މުނިއަވަސް އިން ކުޑަކުދިންނަށް ހުޅުވާލައިގެން “މުނިއަވަސް ކުޑަކުދިންގެ ޤުރުއާން މުބާރާތް 1441″ގެ ނަމުގައި ބާއްވާ ޤުރުއާން މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު މިއަދު 16:00 ގައި ބަންދުކޮށްފައިވާއިރު، މިހާތަނަށް މި މުބާރާތުގައި ބައިވެރިވުމަށް 200 އަށްވުރެން ގިނަ ދަރިވަރުން ވަނީ ނަންނޯޓްކޮށްފަ އެވެ.
މިއަދު 16:00 ގެ ފަހުން، މުބާރާތުގައި ބައިވެރިވުމަށް ފޮނުވާ މެސެޖްތައް ބަލައިނުގަންނާނެ ކަމަށް މުނިއަވަސް އިން ބުނެއެވެ.
މުބާރާތުގައި ބައިވެރިވުމަށް ނަންނޯޓްކޮށްފައިވާ ފަރާތްތަކުން މިހާރުން ފެށިގެން ވީޑިއޯ ފޮނުއްވަމުން ގެންދެވުމަށް އިންތިޒާމު ކޮމެޓީން އެދެއެވެ. ވީޑިއޯ ފަޮނުވުމަށް ހުޅުވާލާފައިވާ އެންމެ ފަހު ތާރީޚަކީ 20 މެއި 2020 ވާ ބުދަ ދުވަހުގެ ރޭ 23:00 ގެ ކުރިންނެވެ. ވީޑިއޯ ވައިބަރު ކުރާނީ މި ނޫހުގެ ވައިބަރ ނަމްބަރަ 7668101 އަށެވެ.
ވީޑިއޯ ރެކޯޑްކުރުން
– ކިޔެވުން ރެކޯޑްކުރަން ޖެހެނީ ބެލެނިވެރިން އަމިއްލަފުޅަށެވެ.
– ވީޑިއޯ ރެކޯޑްކުރާއިރު ކުއްޖާއާއި އަދި އެ ކުއްޖާގެ އަޑު ވީހާވެސް ސާފުކޮށް ހުންނާނޭހެން ވީޑިއޯ ކުރުމަށް ސަމާލުކަން ދޭންވާނެއެވެ.
– ވީޑިއޯ ކުރަންވާނީ ލޭންޑުސްކޭޕްކޮށް 16:9 ފްރޭމްކޮށެވެ.
ސްޕޮންސަރުން
– މި މުބާރާތް ސްޕޮންސާކުރައްވާފައިވަނީ ‘އިއްޔާ ރެކޯޑްސް” އާއި “ޑީބީ ރެކޯޑްސް” އިންނެވެ.
ލިޔުންތެރިޔާގެ ފުރަމަލަ
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 20 ޑިސެމްބަރ 2024ޚަބަރު“ސޮރީ” ގެ މަންޒަރެއް!
- 18 ޑިސެމްބަރ 2024ޚަބަރުއައިފިލްމްސް އިން ލޯބިން ބުނެލަނީ ” ލޯބިން…؟ ” ކަމަށް!
- 18 ޑިސެމްބަރ 2024ޚަބަރުއައްޒަ ބަލިވެއިންކަމަށް ބުނެ ނަހޫއަށް “ސޮރީ” ބުނެފި
- 18 ޑިސެމްބަރ 2024ޚަބަރު“ސޮރީ” ފަށައިފި – ޑައިރެކްޓްކުރަނީ ނަހޫ އަދި ރަވީ!