ރާއްޖެއިން ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު 1186 އަށް އަރައިފިއެވެ. ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ކުރި ޓުވީޓެއްގައި މިކަން ވަނީ ކަށަވަރު ކޮށްދީފައެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދު ކުރި ޓުވީޓެއްގައި ބުނެފައިވަނީ ރާއްޖެއިން ކޮވިޑް-19 އަށް 43 މީހަކު ފައްސިވެފައިވާ ކަމަށާއި އޭގެ ތެރޭގައި ހިމެނެނީ 10 ދިވެހީންނާއި ބަނގުލަދޭޝްގެ 28 މީހުންނާއި އިންޑިޔާ 4 މީހުންނާއި ނޭޕާލް މީހެކެވެ.

ކޮވިޑް-19 އަށް ފައްސިވި މީހުންގެ ތެރެއިން މިހާތަނަށް 91 މީހަކު މި ބަލިން ރަނގަޅުވެފައި ވާއިރު 4 މީހަކު ވަނީ ނިޔާވެފައެވެ. ކަރަންޓީނުގައި 1494 މީހުން ތިބިއިރު، 982 މީހަކު އައިސޮލޭޝަންގައި އެބަތިބި ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީގެ ޑޭޝްބޯޑުގެ އެންމެ ފަހުގެ ހިސާބުތަކުން ދައްކައެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

ސާޖިދު ޢަބްދުﷲ
ސާޖިދު ޢަބްދުﷲ
މުނިއަވަސްގެ ޑެޕިއުޓީ އެޑިޓަރ ސާޖިދު އަކީ ވާހަކަ ލިޔުމުގެ އިތުރުން ޚަބަރު ލިޔުމުގައިވެސް ހުނަރުވެރި ލިޔުންތެރިއެކެވެ.