ދުނިޔޭގެ އެންމެ ދުވެލި ބާރު އިންޓަނެޓް ރެކޯޑް ކުރެވިފައިވާ ކަމަށް އޮސްޓްރޭލިއާ ގެ ދިރާސާކުރާ ފަރާތްތަކުން ބުނެފިއެވެ.
އޮސްޓްރޭލިއާ ގެ ދިރާސާކުރާ ފަރާތްތަކުން ބުނާގޮތުން މި އިންޓަނެޓުގެ ދުވެއްޔަކީ ސިކުންތެއްގެ ތެރޭގައި 44.2 ޓެރަބައިޓްސް އެވެ. އަދި، މިއީ ދުނިޔޭގެ ރެކޯޑެއް ކަން ވެސް ފާހަގަކޮށްލެވެއެވެ. މި ދުވެލީގައި އިންޓަނެޓް ބޭނުންކުރާ މީހުންނަށް ސިކުންތެއްގެ ތެރޭގައި “އެޗްޑީ” (ހައި ޑެފިނިޝަން) ކޮލިޓީގެ ގާތްގަނޑަކަށް 1000 އަށްވުރެ ގިނަ ވީޑިއޯ ފަސޭހަކަމާއި އެކު، ޑައުންލޯޑް ކޮށްލެވޭނެއެވެ.
އޮސްޓްރޭލިއާ ގެ މޮނާޝް ޔުނިވަރސިޓީ އާއި، ސްވައިންބާން ޔުނިވަރސިޓީ އާއި، އާރު.އެމް.އައި.ޓީ ޔުނިވަރސިޓީގެ ޓީމަކުން ކުރި މި ދިރާސާގައި “ޑާޓާ ޓްރާންސްފަރ” ކުރުމަށް ބޭނުންކޮށްފައި ވަނީ ސަތޭކަވަރަކަށް “އިންފްރާ ރެޑް ލޭޒާސް” އެކުލެވޭ “މައިކްރޯ ކޮމްބް” ޗިޕެއް ކަމަށް އެފަރާތްތަކުން ހާމަކޮށްފައިވެއެވެ.
ދުނިޔޭގައި އެވްރެޖްކޮށް އިންޓަނެޓްގެ ދުވެލި އެންމެ އަވަސް ގައުމަކަށް ފާހަގަވެފައިވަނީ ސިންގަޕޫރެވެ. އެ ގައުމުގެ އެވްރެޖް އިންޓަނެޓް ދުވެއްޔަކީ ސިކުންތެއްގެ ތެރޭގައި 197.3 މެގަބައިޓްސް އެވެ. އޮސްޓްރޭލިއާގެ އިންޓަނެޓްގެ ދުވެލި އުޅެނީ ސިކުންތެއްގެ ތެރޭގައި 43.4 މެގަބައިޓްސް ގައެވެ.
“މި ޓެކްނޮލޮޖީ ބާޒާރަށް ނެރެން ދުނިޔޭގައި ވަރަށް ބޮޑު ވާދަވެރިކަމެއް އެބައޮތް. “މައިކްރޯ ކޮމްބް” ބޭނުންކޮށްގެން މިހާރު ހުރި ޓެކްނޮލޮޖީ ވަރަށް ބޮޑަށް ފުޅާކުރެވިދާނެ. އަހަރެންނަށް ލަފާކުރެވޭ ގޮތުގައި ކުރިއަށް މިއޮތް ދެތިން އަހަރު ތެރޭގައި އަހަރެމެންގެ އުފެއްދުންތައް ލެބޯޓަރީ ތަކުގައި ދިރާސާކުރެވޭ ވާރުވާނެ. އަދި ފަސް ވަރަކަށް އަހަރު ތެރޭގައި ބާޒާރަށް ނެރެވޭނެ.”
ދިރާސާގައި ބައިވެރިވި މޮނާޝް ޔުނިވަރސިޓީގެ ޑރ. ބިލް ކޮކޯރަން ބުންޏެވެ.
ޓެކްނޮލޮޖީ އަށް ބަރޯސާވެފައިވާ މި ދުނިޔޭގައި އިންޓަނެޓަކީ ޒަރޫރީ ބޭނުމަކަށް މިއަދު މިވަނީ ވެފައެވެ. ދުވަހެއްދުވަހަކަށް އިންޓަނެޓް ބޭނުންކުރާ މީހުންގެ އަދަދު އިތުރުވަމުން އަންނަ އިރު، އޭގެ ދުވެލި ވެސް ބާރުވާން ޖެހޭކަމަށް ކަމާއި ބެހޭ މާހިރުން އަންނަނީ ބުނަމުންނެވެ.
ލިޔުންތެރިޔާގެ ފުރަމަލަ
- އަޙްމަދު ޝާމިން މައިގަނޑު ގޮތެއްގައި ލިޔާނީ ކުޅިވަރު ޚަބަރުތަކެވެ. ފިލްމީ އަދި މިއުޒިކީ ދާއިރާ ނޫން އެހެން ހުރިހައި ދާއިރާތަކަށް ވެސް ޝާމިން ލިޔާނެއެވެ.
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 5 ޖެނުއަރީ 2022ޚަބަރުކޮވިޑް ކޭސްތައް ގިނަވެ އިނގެރޭސި ލީގު ކަޕް ސެމީ ފައިނަލް މެޗު ފަސްކޮށްފި
- 4 ޖެނުއަރީ 2022ޚަބަރުއާ އަހަރު ކުޅުނު ފުރަތަމަ މެޗުން ޔުނައިޓެޑް ބަލިވެއްޖެ
- 4 ޖެނުއަރީ 2022ޚަބަރުފްރެންޗް ކަޕްގެ ގެ ގަދަ 16 އަށް ޕީއެސްޖީ ދަތުރުކޮށްފި
- 2 ޖެނުއަރީ 2022ޚަބަރުރޮޑްރީގެ ގޯލުން ފަހު ވަގުތު ސިޓީން އާސެނަލް ބަލިކޮށްފި