ބަރަކާތްތެރި ފިތުރު ޢީދާ ދިމާކޮށް މުނިއަވަސް އިން ފޭސްބުކްގައި ކުރިއަށް ގެންދިޔަ ލައިކް އެންޑް ޝެއަރ ޢީދު ހަދިޔާ ޕްރޮމޯޝަން ނިންމާ ނަސީބުވެރިޔާއާއި އިނާމު ހަވާލުކޮށްފިއެވެ. އީދު ހަދިޔާ ލިބުނު ނަސީބުވެރިޔަކީ ޞަފާ ހުސައިންއެވެ.

“ފުރަތަމަ ފެނުނީ ފްރެންޑެއް އެޔައް ލައިކް ކޮށްލަދޭން ބުނެފަ އިންދާ. ދެން ހިތަށް އެރީ ޓްރައިކޮށްލަން. ދެން އެދުވަސްކޮޅު އެހެން ތަނަކުން އިން މިކަހަލަ ޕްރޮމޯޝަނަކަށް ފްރެންޑެއް އެ ޕްރޮމޯޝަނަށް ހެލްޕްވެދޭން ބުނީ. ދެން މުނިއަވަސްގެ ޕްރޮމޯޝަން ބައިންދާފަ އެކުއްޖާއަށް ހެލްޕްވެދިނީ. އެ ޕްރޮމޯޝަން މާ އަވަހަށް ނިމެން އިނީމަ. ދެން އެކުއްޖާ ބުނި މިއަށް ހެލްޕް ވެދޭނަމޭ. ދެން ފްރެންޑްސް އާ ފެމެލީގެ ހެލްޕާއެކު ވިންވީ. ވަރަށް އުފާވި ވިންވީމަ. އަސްލު ލާރިއަކަށް ނޫން މަސައްކަތް ކުރީ. ހަމަ ވިންވާން ބޭނުންވީ.”

ޢީދު ހަދިޔާ ލިބުން އުފަލުން ހުރެ، ޞަފާ މުނިއަވަސް އަށް ބުންޏެވެ.

ނަސީބުވެރިޔަކަށް 3000 ދިވެހި ރުފިޔާ ދޭގޮތަށް މުނިއަވަސް އިން ކުރިއަށް ގެންދިޔަ މި ޕްރޮމޯޝަނަކީ މިހާތަނަށް މުނިއަވަސް އިން ބޭއްވި މިފަދަ ފުރުތަމަ ޕްރޮމޯޝަނެވެ. ނިމުނު ރޯދަ މަހު މުނިއަވަސް އިން ކުރިއަށް ގެންދިޔަ މި ޕްރޮމޯޝަނަށް ވަރަށް ބޮޑު ތަރުހީބެއް ލިބިފައިވާކަން ފާހަގަކޮށްލެވެއެވެ. މާތް ﷲ ގެ އިރާދަފުޅުން ކުރިއަށް އޮތް ތަނުގައި މިފަދަ އިތުރު ޕްރޮމޯޝަންތައް މުނިއަވަސްގެ ފަރާތުން ކުރިއަށް ގެންދާނެ ވާހަކަ އެންމެހާ ކިޔުންތެރިންނަށް ދަންނަވަމެވެ.

ޕްރޮމޯޝަން ކާމިޔާބު ކުރި ޞަފާ އަށް މުނިއަވަސްގެ މުޅި ޓީމާއި ކިޔުންތެރިންގެ ނަމުގައި މަރްޚަބާ ދަންނަވަމެވެ. އަދި މި ޕްރޮމޯޝަން ގައި ބައިވެރިވި އެހެން ފަރާތްތައް ކުރެއްވި ބުރަ މަސައްކަތް ފާހަގަކޮށް އެ ފަރާތްތަކަށް ވެސް ޝުކުރު ދަންނަވަމެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އާމިނަތު ސަޒްރާ
މުނިއަވަސްގެ ޑެޕިއުޓީ އެޑިޓަރ ސަޒްރާ އަކީ ކުރިން ރާއްޖެ ޓީވީގައި މަސައްކަތްކޮށްފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. މުނިފޫހިފިލުމުގެ ދާއިރާގެ އިތުރުން އިޖުތިމާޢީ ދާއިރާގައިވެސް ސަޒްރާ ޚާއްޞައެވެ.