އޮންލައިންކޮށް ޅެން ހަދަން ދަސްކޮށްދިނުމުގެ ކޯހެއް ކުރިއަށް ގެންދިއުމަށް ދިވެހިބަހުގެ އެކެޑަމީން ނިންމަވައިފިއެވެ.
ދިވެހިބަހުގެ އެކެޑަމީން ކުރައްވާފައިވާ އިޢުލާނެއްގައި ބުނީ މި ކޯހަކީ އާންމުކޮށް ހުޅުވައިލައިގެން ހުރިހާ އުމުރު ފުރައަކަށް ވެސް ބައިވެރިވެވޭނެ ގޮތަށް ފަރުމާ ކޮށްފައިވާ ކޯހެއް ކަމަށެވެ.
މިއީ ކޮވިޑު-19ގެ ފުރަބަންދުގައި ގޭގައި ތިބެގެން ޅެން ހަދަން ދަސްކުރަން ޝައުގުވެރިވާ ފަރާތްތަކަށް އެ ފުރުސަތު ފަހިކޮށްދެއްވުމަށް ހުޅުވައިލެވިފައިވާ ކޯހެއް ކަމަށްވެސް އެ އެކެޑަމީން ވިދާޅުވެއެވެ.
އޮންލައިން ޅެން ކޯހާ ގުޅޭ އިތުރު ތަފުސީލުތަކަށް ބަލާލާއިރު މިއީ ޖުމްލަ 20 ގަޑިއިރަށް މުޅިން ހިލޭ ހިންގާ ކޯހެކެވެ. ކޯސް ފެށުމަށް ހަމަޖެހިފައިވަނީ 15 މެއި 2020 ވަނަ ދުވަހުއެވެ. ކޯސް ހިންގުމަށް ބޭނުންވާ ބައިވެރިންގެ އަދަދަކީ 25 ބައިވެރިންނެވެ.
މި ކޯހުގައި ބައިވެރިވާން ޝައުގުވެރިވާ ފަރާތްތަކުން މުއްދަތު ހަމަނުވާ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ފޮޓޯއެއް، 10 މެއި 2020ވާ އާދީއްތަ ދުވަހުގެ 14:00ގެ ކުރިން ވައިބަރު މެދުވެރިކޮށް ދިވެހިބަހުގެ އެކެޑަމީގެ ނަންބަރު 7986230 އަށް ފޮނުވުމުން ކޯހުގައި ބައިވެރިވުމަށް ރެޖިސްޓްރީކުރުމަށް ހުށައެޅޭނެއެވެ.
މިއީ އޮންލައިންކޮށް ހިންގަން ހަމަޖެހިފައިވާ ކޯހެއް ކަމަށް ވާތީ ކޯހުގައި ބައިވެރިވާން ވާނީ އެ ފަދަ ވަސީލަތެއް މެދުވެރިކޮށް އުނގެނުމުގެ ފަހިކަން ހުރި ފަރާތްތަކުން ކަމަށް އެކެޑަމީން ކޮށްފައިވާ އިޢުލާނުގައި ވެއެވެ.
ލިޔުންތެރިޔާގެ ފުރަމަލަ
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 20 ޑިސެމްބަރ 2024ޚަބަރު“ސޮރީ” ގެ މަންޒަރެއް!
- 18 ޑިސެމްބަރ 2024ޚަބަރުއައިފިލްމްސް އިން ލޯބިން ބުނެލަނީ ” ލޯބިން…؟ ” ކަމަށް!
- 18 ޑިސެމްބަރ 2024ޚަބަރުއައްޒަ ބަލިވެއިންކަމަށް ބުނެ ނަހޫއަށް “ސޮރީ” ބުނެފި
- 18 ޑިސެމްބަރ 2024ޚަބަރު“ސޮރީ” ފަށައިފި – ޑައިރެކްޓްކުރަނީ ނަހޫ އަދި ރަވީ!