ރާއްޖެއިން ކޮވިޑް-19 އަށް ފައްސިވި އިތުރު 9 މީހުން ރަނގަޅުވެއްޖެއެވެ.

ކޮވިޑް-19 އާއި ގުޅިގެން ރާއްޖޭގެ ޙާލަތާ ގުޅޭ އެންމެ ފަހުގެ މަޢުލޫމާތު ހިއްސާކުރުމަށް ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުން ދަރުބާރުގޭގައި ބާއްވަމުންދާ ބައްދަލުވުމުގައި އެ ސެންޓަރުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ ކޮވިޑް-19 އަށް ފައްސިވި އިތުރު 9 މީހުން ރަނގަޅުވެފައިވާ ކަމަށެވެ.

މިއާއި އެކު، ކޮވިޑް-19 އަށް މިހާތަނަށް ރާއްޖެއިން ފައްސިވި 766 މީހުންގެ ތެރެއިން ރަނގަޅުވީ މީހުންގެ އަދަދު މިވަނީ 29 އަށް އަރާފައެވެ. އޭގެތެރޭގައި ހިމެނެނީ 13 ދިވެހިންނާއި، 16 ބިދޭސީންނެވެ.

ކޮވިޑް-19 އަށް ފައްސިވި މީހުންގެ ތެރެއިން މިހާތަނަށް 3 މީހަކު ވަނީ ނިޔާވެފައެވެ. ކަރަންޓީނުގައި 1642 މީހުން ތިބިއިރު، އައިސޮލޭޝަން ގައި 556 މީހުން އެބަތިބި ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީގެ ޑޭޝްބޯޑުގެ އެންމެ ފަހުގެ ހިސާބުތަކުން ދައްކައެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ޝާމިން
އަޙްމަދު ޝާމިން މައިގަނޑު ގޮތެއްގައި ލިޔާނީ ކުޅިވަރު ޚަބަރުތަކެވެ. ފިލްމީ އަދި މިއުޒިކީ ދާއިރާ ނޫން އެހެން ހުރިހައި ދާއިރާތަކަށް ވެސް ޝާމިން ލިޔާނެއެވެ.