އެއީ މި ހިނގާ ނޮވެމްބަރު މަހުގެ 5 ވަނަ ދުވަހެވެ. އިންޑިޔާ ކެރެލާ ސްޓޭޓް ސަރުކާރުގެ ވަޒީފާއެއްގައި އުޅޭ ވިދްޔާ އެމް.އާރް، ޓްރިވެންޑްރަމް ގެ ސެންޓްރަލް ރެއިލްވޭ ސްޓޭޝަނަށް ދިޔައީ ރައްޓެއްސެއްގެ އިންތިޒާރުގައި މަޑުކޮށްލުމަށެވެ. އެހެން ހުއްޓާ އެ ހިސާބުން ވިދްޔާ ގެ ލޮލުގައި އަޅައިގަތީ މުސްކުޅި އަންހެނެކެވެ. ދާވެ ތަތްތެޅިފައިވާ ހެދުމެއް ލައިގެން، ބާޒާރު ކޮތަޅު ތަކެއް ހިފައިގެން އުޅުނު އަންހެނެކެވެ. އެ އަންހެން މީހާ އުޅޭ ނޫޅޭގޮތް ވިދްޔާ ބަލަން ފެށިއެވެ. ފަސްފަހަތުން ބިސްމަޅި ދުއްވި އެވެ. އިރުކޮޅެއް ފަހުން ފެނުނީ އެ ސަރަހައްދުގައި ހުރި ބައެއް މޭވާ ގަސްތަކުން މޭވާ ބިނދެގެން ކާން ފެއްޓި ތަނެވެ.
“ދައްތަ ބަނޑުހަައިވެގެންތަ ތިއުޅެނީ؟” ވިދްޔާ އެ އަންހެން މީހާ ކައިރިއަށް ޖެހިލަމުން އަހާލި އެވެ.
“ނޫން.” މުޑުދާރުކޮށް ހުރި މުސްކުޅި ދައިތަގެ ފަރާތުން ޖަވާބު ލިބުނެވެ.
އިޖްތިމާޢީ ވިއުގަައިގެ ބާރުވެރިކަމާއިއެކު ވިދްޔާ ބޭޭނުންވި ކަންތަައް ހާސިލްވާކަށް މާކަގިނަ ވަގުތެއް ނުނެގި އެވެ. ނޭޭނގިހުރި މަޢުލޫމާތުތައް ތިލަވަމުންގޮސް ކުރިން އެ އަންހެންމީހާ ކިޔަވައިދިން ބައެއް ދަރިވަރުންނަށް އެމީހުންގެ ‘މެތުސް މިސް’ ނުވަތަ ‘ވަލްސާ ޓީޗަރ’ ފާާހަގަކުރެވިއްޖެ އެވެ. އެހެންކަމުން އެ ދަރިވަރުންވެސް އެމީހުންގެ ޓީޗަރަށް އެހީވުމަށް އަތުކުރި އޮޅައިލި އެވެ.
މުދައްރިސަށް އެހީވުމަަށް ދަރިވަރުން ހުށައެޅިނަމަވެސް، އެކުދިންނާާއި އެކު ދިއުމަށް ވަލްސާ ދެކޮޅު ހެދި އެވެ. އޭނާ ތަނަކަށް ދަންޏާ ދާނީ އޭނާގެ ދަރިފުޅާއި ފިރިމިހާ އާއި އެކުގައި ކަމަށް ތަކުރާރުކޮށް ބުނަން ފެށިއެވެ. އޭރު އެ ދަރިވަރުން ވަނީ އެކަން ފުލުހުންނަށްވެސް އަންގާފައެވެ. ފުލުހުންނަށް ހުށައެޅުނު މައްސަލައިގައިވާގޮތުން އެއީ އާއިލާ އިން އިހުމާލުވެ މަގުމަތިކޮށްލާފައިވާ އަންހެނެކެވެ. ފުލުހުންގެ މަސައްކަތުން ވަލްސާ ގެ ދައްތަ އެއް ހޯދި އެވެ. އަދި މިހާރު ފުލުހުން މަސައްކަތް ކުރަމުން ގެންދަނީ ވަލްސާ ގެ ފިރިމީހާ އާއި ފިރިހެން ދަރިފުޅު ހޯދުމަށެވެ.
ފޭސްބްކް ގައި ވިދްޔާ ޖެހި ޕޯސްޓް، ވަލްސާ އާއި އެކުގައި ‘މައްލަޕުއްރަމް ގެ އިސްލާހިއްޔާ ޕަބްލިކް ސްކޫލް ވަޒީފާގައި އުޅުނު ބައެއް މީހުންގެ ލޮލުގައި އަޅަައިގަންނާކަށް މާާކަ ގިނަ ވަގުތެއް ނުނެގިއެވެ. މިހާރު އެމްއެސްޕީ ހަޔަރ ސެކަންޑަރީ ސްކޫލްގެ މުދައްރިސްކަން ކުރަމުން އަންްނަ މައިމޫނާ އޭނާ އާއި ރައްޓެހި މުދައްރިސެއް ކަމަށްވާ ނީނާ ސަބަރިޝް ކައިރީގައި އެދުނީ ފޭސްބްކް ގައިވާާ ޕޯސްޓް ބަލައިލުމަށެވެ. އެމީހުންނަށް ހީވި ހީވުން ޔަގީންކަމަށް ބަދަލުވީ އެ ޕޯސްޓަށް ރަނގަޅަށް ބަލައިލުމުންނެވެ. “މިއީ ވަލްސާ ޓީޗަރެއްނު. އިސްލާހިއްޔާ ސްކޫލްގަ އަހަރުމެންނާ އެކުގަ އުޅުނު. ކުދިންނޭ، މި ފޮޓޯގަ އެހެރީ ތިކުންގެ ޓީޗަރު.”
“އަހަންނަށްވެސް ބައެއް ފަހަރަށް ‘އައްމާ’ އާއި ދިމާވެފަ ހުރީ. އޭރު ފެންނާނެ ރެއިލްވޭ ސްޓޭޝަން ސަރަހައްދުން. ދެން މިހެން އުޅެނިކޮށް ފޭސްބްކް ތެރެއިން ފޮޓޯ ފެންނަންފެށީ. އަނެއްކާ ވަޓްސްއެޕް ގަވެސް ވަރަށް ބޮޑަށް ދައުރުވަމުން ދިޔަ.” ދިވްޔާ އަށް ވަލްސާ އާއި ދިމާވިގޮތް ކިޔައިދެމުން ބުންޏެވެ.
ވަލްސާ ގެ ސިކުނޑީގެ އެއްވެސް މައްސަލައެއް ހުންނަކަން ފާހަގަ ކުރެވޭތޯ ނޫސްވެރިއެއް ސުވާލުކުރުމުން މިވަގުތު ވަލްސާ ބަހައްޓާފައިވާ މުސްކުޅިން ބަލަހައްޓާ މަރުކަޒުގެ ސަބް ކަލެކްޓަރ ބުނީ އޭނާއަކީ ނަފުސު ވަރަށް ވަރުގަދަ އަންހެެނެއް ކަމަށެވެ. ނަމަވެސް މިއަދު އޭނާާއަށް އަޅައިލާާނެ ފަރާތަކަށް އިންތިހާއަށް ބޭނުންވެފައި ވާކަން ފާހަގަ ކުރިއެވެ. “އޭނާ އަހަރެން ކައިރީގައި މަލަޔާޅަމް ބަހުން ބުނި ‘އެއްނަމް ކޫއްޓް އުންޑަކުމަޅޯ އިއްޅެ؟’ (އަހަންނަށް ކޮންމެ ދުވަހަކުވެސް ކަލޭގެ އަޅައިލުން ލިބޭނެތަ؟) މިހެން.”
ވަލްސާ ގެ ދަރިވަރުން އެމީހުންގެ މުދައްރިސް ދެކެ ވާ ލޯތްބާއި ކުރާ އިހްތިރާމަކީ ސެލިއުޓްކުރާ ފަދަ ނަމޫނާ އެކެވެ. ނަމަވެސް އެ މުސްކުޅި އަންހެންމީހާ އެކަނިވެރިކޮށް ބިކަކޮށްލާފައި އެވަނީ ޚުދު އެ އަންހެންމީހާ ގެ ފިރިމީހާ އާއި ފިރިހެން ދަރިފުޅުކަމަށް ވުމަކީ ހިތްކުދިކުދި ވާ ވަރުގެ ކަމެކެވެ. ވަލްސާ ބުނާގޮތުން އޭނާގެ ފިރިހެން ދަރިފުޅު މިހާރުވެސް ތްރިވުނަންތަޕޫރަމްގެ ޕެއްޓާ ސަރަހައްދުގައި ދިރިއުޅެމުން އެބަގެންދެއެވެ.
ގިނަބަޔަކު ދަންނަ ފަދަ ގަދަރުވެރި ވަޒީފާއެއްގައި އުޅެފަައިވާ ވަލްސާ މަގުމަތީގައި ބިކަވެ، ސަލާން ޖަަހަން އުޅެން ޖެހުމުން އޭނާ ގެ ހިތަށް ކިހާ އަސަރެއް ކުރާނެ ހެއްޔެވެ؟ މިއީ އިންޑިޔާ ގެ ޓްރިވެންޑްރަމް ގައި ހިނގާފައިވާ ހަޤީޤީ ޙާދިސާއެކެވެ. މިފަދަ ހާދިސާތައް ރާއްޖޭގައިވެސް ހިނގަމުން އަންނަނީކީ މަދެއްކޮށެއް ނޫނެވެ. މައިންބަަފައިން ދަރިންބޮޑެތި ކުރުމަށް ވާ މަތިވެރި ޤުރުބާނީގެ ބަދަލުގައި ނިކަމެތި ކަމާއި ބިކަހާލު ތަހައްމަލު ކުރަން ޖައްސަނީ މާދަމާާ ތިމަތިމާާމެންގެ ދަރިންގެ ފަރާތުން އެފަދަކަމެއް ތިމާއަށް ކުރިމަތިވެއްޖެ ނަމަ، ހިތަށް ކުރާނެ އަސަރާއިމެދު ކުޑަކޮށްވެސް ވިސްނައިނުލެވޭތީ އެވެ.
މަސްދަރު: ޑެއިލީ ބަޝްކާރް އިންގްލިޝް މަނޯރާމާާ އޮންލައިން އައުޓްލުކް އިންޑިޔާ
ލިޔުންތެރިޔާގެ ފުރަމަލަ
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 20 ޑިސެމްބަރ 2024ޚަބަރު“ސޮރީ” ގެ މަންޒަރެއް!
- 18 ޑިސެމްބަރ 2024ޚަބަރުއައިފިލްމްސް އިން ލޯބިން ބުނެލަނީ ” ލޯބިން…؟ ” ކަމަށް!
- 18 ޑިސެމްބަރ 2024ޚަބަރުއައްޒަ ބަލިވެއިންކަމަށް ބުނެ ނަހޫއަށް “ސޮރީ” ބުނެފި
- 18 ޑިސެމްބަރ 2024ޚަބަރު“ސޮރީ” ފަށައިފި – ޑައިރެކްޓްކުރަނީ ނަހޫ އަދި ރަވީ!