ބުންޑަސްލީގާ މިރޭ ބައްދަލުކުރި މެޗުގައި ފްރޭންކްފަޓް 5-2 ނަތީޖާއަކުން ބަލިކޮށް ބަޔާން މިއުނިކުން ތާވަލުގެ އެއްވަނަ މަގާމު ދަމަހައްޓައިފިއެވެ.
ބަޔާންގެ ދަނޑުގައި ކުޅުނު މި މެޗުގައި ގިނައިރު ބޯޅަ ހިފަހައްޓައިގެން މޮޅަށް ކުޅެ، ގިނަ ހަމަލާތައް އުފައްދާފައި ވަނީ ބަޔާން އިން ކަން ފާހަގަކޮށްލެވެއެވެ. މެޗުގެ ފުރަތަަމަ ގޯލު ފުރަތަަމަ ހާފުގެ 17 ވަނަ މިނެޓުގައި ތޯމަސް މުލާ ތަނަވަސްކޮށްދިން ފުރުސަތަކުން ކާމިޔާބު ކޮށްދިނީ ލިއޮން ގޮރެޓްޒްކާ އެވެ. ފުރަތަަމަ ހާފު ނިމެން އުޅެނިކޮށް އަލްފޮންސޯ ޑޭވިސް ތަނަވަސްކޮށްދިން ފުރުސަތަކުން ތޯމަސް މުލާ ވަނީ ގޯލެއް ޖަހައި، ބަޔާންގެ ލީޑު ފުޅާކޮށްދީފައެވެ.
ދެވަނަ ހާފު ފެށުނުތަނާ ކިންގްސްލީ ކޯމަން ތަނަވަސްކޮށްދިން ފުރުސަތަކުން ރޮބަޓް ލެވަންޑޮވްސްކީ ވަނީ ގޯލެއް ޖަހައި ބަޔާންގެ ލީޑު އިތުރަށް ފުޅާކޮށްދީފައެވެ. ލެވަންޑޮވްސްކީ ގެ މި ގޯލަށްފަހު، ފްރޭންކްފަޓް އިން ވަނީ އެޓީމުގެ ކުޅުން ރަނގަޅުކޮށް ގޯލެއް ޖެހުމަށް މަސައްކަތް ކޮށްފައެވެ. އެގޮތުން ކައިރިކައިރީގައި އެޓީމުން ވަނީ ދެ ގޯލު ޖަހާފައެވެ. މެޗުގެ 52 ވަނަ މިނެޓާއި، 55 ވަނަ މިނެޓުގައި އެޓީމުގެ ޑިފެންޑަރު މާޓިން ހިންޓެރެގާ ވަނީ ގޯލު ޖަހައި ބަޔާން އާއި ދެމެދު އޮތް ފަރަގު ކުޑަކޮށްފައެވެ. މި ދެ ގޯލަކީ ވެސް އެ ޓީމަށް ލިބުނު ކޯނަރުން ކާމިޔާބުކުރި ދެ ގޯލެވެ. މި މެޗުން ޕޮއިންޓެއް ހޯދުމަށް ފްރޭންކްފަޓް އިން ކުރަމުން އައި މަސައްކަތަށް އިތުރު ހުރަސްތަކެއް ކުރިމަތިވީ 61 ވަނަ މިނެޓުގައި އަލްފޮންސޯ ޑޭވިސް ގޯލެއް ޖަހައި، ބަޔާންގެ ލީޑު އިތުރަށް ފުޅާކޮށްދިން ހިސާބުންނެވެ. ބަޔާންގެ ފަސްވަނަ ގޯލަކީ ހިންޓެރެގާ އަތުން ބައިކޮޅަށް ވަން ގޯލެކެވެ.
މި މެޗުން ހޯދި ތިން ޕޮއިންޓާއެކު، މިހާތަނަށް ކުޅުނު 27 މެޗުން 61 ޕޮއިންޓް ހޯދައިގެން ތާވަލުގެ އެއްވަނައިގައި ބަޔާން މިއުނިކް އޮތްއިރު، 27 މެޗުން 57 ޕޮއިންޓު ހޯދައިގެން ތާވަލުގެ ދެވަނައިގައި އޮތީ ބޮރޫސިއާ ޑޯޓްމަންޑެވެ. ތާވަލުގެ ތިންވަނައިގައި 53 ޕޮއިންޓާއެކު، އޮތީ ބަޔާން ލެވަކޫސަން އެވެ.
ލިޔުންތެރިޔާގެ ފުރަމަލަ
- އަޙްމަދު ޝާމިން މައިގަނޑު ގޮތެއްގައި ލިޔާނީ ކުޅިވަރު ޚަބަރުތަކެވެ. ފިލްމީ އަދި މިއުޒިކީ ދާއިރާ ނޫން އެހެން ހުރިހައި ދާއިރާތަކަށް ވެސް ޝާމިން ލިޔާނެއެވެ.
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 5 ޖެނުއަރީ 2022ޚަބަރުކޮވިޑް ކޭސްތައް ގިނަވެ އިނގެރޭސި ލީގު ކަޕް ސެމީ ފައިނަލް މެޗު ފަސްކޮށްފި
- 4 ޖެނުއަރީ 2022ޚަބަރުއާ އަހަރު ކުޅުނު ފުރަތަމަ މެޗުން ޔުނައިޓެޑް ބަލިވެއްޖެ
- 4 ޖެނުއަރީ 2022ޚަބަރުފްރެންޗް ކަޕްގެ ގެ ގަދަ 16 އަށް ޕީއެސްޖީ ދަތުރުކޮށްފި
- 2 ޖެނުއަރީ 2022ޚަބަރުރޮޑްރީގެ ގޯލުން ފަހު ވަގުތު ސިޓީން އާސެނަލް ބަލިކޮށްފި