ކޮވިޑް-19 ގެ ސަބަބުން މުޅި މާލެ ސަރަހައްދު ފުރަބަންދު ކޮށްފައިވާއިރު، މި ކަން ރަނގަޅަށް ގޮސްފިނަމަ، ހަގީގީ ޕީކް އަކަށް ދިއުމަކީ ނާދިރު ކަމެއް ކަމަށް ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވެއްޖެއެވެ.

ކޮވިޑް-19 އާއި ގުޅިގެން ރާއްޖޭގެ ޙާލަތާއި ބެހޭގޮތުން އެންމެ ފަހުގެ މަޢުލޫމާތު ހިއްސާކުރުމަށް ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުން ބުދަ ދުވަހުގެ ރޭ ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޑރ. އަފްޒަލް ވިދާޅުވީ ފުރަބަންދު ގެ ހާލަތުގައި އެކަކު އަނެކަކާ ބައްދަލުނުވެ، އެއްވެސް ވަރަކަށް ބޭރުގައި ހިނގާބިނގާވެ ނޫޅެވޭ ނަމަ، ހަގީގީ ޕީކެއް ފެނުމަކީ ނާދިރުކަމެއް ކަމުގައެވެ. ކުރިއަށް އޮތް ދެ ހަފްތާާާާާއެއްހާ ދުުވަސްްތެރޭގައި މާލެ ޕީކަކަށް ގޮސްދާނެ ކަމަށް ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުން ވަނީ ލަފާކޮށްފައެވެ. އެގޮތުން ޕީކްގެ ތެރޭގައި ދުވާލަކު 6000 މީހުން ކޮވިޑްްް-19 އަށް ފައްސިވެދާނެ ކަމަށް އެ ސެންޓަރުން ލަަަފާާކޮށްފަަައި ވެއެވެ.

ޑރ. އަފްޒަލް ވިދާޅުވީ ފުރަބަންދު ހުޅުވާލުމުން ކޭސްތައް އިތުރުވަމުންދާވަރު ގިނަވެދާނެކަމަށެވެ. އަދި، މި ހާލަތުގައި ގިނަ ކޭސްތަކެއް ފެނިގެންދާނީ ގިނަ ބަޔަކު އުޅޭ ތޮއްޖެހިފައިވާ ތަންތަނުން ނުވަތަ މުއައްސަސާއަކުން ގިނަ ބަޔަކު ފައްސިވުމުން ކަމަށް ޑޮކްޓަރު ވިދާޅުވިއެވެ.

“ޓްރޫ ޕީކް އޭ އަޅުގަނޑުމެން މި ދަންނަވަނީ ލޮކްޑައުން އަށް ފަހު، ދޫކޮށްލުމުން ފެތުރިގަންނަ ފެތުރިގަތުމަށް. ލޮކްޑައުންގެ ބޭރުން ފެތުރިގަތުމަށް. އޭރުން މި ދަންނަވާ ބޮޑެތި ކްލަސްޓާތަކުން ފެންނަ ވަރު ގިނަވެދާނެ” ޑރ.އަފްޒަލް ވިދާޅުވި އެވެ.

މާލޭގައި ކޮމިއުނިޓީ ސްޕްރެޑެއް ފެނުމާއި އެކު، އެންމެ ގިނަ ބަޔަކު ފައްސިވި ދުވަހު ފެނިފައިވަނީ 191 މީހުންނެވެ. މުޅި ރާއްޖެ އިން މި ބައްޔަށް ފައްސިވި މީހުންގެ އަދަދު ވަނީ 617 އަރާފައެވެ. އޭގެތެރެއިން 2 މީހަކު ނިޔާވެފައިވާއިރު، 5 މީހަކަށް ދަނީ އައިސީޔޫގައި ފަރުވާދެމުންނެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

ޙަސަން މުޚްތާރް
މުޚްތާރަކީ ނޫސްވެރިކަމުގައި ތަޖްރިބާ ހޯދުމަށް ނުކުމެހުރި ތަމްރީނު ލިބިފައިވާ ނޫސްވެރިއެކެވެ.