އިތުރު 7 މީހަކު ކޮވިޑް-19 އަށް ފައްސިވެ، ރާއްޖެ އިން ފައްސިވި މީހުންގެ އަދަދު 475 އަށް އަރައިފިއެވެ.

ކޮވިޑް-19 ގެ އެންމެ ފަހުގެ މައުލޫމާތު ފޯރުކޮށްދިނުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ތަޢާރަފުކުރި ޑޭޝްބޯޑުގައި ވާގޮތުން އިތުރު 7 މީހަކު ފައްސިވެފައިވާއިރު، އޭގެތެރޭގައި ހިމެނެނީ 5 ދިވެހިންނާއި، ބަންގްލަދޭޝް އަށް ނިސްބަތްވާ 2 މީހުންނެވެ.

މިއާއި އެކު، ކޮވިޑް-19 އަށް މިހާތަނަށް ރާއްޖެއިން ފައްސިވި މީހުންގެ އަދަދު މިވަނީ 475 އަށް އަރާފައެވެ. ކޮވިޑް-19 އަށް ފައްސިވި މީހުންގެ ތެރެއިން މިހާތަނަށް 17 މީހަކު ރަނގަޅުވެފައި ވާއިރު، 1 މީހަކު ވަނީ ނިޔާވެފައެވެ. ކަރަންޓީނުގައި 1195 މީހުން ތިބިއިރު، އައިސޮލޭޝަން ގައި 320 މީހުން އެބަތިބި ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީގެ ޑޭޝްބޯޑުގެ ހިސާބުތަކުން ދައްކައެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ޝާމިން
އަޙްމަދު ޝާމިން މައިގަނޑު ގޮތެއްގައި ލިޔާނީ ކުޅިވަރު ޚަބަރުތަކެވެ. ފިލްމީ އަދި މިއުޒިކީ ދާއިރާ ނޫން އެހެން ހުރިހައި ދާއިރާތަކަށް ވެސް ޝާމިން ލިޔާނެއެވެ.