ރާއްޖޭގެ ޒުވާން އަދި ހުނަރުވެރި އެކްޓަރ ޖުމައްޔިލް ނިމާލް (ޖުމަލް)ގެ ނަމުގައި ފޭސްބްކްގައި ގިނަ އެކައުންޓްތަކެއް ހުންނަކަން ސާޗްކޮށްލުމުން ފާހަގަވާނެއެވެ.
އެކަމަކު އެނގޭހެއްޔެވެ؟ ޖުމައްޔިލް ނިމާލް ފޭސްބްކް އެކައުންޓެއް ނުގެންގުޅެއެވެ. ހިންގަމުން އެ ދަނީ ފިނޑި ބަޔަކު ހިންގަމުން އަންނަ ފޭކް އެކައުންޓްތަކެކެވެ.
ޖުމަލް ފޭސްބްކް އެކައުންޓެއް ނުގެންގުޅޭތާ 03 އަހަރަށް ވުރެން ގިނަ ދުވަސްވެދާނެ ކަމަށް މުނިއަވަސް އަށް ބުންޏެވެ.
“ފޭސްބްކް ގަ ނޫޅޭތާ 03 އަހަރަށް ވުރެން ގިނަ ދުވަސް ވެއްޖެ. ޖުމައްޔިލްގެ ނަމުގަ ހުރި ހުރިހާ ޕްރައިވެޓް އެކައުންޓްތަކަކީ ހުސް ފޭކް. އެކަމަކު ފޭން ޕޭޖެއް އިންނާނެ ފޭން އެއް ހިންގާ. ފޭން ޕޭޖް ނޫން ހުރިހާ ޕްރައިވެޓް އެކައުންޓްތަކަކީ ހުސް ފޭކް އައިޑީސް. ފޭސްބްކް އިން ޖުމައްޔިލްގެ ނަމުގަ ވާހަކަ ދައްކާފަ ހުންނާނީ އަޅުގަނޑެއް ނޫން.” ޖުމަލް ބުންޏެވެ.

ޖުމަލްގެ ނަމުގައި ބަޔަކު ހިންގާ ފޭކް އެކައުންޓްތަކެއް
ޖުމަލްގެ ބައްޕަ މަޝްހޫރު އެކްޓަރ އަޙްމަދު ނިމާލް ބުނީ ޖުމަލްގެ ނަމުގައި ހިންގާ ފޭކް އެކައުންޓްތަކުން މުއާމަލާތުކުރަނީ ވެސް ވަރަށް ހަޑިކޮށް ކަމަށާއި ޖުމަލް ފޭސްބްކް އައިޑީއެއް ނުގެންގުޅޭ ކަމަށެވެ.
ޖުމަލްގެ ފޭނުން އަސްލު ޖުމަލްއަށް ފޮލޯކުރުމަށް ޖުމަލްގެ ޓްވިޓަރ ނުވަތަ އިންސްޓާގްރާމް އިޚްތިޔާރުކޮށްލުން އެއީ އެއްމެ ބުއްދިވެރި ގޮތެވެ.
ލިޔުންތެރިޔާގެ ފުރަމަލަ
