ރާއްޖެއިން ކޮވިޑް-19 ޖެހި ހާލު ސީރިއަސްވީ ބަންގްލަދޭޝްގެ ފިރިހެނެއް މިއަދު ނިޔާވެއްޖެއެވެ. މިއީ ފިޓްޖެހިގެން ރޭ އައިޖީއެމްއެޗްގައި އެޑްމިޓްކޮށް ހެދި ޓެސްޓްތަކުން ކޮވިޑް-19 އަށް ފައްސިވި މީހެކެވެ.
ކޮރޯނާވައިރަސް ޖެހުނު މީހުންގެ ތެރެއިން ރާއްޖެއިން މަރުވި މިއީ ދެވަނަ މީހާ އެވެ. ރާއްޖެއިން ކޮވިޑް-19 ޖެހިގެން އެންމެ ފުރަތަމަ މީހަކު މަރުވެފައިވަނީ މިދިޔަ އޭޕްރީލް މަހުގެ 30 ވަނަ ދުވަހުއެވެ. މަރުވި 83 އަހަރުގެ ދިވެހި އަންހެންމީހާ އަކީ ކުރިން ފައްސިވި MV 0126 އާ ގުޅުންހުރި ފަރާތެކެވެ.
ކޮވިޑް-19 އަށް މިހާތަނަށް ރާއްޖެއިން ފައްސިވި މީހުންގެ އަދަދު ވަނީ 557 އަށް އަރާފައެވެ. އޭގެ ތެރޭގައި ގިނައީ ބަންގްލަދޭޝްއަށް ނިސްބަތްވާ މީހުންނެވެ. ކޮވިޑް-19 އަށް ފައްސިވި މީހުންގެ ތެރެއިން މިހާތަނަށް 18 މީހަކު ރަނގަޅުވެފައި ވެއެވެ.
ލިޔުންތެރިޔާގެ ފުރަމަލަ
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 20 ޑިސެމްބަރ 2024ޚަބަރު“ސޮރީ” ގެ މަންޒަރެއް!
- 18 ޑިސެމްބަރ 2024ޚަބަރުއައިފިލްމްސް އިން ލޯބިން ބުނެލަނީ ” ލޯބިން…؟ ” ކަމަށް!
- 18 ޑިސެމްބަރ 2024ޚަބަރުއައްޒަ ބަލިވެއިންކަމަށް ބުނެ ނަހޫއަށް “ސޮރީ” ބުނެފި
- 18 ޑިސެމްބަރ 2024ޚަބަރު“ސޮރީ” ފަށައިފި – ޑައިރެކްޓްކުރަނީ ނަހޫ އަދި ރަވީ!