އައިޖީއެމްއެޗްގައި އެޑްމިޓްކޮށްފައި އޮތް މާބަނޑު މީހަކު ކޮވިޑް-19އަށް ފައްސިވެއްޖެއެވެ.
އައިޖީއެމްއެޗުގެ ޕްރޮޓޮކޯލްގައިވާ ގޮތުން އެ ހޮސްޕިޓަލްގައި އެޑްމިޓްކުރާ މީހުން ކޮވިޑް-19 އަށް ޓެސްޓްކުރާނެ ކަމަށް އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އައިޖީއެޗްއެމްގެ ރެސްޕިރޭޓަރީ ސްޕެޝިއަލިސްޓް ޑރ. މޫސާ ޙުސައިން ވިދާޅުވެފައިވެއެވެ. އެގޮތުގެ މަތިން އިއްޔެ ނިޔާވި ބިދޭސީ މީހާ ވެސް ވަނީ ކޮވިޑް-19 އަށް ޓެސްޓުކޮށްފައެެވެ. އަދި ނަތީޖާ ވަނީ ފައްސިވެފައެވެ.
ކޮވިޑް-19 އަށް މި މާބަނޑު މީހާ ފައްސިވުމާއިއެކު މިހާރު ވަނީ، ޓްރީޓޮޕް ހޮސްޕިޓަލަށް ބަދަލުކޮށްފަ އެވެ.
މިއަދު ކޮވިޑް-19 އަށް ފައްސިވި 45 މީހުންގެ ތެރޭގައި މި މާބަނޑު މީހާ ހިމެނުމާއެކު މިއީ ރާއްޖެއިން ކޮވިޑް-19 ފައްސިވީ މާބަނޑު 2 ވަނަ މީހާއެވެ.
މިހާތަނަށް ރާއްޖެ އިން ކޮވިޑް-19 އަށް މުޅިއެކު 617 މީހަކު ފައްސިވެފައިވާއިރު 20 މީހަކު ވަނީ ރަނގަޅުވެފަ އެވެ. އަދި ދެ މީހަކު ވަނީ މަރުވެފަ އެވެ. އަދި 6 މީހަކަށް ދަނީ ހޮސްޕިޓަލުގައި ޚާއްޞަ ފަރުވާ ދެމުން ނެވެ. މީގެ އިތުރުން 2 މީހަކަށް ދަނީ ވެންޓިލޭޓަރުގެ އެހީތެރިކަން ފޯރުކޮށްދެމުންނެވެ.
ލިޔުންތެރިޔާގެ ފުރަމަލަ
- މުޚްތާރަކީ ނޫސްވެރިކަމުގައި ތަޖްރިބާ ހޯދުމަށް ނުކުމެހުރި ތަމްރީނު ލިބިފައިވާ ނޫސްވެރިއެކެވެ.