ކޮވިޑް-19 އާއި ގުޅިގެން މެދުކަނޑާލާފައި އޮތުމަށް ފަހު، އިނގެރޭސި ޕްރިމިއަރ ލީގު އަލުން ފެށުމަށް ތައްޔާރުވުމުގެ ގޮތުން، ހުރިހާ ކުލަބެއްގެ ކުޅުންތެރިންނާއި، މުވައްޒަފުން ގެންދަނީ ކޮވިޑް-19 އަށް ޓެސްޓު ކުރަމުންނެވެ.
އެގޮތުން ފުރަތަަމަ ބުރުގައި ނެގި 748 ސާމްޕަަަލުން 6 މީހަކު ކޮވިޑް-19 އަށް ފައްސިވެފައި ވާއިރު، ދެވަނަ ބުރުން ނެގި 996 ސާމްޕަލުން 2 މީހަކު މި ވަނީ ފައްސިވެފައެވެ. ކޮވިޑް-19 އަށް ޓެސްޓު ކުރުމަށް ޕްރިމިއަރ ލީގުގައި ހިމެނޭ 20 ކުލަބުގެ ތެރެއިިން ކޮންމެ ކުލަބަކުން ވެސް 50-40 ދޭތެރޭގެ އަދަދަކަށް ސާމްޕަލް ނަގައެވެ. ކޮވިޑް-19 އަށް ޓެސްޓު ކުރުމަށް މިހާތަނަށް ކުރިއަށް ގެންދިޔަ ދެ ބުރުން ޖުމުލަ 8 މީހަކު ވަނީ ފައްސިވެފައެވެ. އެއީ ގާތްގަނޑަކަށް 0.45 އިންސައްތަ އެވެ. ޓެސްޓުކުރުމުގެ ދެ ބުރު މިހާރު ނިމިފައިވާއިރު، ތިންވަނަ ބުރު ކުރިއަށް ގެންދާނީ އަންނަ ހޯމަ އަދި އަންގާރަ ދުވަހުގައެވެ.
ހޮނިހިރު ދުވަހުގެ ހަވީރުގެ ވަގުތެއްގައި ޕްރިމިއަރ ލީގުން ނެރުނު ސްޓޭޓްމަންޓެއްގައި ބުނެފައިވަނީ މެއި 19، 21 އަދި 22 ވަނަ ދުވަހު އެ ލީގުގެ ހުރިހާ ޓިމުތަކެއްގެ ކުޅުންތެރިންނާއި، މުވައްޒަފުން ހިމެނޭގޮތަށް 996 ސާމްޕަލެއް ނަގާފައިވާ ކަމަށާއި، އޭގެތެރެއިން ދެ ކުލަބެއްގެ ދެ ސާމްޕަލެއް ކޮވިޑް-19 އަށް ފައްސިވެފައިވާ ކަމަށެވެ.
ޕްރިމިއަރ ލީގުން ނެރުނު ސްޓޭޓްމަންޓުގައި އިތުރަށް ބުނެފައިވަނީ ކޮވިޑް-19 އަށް ފައްސިވާ ކުޅުންތެރިންނާއި، ސްޓާފުންނާއި އަދި ކުލަބުގެ ނަން ވެސް ހާމަ ނުކުރާނެ ކަމަށާއި ނަމަވެސް، ޓެސްޓު ކުރުމުގެ ކޮންމެ ބުރެއް ނިމުމުން ނަތީޖާތައް އާންމުކުރާނެ ކަމަށެވެ. އަދި، މި މަޢުލޫމާތުތައް އެ ލީގުން އާންމު ކުރަނީ ނަޒާހަތްތެރިކަމާއި އެކީ، ދެފުށް ފެންނަގޮތަށް އެކަން ކުރިއަށް ގެންދަން ބޭނުންވާތީ ކަމަށް ވެސް އެ ސްޓޭޓްމަންޓުގައި ބުނެފައިވެއެވެ. ކޮވިޑް-19 އަށް ފައްސިވި މީހުން ހަތް ދުވަހުގެ މުއްދަތަކަށް އަމިއްލައަށް އެކަހެރިވުމަށް މިހާރު ވަނީ އަންގާފައެވެ.
ލިޔުންތެރިޔާގެ ފުރަމަލަ
- އަޙްމަދު ޝާމިން މައިގަނޑު ގޮތެއްގައި ލިޔާނީ ކުޅިވަރު ޚަބަރުތަކެވެ. ފިލްމީ އަދި މިއުޒިކީ ދާއިރާ ނޫން އެހެން ހުރިހައި ދާއިރާތަކަށް ވެސް ޝާމިން ލިޔާނެއެވެ.
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 5 ޖެނުއަރީ 2022ޚަބަރުކޮވިޑް ކޭސްތައް ގިނަވެ އިނގެރޭސި ލީގު ކަޕް ސެމީ ފައިނަލް މެޗު ފަސްކޮށްފި
- 4 ޖެނުއަރީ 2022ޚަބަރުއާ އަހަރު ކުޅުނު ފުރަތަމަ މެޗުން ޔުނައިޓެޑް ބަލިވެއްޖެ
- 4 ޖެނުއަރީ 2022ޚަބަރުފްރެންޗް ކަޕްގެ ގެ ގަދަ 16 އަށް ޕީއެސްޖީ ދަތުރުކޮށްފި
- 2 ޖެނުއަރީ 2022ޚަބަރުރޮޑްރީގެ ގޯލުން ފަހު ވަގުތު ސިޓީން އާސެނަލް ބަލިކޮށްފި