ރާއްޖޭގެ މަޝްހޫރު ބޮޑު ބެރު ބޭންޑް “ހަބޭސް” އިން ކޮންމެ އަހަރެއްގެ ރަމަޟާން މަހައް ޚާއްސަކޮށްގެން ވީޑިއޯ މަދަހަ އަލްބަމެއް ނެރެމުންްން އަންނައިރު މިއީ އެ ސްޓޫޑިއޯއިން މަދަހަ އަލްމަބު ގެނެސްދޭ ތިންވަނަ އަހަރެވެ. މި އަހަރުގެ މަދަހަަތައް ގެނެސްދެނީ މާލޭގެ ބައެއް ސްކޫލްތަކާއިވެސް ގުޅިގެނެވެ.
މި އަހަރުގެ އަލްބަމް ސްްކޫލްތަކާއި ގުޅިގެން ގެނެސްދިނުމަށް ހުޅުވާލި ފުރުސަތުގައި މާލޭގެ ވަރަށް ގިނަ ސްްކޫލްތަކުން މިކަމަށް އިޖާބަދީ މިކަމުގައި ބައިވެރިވެފައިވާ ކަމަށް އެ ސްޓޑިއޯއިން ބުނެއެވެ. އެގޮތުން މި އަލްބަމްގެ މަދަހަތައް ކިޔުމުގައި ބައިބެރިވެފައިވަނީ ޣިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލާއި އިސްކަންދަރު ސްކޫލާއި މުޙިއްޔުއްދީން ސްކޫލާއި އަހްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލްގެ އިތުރުން ބިލަބޮންގް ހައި އިންޓަނޭޝާނަލް ސްކޫލްގެ ދަރިވަރުންންނެވެ. މީގެ ތެރެއިން ޣިޔާސުއްދީން އިންޓާނޭޝަނަލް ސްކޫލާއި އިސްކަންދަރު ސްކޫލްގެ ދަރިވަރުންނާއި ގުޅިގެން ތައްޔާރުކޮށްފައިވާ މަދަހަ އެ ސްޓޫޑިިއޯގެ ޔޫޓިއުުބު ޗެނަލް މެދުވެރިކޮށް މިހާރު ބަލާލެވޭނެއެވެ.
އެހެން އަހަރުތަކެކޭވެސް އެއަފަދައިން މި އަލްބަމުގެ ހުރިހާ މަދަހައެއް އެ ސްޓޫޑިއޯގެ ޔޫޓިއުބް ޗެނަލް މެދުވެރިކޮށް ފެންނާނެ ކަމަށް އެ ސްޓޯޑިއޯއިން ބުނެފައިވެއެވެ. އަދި މި މަދަހަތައް އަޑު އަހާލަން ބޭނުންވާ ފަރާތްތަކަށް ލަވަފޮށި މެދުވެރިކޮށް އެ ފުރުސަތުވެސް ފަހިވެފައިވާކަމަށްވެސް ހަބޭސް އިން ބުނެފައިވެއެވެ.
މި އަލްބަމްގެ ރެކޯޑިން، މިކްސިން އަދި މާސްޓަރިންގެ އިތުރުން ރާގުތަކާއި ވީޑިއޯ ހަދާފައިވަނީ ހަބޭސްގެ ސްޓޫޑިއޯގެ ހުނަރުވެރި އިންޖިނިއަރުންނެވެ.
ކޮންމެ އަހަރެއްގެ ރަމަޟާން މަހާއި ދިމާކޮށް މުޅިން އާ ވީޑިއޯ މަދަހަ އަލްބަމެއް ގެނެސްދެވުމަކީ ހަބޭސް އިން ނުހަނު އުފާކުރާ ކަމެއްކަަމަށާއި އެ ސްޓޫޑިއޯއިން މި އައަހަރު ގެނެސްދޭ “ހަސްތީ” މަދަހަ އަލްބަމްގައި ބައިވެރިވި ސްކޫލްތަކަށް އެ ސްޓޫޑިއޯގެ ފަރާތުން ޝުކުރު އަދާކޮށްފައިވެސް ވެއެވެ. އަންނަ އަހަރުގެ ރަމަޟާންމަހާއި ދިމާކޮށް ރަށްރަށުގެ ސްކޫލްތަކާއިގުޅިގެން މިފަދަ އަލްބަމެއް ނެރުމަކީވެސް ހަބޭސްގެ އަމާޒެކެވެ.
ލިޔުންތެރިޔާގެ ފުރަމަލަ
- މައިގަނޑުގޮތެއްގައި ނަބީލް ލިޔާނީ ފިލްމީ ޚަބަރާއި މަޢުލޫމާތެވެ. އިޖްތިމާޢީ މަޢުޟޫތަކަށްވެސް ނަބީލްގެ ގަލަން ފަރިތައެވެ.