލްމު: ރޮކީ
ލަވަ: އާ ދޭކޭ ޒަރާ
އޮރިޖިނަލް ލަވަ: ޖެފް ވޭން ގެ ‘އީވް އޮފް ދަ ވޯރ’
ފިލްމު: ރާމްޕޫރް ކާ ލަކްޝްމަން
ލަވަ: ކާހޭ އަޕްނޯން ކޯ
އޮރިޖިނަލް ލަވަ: (އޯޕަސް ނަންބަރ 60) – ސާޖޭ ޕްރޮކޮފީވް ގެ ސިންފަނިކް ސޫޓް
ފިލްމު: ދަ ބަރނިންގް ޓްރެއިން
ލަވަ: ތެރީ ހޭ ޒަމީން
އޮރިޖިނަލް ލަވަ: ކިރިސްމަސް ކެރޯލް ‘ދަ ފަސްޓް ނޯއީ’
ފިލްމު: ބަޅޭ ދިލްވާލާ
ލަވަ: ކަހީން ނަ ޖާ
އޮރިޖިނަލް ލަވަ: ފަރަންސޭސި ލަވަކިޔުންތެރިޔާ އެޑިތު ޕިއަފް ގެ ލަވަ ‘ ލަ ވީ އެން ރޯ’
ފިލްމު: ޝޯލޭ
ލަވަ: އޯ ޖަބް ތަކް ހެ ޖާން
އޮރިޖިނަލް ލަވަ: އިރާނުގެ ލަވަކިޔުންތެރިޔާ ގޫގޫޝް ގެ ‘ޖޯމާހް’
ފިލްމު: އޫންޗޭ ލޯގް
ލަވަ: އާޖް ތޫ ޣައިރް ސަހީ
އޮރިޖިނަލް ލަވަ: ޕާކިސްތާނު ފިލްމު ‘ދެހްލީޒް’ އަށް މެހްދީ ޙަސަން ކިޔާފައިވާ ލަވަ ‘ އާޖް ތޫ ޣައިރް ސަހީ’
ފިލްމު: ޝަންދީ ސޯނާ
ލަވަ: އާޕް ސާ ކޮއީ ހަސީން
އޮރިޖިނަލް ލަވަ: އިރާނުގެ ލަވަކިޔުންތެރިޔާ ގޫގޫޝް ގެ ޣަރީބާ އަޝޭނާ’
ފިލްމު: ބަނވަރު
ލަވަ: ކަރޯ ބާތޭން
އޮރިޖިނަލް ލަވަ: ޑޮވަންސް ގެ ޓްރެކް ‘ޖެނިފަރ ޖުނިޕަރ’
ފިލްމު: އިޖާޒަތު
ލަވަ: ކަތުރާ ކަތުރާ
އޮރިޖިނަލް ލަވަ: 1978 ގައި ނުކުތް އިނގިރޭސި މިއުޒިކަލް ‘ވޯރ އޮފް ދަ ވޯރލްޑްސް’ އަށް ޖެފް ވޭން ކިޔާފައިވާ ‘ހޯސެލް ކޮމަން އެންޑް ދަ ހީޓް ރޭ’
ފިލްމު: އެހްސާން
ލަވަ: އާޖާ ތުޖޭ ޕިޔާރް
އޮރިޖިނަލް ލަވަ: ސޮނީ ރޯލިންސް ގެ ‘ސެއިންޓް ތޯމަސް’
ފިލްމު: މުކްތީ
ލަވަ: ދިލް ސާޖަން ޖަލްތާ ހޭ
އޮރިޖިނަލް ލަވަ: އެސް.އޭ ގެ ސްޓޭޖް މިއުޒިކަލް ‘އިޕީ ޓޮމްބީ’ ގެ ލަވަ ‘ކޯބޯޝާ’
ފިލްމު: މަނޮރަންޖަން
ލަވަ: އާޔާ ހޫނ މެއިނ ތުޖްކޯ ލޭ ޖާއޫންގާ
އޮރިޖިނަލް ލަވަ: ސާޖިއޯ މެންޑޭޒް ގެ ‘އާފްޓަރ ސަންރައިޒް’
ފިލްމު: ކާލިއާ
ލަވަ: ޖަހަނ ތެރީ ޔޭ ނަޒަރް ހޭ
އޮރިޖިނަލް ލަވަ: ޕާސިއާގެ ޕޮޕް ލަވަކިޔުންތެރިޔާ ޒިއާ އަތާބީ ގެ ‘ހެލެނާ މާލީ’
ފިލްމު: ކަސުމޭ ވާދޭ
ލަވަ: ކަލް ކިޔާ ހޯގާ
އޮރިޖިނަލް ލަވަ: އެފްރިކް ސިމޯން ގެ ‘ހާފާނަމާ’
ފިލްމު: ކަސުމޭ ވާދޭ
ލަވަ: ކަސުމޭ ވާދޭ ނިބާޔެންގޭ ހަމް
އޮރިޖިނަލް ލަވަ: އިޕްޓީ ޓޮމްބީ ގެ ‘ސޭސީޔާ ހަމްބާ’
ފިލްމު: ޝޯލޭ
ލަވަ: މެހެބޫބާ މެހެބޫބާ
އޮރިޖިނަލް ލަވަ: ޑެމީ ރޮއްސޯ ގެ ‘ސޭ ޔޫ ލަވް މީ’
ފިލްމު: ސައްތޭ ޕެ ސައްތާ
ލަވަ: ދިލްބަރް މެރޭ
އޮރިޖިނަލް ލަވަ: ޖަރުމަން ލަވައެއް ކަމަށްވާ ޑޯރީސް ނެފެދޯވް ގެ ‘ޝިފޯނާޔުންގާ’
ލިޔުންތެރިޔާގެ ފުރަމަލަ
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 20 ޑިސެމްބަރ 2024ޚަބަރު“ސޮރީ” ގެ މަންޒަރެއް!
- 18 ޑިސެމްބަރ 2024ޚަބަރުއައިފިލްމްސް އިން ލޯބިން ބުނެލަނީ ” ލޯބިން…؟ ” ކަމަށް!
- 18 ޑިސެމްބަރ 2024ޚަބަރުއައްޒަ ބަލިވެއިންކަމަށް ބުނެ ނަހޫއަށް “ސޮރީ” ބުނެފި
- 18 ޑިސެމްބަރ 2024ޚަބަރު“ސޮރީ” ފަށައިފި – ޑައިރެކްޓްކުރަނީ ނަހޫ އަދި ރަވީ!