ދެބަސްވެވެން ނެތް ގޮތުގައި ލޮނުމެދަކީ ދުނިޔޭގައި ހުރި ކާނާގެ ބާވަތްތަކުގެ ތެރެއިން އެއްމެ ގިނަ ކަންކަމަށް ބޭނުންކޮށްލެވޭ އަދި އެއްމެ ސިއްޙަތަށް ފައިދާ ހުރި އެކައްޗެވެ.
ލޮނުމެދަކީ ކާބޯތަކެތި ތައްޔާރުކުރުމުގައި ތަފާތު މީރު ރަހައެއް ލައްވާލުމަށް ބޭނުންކުރެވޭ ތަރުކާރީ އެކެވެ. ސިއްޙީ އެތަކެއް ފައިދާތަކެއް އެކުލެވިގެންވާ އެއްޗެކެވެ. މި ލިޔުމުގައި ބަލައިލެވިފައި ވާނީ ގޭގައި ލޮނުމެދު ހައްދައިގެން ތާޒާ ލޮނުމެދުން ލިބިދޭ ފައިދާތައް ހޯދާނެ ގޮތެވެ.

ލޮނުމެދުން ތަފާތު ގިނަގުނަ ފައިދާތައް ލިއްބައިދޭ
ލޮނުމެދުން ލިބޭ ސިއްޙީ ފައިދާތައް
ކުރިންވެސް ފާހަގަކޮށްލެވުނު ފަދައިން ލޮނުމެދަކީ ނުހަނު ގިނަގުނަ ސިއްޙީ ފައިދާތައް އެކެލެވޭ އެއްޗެކެވެ. ބައެއް ވިޓަމިންސް ތައް އެކުލެވޭ، ކެލޮރީ މަދު ތަރުކާރީ އެކެވެ. ލޮނުމެދުގައި ގިނަ މިންވަރަކަށް މެންގަނީޒް، ވިޓަމިން ބީ6، ވިޓަމިން ސީ އާއި އެކަށީގެންވާ މިންވަރަކަށް ސެލީނިއަމް، ކެލްސިއަމް، ޕޮޓޭސިއަމް އެކުލެވެ އެވެ. މީގެ އިތުރަށްވެސް ބައެއް މާއްދާތައް އެކުލެވިގެންވެ އެވެ. ލޮނުމެދެއްގައި ހުންނަނީ ގާތްގަނޑަކަށް 42 ކެލޮރީސް އެެވެ.
ދިފާޢީ ނިޒާމު ވަރަުގަދަ ކޮށްދިނުން
ލޮނުމެދަކީ ދިފާޢީ ނިޒާމު ވަރުގަދަ ކޮށްދޭ، އަރިދަފުސް ރޯގާފަދަ ބައެއް ބަލިތަކުން ރައްކާތެރިކޮށްދޭ އެއްޗެކެވެ. ދިރާސާތައް ދައްކާގޮތުން އަހަރުމެންގެ ޢާއްމު ކެއުމުގައި ލޮނުމެދު ބޭނުންކުރާނަމަ، ބަލިތައް ޖެހުމުގެ ރިސްކު 63 އިންސައްތަ އަށް ދަށްކޮށްދޭނެ އެވެ. ޚާއްޞަކޮށް އަރިދަފުސް ރޯގާ ޖެހުމާއި ދޯޅު މީހުންނަށް މިއީ ވަރަށް ބޭނުންތެރި ކާނާ އެކެވެ.
ހިތުގެ ސިއްޙަތު ރަނގަޅުކޮށްދިނުން
ކެއުމުގައި ޢާއްމުކޮށް ލޮނުމެދު ބޭނުންކުރުމުން ހިތުގެ ބަލިތައް ޖެހުމުން ދުރުކޮށްދެ އެވެ. ކޮލެސްޓްރޯލް ނުވަތަ ސަރުބީ ކޮންޓްރޯލް ކޮށްދެ އެވެ. ލޭމައްޗަށް ދިއުން ކޮންޓްރޯލް ކުރުމަށްވެސް ލޮނުމެދަކީ ފައްކާ އެއްޗެކެވެ.
ގޭގައި ލޮނުމެދު ހެއްދުން
ލޮނުމެދަކީ އާދަޔާޚިލާފަށް ގިނަގުނަ ފައިދާ ލިއްބައިދޭ ތަރުކާރީ އެކެވެ. މިއީ ފަސޭހަކަމާއި އެކު ގޯތިތެރޭގައި ހައްދައިގެން، ގޭގައި ބޭނުންކޮށްލާވަރަށް އުފެއްދިދާނެ އެއްޗެކެވެ.
މިކަމަށް ބޭނުންވަނީ ވަރަށް ފަސޭހަ ފަސް ކަމެއް ކޮށްލުމެވެ.

ލޮނުމެދުން ގަސްފަޅައި ހެދެން ފަށާފައި
1- ލޮނުމެދުގެ ފިތްތައް ވަކިކޮށްލުމަށްފަހު ފަސްގަނޑު ދޫކޮށް އަދި ތެތްކޮށް ހުންނަ ތަނެއްގައި ދެ އިންޗި ފުނުގައި އިންދާށެވެ. ޕޮޓެއް ނުވަތަ ބާލިދީއެއްގައިވެސް ލޮނުމެދު އިންދިދާނެ އެވެ.
2- ލޮނުމެދުގެ ފޭއްސިފައި ހުންނަ ކޮޅު މައްޗަށް ވާގޮތަށް، މޫތަށް ހުންނަ ކޮޅު އަޑިއަށް ވާގޮތަށް އިންދާށެވެ.
3- ލޮނުމެދުން ކުރިފަޅަން ފެށުމުން ބިންގަނޑު ހިކުނަ ނުދީ ފެންދޭން ވާނެ އެވެ. ނަމަވެސް މާގިނައިން ފެންދެވިއްޖެ ނަމަ ކަމަކުނުދާނެ އެވެ.
4- ގަސް ފޯދި މާ އަޅަން ފެށުމުން މާތައް އަވަހަށް ބިންނަން ވަނެ އެވެ. މިހެން ހެދުމުން އުފެދޭ ލޮނުމެދުގެ ރަހަ ގަދަ ވާނެ އެވެ. މިގޭ އިތުރުން ގަހުގެ ފަތްތައްވެސް ދިގުވާން ފެށުމުން ބުރިކުރަމުން ގެންދިއުމަކީވެސް ބިމަށް ފައިބާ ލޮނުމެދުގެ ކޮލިޓީ ރަނގަޅުކޮށްދޭނެ ކަމެކެވެ.
5- ލޮނުމެދު ގަހުގައި 5 ނުވަތަ 6 ފަތް ލުމުން ބިމަށް ފައިބާފައިވާ ލޮނުމެދު ގޮނޑި ކޮނެގެން ނަގާށެވެ!
މި ޔޫޓިއުބް ވީޑިއޯގައި ވާގޮތަށްވެސް ލޮނުމެދު ހެއްދިދާނެ އެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 10 އޭޕްރިލް 2025ޚަބަރު“ސޮރީ” ގެ ޓްރެއިލާއިން ރެކޯޑެއް މުގުރާލައިފި
- 9 އޭޕްރިލް 2025ޚަބަރުރާއްޖޭގެ “ޓޫ އޮފްއަސް” ބޭންޑުން އިންޑިއާގެ ޖަޖުން އާޝޯޚްކޮށްލާ ފަދަ ހުށައެޅުމެއް!
- 9 އޭޕްރިލް 2025ޚަބަރު“ސޮރީ” ގެ ޓްރެއިލާ އަދި ލަވަތަކަށް ބެލުންތެރިންގެ ބޮޑު ތަރުހީބެއް!
- 6 އޭޕްރިލް 2025ޚަބަރު“އަބަދަށް” ފިލްމުގެ ޓިކެޓް ބްކިން މިއަދު ފަށަނީ!