ކޮވިޑް-19 އަށް އިތުރު 47 މީހަކު ފައްސިވެފައިވާކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީން ހާމަކޮށްފައިވެއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ދާދި ދެންމެއަކު ކުރި ޓްވީޓެއްގައި ބުނެފައިވަނީ މިއަދު 18:00 ހަމަޔަށް ކޮވިޑް-19 ގެ އިތުރު 47 މީހެއް ފައްސިވެފައިވާ ކަމަށާއި، އޭގެތެރޭގައި ހިމެނެނީ ރާއްޖޭގެ 19 މީހުންނާއި، ބަންގްލަދޭޝްގެ 22 މީހުންގެ އިތުރުން ނޭޕާލް ގެ 2 މީހަކާއި އިންޑިއާގެ 4 މީހެއް ކަމަށެވެ.
މިއާއި އެކު، ކޮވިޑް-19 އަށް މިހާތަނަށް ރާއްޖެއިން ފައްސިވި މީހުންގެ އަދަދު މިވަނީ 1078 އަށް އަރާފައެވެ. އޭގެ ތެރޭގައި ހިމެނެނީ ރާއްޖޭގެ 379 މީހުންނާއި، ބަންގްލަދޭޝްގެ 557 މީހުންނާއި، އިންޑިއާގެ 103 މީހުންނާއި، ނޭޕާލްގެ 15 މީހުންނާއި، އިޓަލީގެ 11 މީހުންނާއި، ސްރީލަންކާގެ 6 މީހުންނާއި، ޕާކިސްތާނުގެ 3 މީހުންނާއި އަދި އެހެން ގައުމުތަކަށް ނިސްބަތްވާ 4 މީހުންްނެވެ.
ކޮވިޑް-19 އަށް ފައްސިވި މީހުންގެ ތެރެއިން މިހާތަނަށް 49 މީހުން ރަނގަޅުވެފައި ވާއިރު، އޭގެތެރޭގައި ހިމެނެނީ ރާއްޖޭގެ 33 މީހުންނާއި 14 ބިދޭސީންނެވެ.
ކޮވިޑް-19 އަށް ފައްސިވި މީހުންގެ ތެރެއިން ރާއްޖެއިން މިހާތަނަށް 4 މީހަކު ވަނީ ނިޔާވެފައެވެ. ކަރަންޓީނުގައި 1340 މީހުން ތިބިއިރު، އައިސޮލޭޝަންގައި 939 މީހުން މިވަގުތާ ހަމައަށް އެބަތިބި ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީގެ ޑޭޝްބޯޑުގެ އެންމެ ފަހުގެ ހިސާބުތަކުން ދައްކައެވެ.
ލިޔުންތެރިޔާގެ ފުރަމަލަ
- މުޚްތާރަކީ ނޫސްވެރިކަމުގައި ތަޖްރިބާ ހޯދުމަށް ނުކުމެހުރި ތަމްރީނު ލިބިފައިވާ ނޫސްވެރިއެކެވެ.