ކޮވިޑް-19 ޖެހިގެން ރާއްޖެއިން ފުރަތަމަ ނިޔާވި އާމިނަތު އާދަމް ހޮސްޕިޓަލަށް ގެންދިޔަ އިރުވެސް ނިޔާވެފައިވާކަމަށް ހެލްތު މިނިސްޓަރ ވިދާޅުވެއްޖެއެވެ.

ކޮވިޑް-19 އަށް ފައްސިވެގެން ފަރުވާދެމުން ދަނިކޮށް ނިޔާވެފައި ވަނީ އުމުރުން 83 އަހަރުގެ މީހެއްކަމަށާއި ނިޔާވި މީހާއަކީ ކޮވިޑާ ގުޅިގެން ކަރަންޓީނުކޮށްފައިވާ ގެއެއްގައި އުޅުނު މީހެއް ކަމަށް އެނގިފައިވެއެވެ.

ރާއްޖެއިން މިބައްޔަށް ޕޮޒިޓިވްވި މީހުންގެ ޢަދަދު މި ވަގުތާހަމައަށް 280 އަށް ވަނީ އަރާފައެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އާމިނަތު ސަޒްރާ
މުނިއަވަސްގެ ޑެޕިއުޓީ އެޑިޓަރ ސަޒްރާ އަކީ ކުރިން ރާއްޖެ ޓީވީގައި މަސައްކަތްކޮށްފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. މުނިފޫހިފިލުމުގެ ދާއިރާގެ އިތުރުން އިޖުތިމާޢީ ދާއިރާގައިވެސް ސަޒްރާ ޚާއްޞައެވެ.