ކޮވިޑް-19 އަށް ފަރުވާކުރަމުންދިޔަ އިތުރު 3 މީހަކު ބަލިން ރަނގަޅުވެއްޖެއެވެ. މިއާއި އެކު ރާއްޖެއިން މި ބަލިން ރަނގަޅުވީ މީހުންގެ އަދަދު މިވަނީ 49 އަށް އަރާފައެވެ.

ރާއްޖޭގައި މި ބަލި ޖެހުނު މީހުން ރަނގަޅުވަމުންދާ ރޭޓު ލަސް ކަމަށް ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުން ހާމަކޮށްފައިވެއެވެ. މި ފެށޭ ދުވަސް ތަކަކީ ރާއްޖޭގައި މި ބަލީގެ އެންމެ ނުރައްކާތެރި ދުވަސްތަކައެއް ކަމަށް ސިއްޙީ މާހިރު ލަފާދެއްވާފައި ވާއިރު، މި މަހުގެ ފަހުކޮޅުގައި ބޮޑު ޕީކެއް ފެނިދާނެ ކަމަށް ވެސް އެ ބޭފުޅުން ލަފާކުރައްވައެވެ.

ކޮވިޑް-19 ޖެހިގެން ރަނގަޅުވާ މީހުންގެ ތެރޭގައި ގިނައީ ދިވެހިންނެވެ. އަދި މި ބަލިން ރަނގަޅުވި މީހުންގެ ތެރޭގައި މި ބަލި މާލެއިން އެންމެ ފުރަތަމަ ފެނުނު ޖަރީމާގޭގެ “ކްލަސްޓަރ” އަށް ނިސްބަތްވާ 2 އަހަރުގެ ތުއްތު ކުއްޖާވެސް ހިމެނެއެވެ.

ދިވެހިރާއްޖޭގައި މި ބައްޔަށް ފައްސިވާ މީހުންގެ ތެރޭގައި ގިނައީ އެއްވެސް ޢަލާމާތެއް ނުފެނި ބަލި ޖެހޭ މީހުން ކަމަށް ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުން މަޢުލޫމާތު ދެއެވެ. ރާއްޖެއިން މިބަލި ޖެހުނު މީހުންގެ ޢަދަދު މިހާރު 1020 އަށް އަރާފައިވާކަން ފާހަގަކޮށްލެވެއެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

ޙަސަން މުޚްތާރް
މުޚްތާރަކީ ނޫސްވެރިކަމުގައި ތަޖްރިބާ ހޯދުމަށް ނުކުމެހުރި ތަމްރީނު ލިބިފައިވާ ނޫސްވެރިއެކެވެ.