ފިނި މޫސުމުގެ ޓްރާންސްފަރ ބާޒާރުގައި މެންޗެސްޓަރ ޔުނައިޓެޑާއި ގުޅުނު އުމުރުން 25 އަހަރުގެ ހުނަރުވެރި މިޑްފިލްޑަރ ބުރޫނޯ ފެނާންޑެޒް ގެ ޓްރާންސްފަރ ޑީލް ގައި މެންޗެސްޓަރ ޔުނައިޓެޑާއި، ސްޕޯޓިންގ އާ ދެމެދު ކޮށްފައިވާ މުޢާމަލާތްތައް ފީފާ އިން ތަހުޤީޤު ކުރަން ފަށައިފިއެވެ.
ފީފާ އިން މި ތަހުޤީޤު ފަށާފައިވަނީ އިޓާލިއަން ލީގުގެ ކުލަބެއް ކަމަށްވާ ސަމްޕްޑޯރިއާ އިން ފީފާ އަށް ހުށަހެޅި މައްސަލައަކާއި ގުޅިގެން ކަމަށް ޚަބަރުތައް ބުނެއެެވެ. ފެނާންޑެޒް ގެ ކުރީގެ ކުލަބު ސަމްޕްޑޯރިއާ އިން ފީފާ ގައި ދައުވާ ކޮށްފައިވަނީ ސްޕޯޓިންގ އިން އޭނާ މެންޗެސްޓަރ ޔުނައިޓެޑަށް ވިއްކާލުމަށް އެއްބަސްވި ޓްރާންސްފަރ ފީ އިން ބައެއް އެކުލަބަށް ލިބެންޖެހޭ ކަމުގަައެވެ.
ސަމްޕްޑޯރިއާ ގައި އެއް ސީޒަން ހޭދަކުރުމަށް ފަހު، ފެނާންޑެޒް 2017 ވަނަ އަހަރު ސްޕޯޓިންގ އާއި ގުޅުނީ 7.5 މިލިއަން ޕައުންޑުގެ އަގަކަށެވެ. ނަމަވެސް ސްޕޯޓިންގ އިން މިއަހަރުގެ ހޫނު މޫސުމުގެ ޓްރާންސްފަރ ބާޒާރުގައި 47 މިލިއަން ޕައުންޑުގެ އަގަކަށް މެންޗެސްޓަރ ޔުނައިޓެޑަށް އޭނާ ވަނީ ވިއްކާލާފައެވެ.
ސަމްޕްޑޯރިއާ އިން ބުނެފައިވާގޮތުގައި ސްޕޯޓިންގ އިން އޭނާ އެހެން ކުލަބަކަށް ވިއްކާލާ ނަމަ، ޓްރާންސްފަރ ފީ ގެ %10 އެކުލަބަށް ދޭންޖެހޭ ގޮތަށް އޮންނަ މާއްދާއެއް އެ ދެ ކުލަބުގެ ދެމެދުގައި ވެވުނު އެއްބަސްވުމުގައި އެބައޮތެވެ. އެހެންކަމުން, ފެނާންޑެޒް މެންޗެސްޓަރ ޔުނައިޓެޑަށް ބަދަލުވި ޑީލުން ގާތްގަނޑަކަށް 4 މިލިއަން ޕައުންޑް އެކުލަބަށް ލިބެންޖެހޭ ކަމަށް ސަމްޕްޑޯރިއާ އިން ބުނެއެވެ.
ލިޔުންތެރިޔާގެ ފުރަމަލަ
- އަޙްމަދު ޝާމިން މައިގަނޑު ގޮތެއްގައި ލިޔާނީ ކުޅިވަރު ޚަބަރުތަކެވެ. ފިލްމީ އަދި މިއުޒިކީ ދާއިރާ ނޫން އެހެން ހުރިހައި ދާއިރާތަކަށް ވެސް ޝާމިން ލިޔާނެއެވެ.
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 5 ޖެނުއަރީ 2022ޚަބަރުކޮވިޑް ކޭސްތައް ގިނަވެ އިނގެރޭސި ލީގު ކަޕް ސެމީ ފައިނަލް މެޗު ފަސްކޮށްފި
- 4 ޖެނުއަރީ 2022ޚަބަރުއާ އަހަރު ކުޅުނު ފުރަތަމަ މެޗުން ޔުނައިޓެޑް ބަލިވެއްޖެ
- 4 ޖެނުއަރީ 2022ޚަބަރުފްރެންޗް ކަޕްގެ ގެ ގަދަ 16 އަށް ޕީއެސްޖީ ދަތުރުކޮށްފި
- 2 ޖެނުއަރީ 2022ޚަބަރުރޮޑްރީގެ ގޯލުން ފަހު ވަގުތު ސިޓީން އާސެނަލް ބަލިކޮށްފި