ބައިނަލްއަޤްވާމީ ކުޑަކުދިންގެ ދުވަހުގެ ހެޔޮ އެދުންތައް ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު އަރިސްކުރައްވައިފިއެވެ.

ދުވަހުގެ މުނާޞަބަތާއި ގުޅިގެން އެ މަނިކުފާނު މިއަދު ކުރެއްވި ޓުވީޓުގައި ވިދާޅުވެފައިވަނީ މިހާރު މުޅި ދުނިޔެއަށް ވެރިވެފައިވާ ކޮވިޑް-19 އިން އެ ކުދިން ރައްކާތެރިކުރުމަކީ އެންމެ ބޮޑު އެއް އަމާޒު ކަމުގައެވެ.

މި ޓުވީޓުގައި އެމަނިކުފާނު އިތުރަށް ވިދާޅުވެފައިވަނީ މި ބަލިން އެ މައުސޫމު ކުދިން ސަލާމަތް ކުރުމުގެ އިތުރަށް އެ ކުދިންނަށް އުފާވެރި މުސްތަޤުބަލެއް ކަށަވަރު ކޮށްދިނުމުގެ ގޮތުން ރަނގަޅު ކާނާ އާއި، އެކަށީގެންވާ ވަރުގެ ތަޢުލީމެއް ފޯރުކޮށްދިނުމުގެ އިތުރަށް އެ ކުދިން ދިރިއުޅޭ މާހައުލުންނާއި އެނޫން ގޮތްގޮތުންވެސް ކުރިމަތިވެދާނޭ ނުރައްކާތެރި އަނިޔާއިން މިންޖުކޮށް ދިނުމުގައި ސަރުކާރުން ދެމިއޮންނާނެކަމުގައެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

ޙަސަން މުޚްތާރް
މުޚްތާރަކީ ނޫސްވެރިކަމުގައި ތަޖްރިބާ ހޯދުމަށް ނުކުމެހުރި ތަމްރީނު ލިބިފައިވާ ނޫސްވެރިއެކެވެ.