އަންނަ ޖޫންމަހު އޮންނަ ހޫނު މޫސުމުގެ ޓްރާންސްފަރ ބާޒާރުގައި ބޮރޫސިއާ ޑޯޓްމަންޑުގެ މިޑްފިލްޑަރު ޖޭޑަން ސަންޗޯ އާއި، ނަޕޯލީ ގެ ޑިފެންޑަރު ކަލިދޫ ކޫލިބަލީ އަދި އެތްލެޓިކޯ މެޑްރިޑުގެ މިޑްފިލްޑަރު ސައުލް ނިގުއޭޒް މެންޗެސްޓަރ ޔުނައިޓެޑަށް ގެންނަންޖެހޭ ކަމަށް އެ ޓީމުގެ ލެޖެންޑް ރިއޯ ފާޑިނަންޑް ބުނެފިއެވެ.
ރިޕޯޓުތައް ބުނާގޮތުގައި ބޮރޫސިއާ ޑޯޓްމަންޑަށް ކުޅެމުން އަންނަ އުމުރުން 20 އަހަރުގެ ޒުވާން ހުނަރުވެރި މިޑްފިލްޑަރު ޖޭޑަން ސަންޗޯ އަކީ މެންޗެސްޓަރ ޔުނައިޓެޑުން އެޓީމަށް ގެނައުމަށް އެންމެ ބޮޑަށް މަސައްކަތްކުރާ ކުޅުންތެރިޔާއެވެ. ބުންޑަސްލީގާގެ މި ސީޒަނުގައި މިހާތަނަށް ކުޅުނު 24 މެޗުން ސަންޗޯ ވަނީ 14 ގޯލު ޖަހައި، 16 ގޯލު ޖެހުމަށް މަގުފަހިކޮށްދީފައެވެ. 120 މިލިއަން ޕައުންޑުގެ އަގެއް ކަނޑައަޅާފައިވާ ސަންޗޯ އަކީ ޔޫރަޕުގެ ބޮޑެތި ކުލަބުތަކުން އެންމެ ބޮޑަށް ލޯ އަޅަމުން އަންނަ އެއް ކުޅުންތެރިޔާ ކަން ފާހަގަކޮށްލެވެއެވެ.
“އަހަރެން ނަގާނީ ސަންޗޯ، ކޫލިބަލީ އަދި އެތްލެޓިކޯ މެޑްރިޑްގެ ސައުލް ނިގުއޭޒް. ސަންޗޯގެ ކޮއްޓުމުގެ ހުނަރު ހުރުމާއެކު، އިދިކޮޅު ޓީމުގެ ދެތިން ކުޅުންތެރިން އޭނާ އާ އެކު، އެބަ ގެންދޭ. އޭރުން ޓީމުގެ ބާކީ ތިބި ކުޅުންތެރިންނަށް ޖާގަ ލިބިގެން އެބަދޭ. މިއީ މެންޗެސްޓަރ ޔުނައިޓެޑުގެ މަދުވާ ކަމަކީ.”
އަންނަ ހޫނު މޫސުމުގެ ޓްރާންސްފަރ ބާޒާރުގައި މެންޗެސްޓަރ ޔުނައިޓެޑުން ހޯދަން ރަނގަޅުވާނީ ކޮން ތިން ކުޅުންތެރިއެއް ތޯ “ބީބީސީ ރޭޑިއޯ 5” އިން ސުވާލުކުރުމުން ފާޑިނަންޑް ބުންޏެވެ.
ފާޑިނަންޑް މިހެން ބުނިކަމުގައި ވީނަމަވެސް، ކޮވިޑް-19 ގެ ސަބަބުން ކުރިމަތިިވި މާލީ ދަތިތަކާ ހުރެ، ޓްރާންސްފަރ ބާޒާރުގައި މެންޗެސްޓަރ ޔުނައިޓެޑުން އަގުބޮޑު ކުޅުންތެރިއެއް ނުގެންނާނެ ކަމަށް އެ ޓީމުގެ ޗީފް އެގްޒެކިއުޓިވް އެޑް ވުޑްވާޑު މިދިޔަ އޭޕްރިލް ބުނެފައިވާކަން ފާހަގަކޮށްލެވެއެވެ.
ލިޔުންތެރިޔާގެ ފުރަމަލަ
- އަޙްމަދު ޝާމިން މައިގަނޑު ގޮތެއްގައި ލިޔާނީ ކުޅިވަރު ޚަބަރުތަކެވެ. ފިލްމީ އަދި މިއުޒިކީ ދާއިރާ ނޫން އެހެން ހުރިހައި ދާއިރާތަކަށް ވެސް ޝާމިން ލިޔާނެއެވެ.
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 5 ޖެނުއަރީ 2022ޚަބަރުކޮވިޑް ކޭސްތައް ގިނަވެ އިނގެރޭސި ލީގު ކަޕް ސެމީ ފައިނަލް މެޗު ފަސްކޮށްފި
- 4 ޖެނުއަރީ 2022ޚަބަރުއާ އަހަރު ކުޅުނު ފުރަތަމަ މެޗުން ޔުނައިޓެޑް ބަލިވެއްޖެ
- 4 ޖެނުއަރީ 2022ޚަބަރުފްރެންޗް ކަޕްގެ ގެ ގަދަ 16 އަށް ޕީއެސްޖީ ދަތުރުކޮށްފި
- 2 ޖެނުއަރީ 2022ޚަބަރުރޮޑްރީގެ ގޯލުން ފަހު ވަގުތު ސިޓީން އާސެނަލް ބަލިކޮށްފި