ރާއްޖޭގައި އުޅޭ ބަންގްލަދޭޝްގެ ރައްޔިތުންގެ ތެރެއިން އިތުރު 198 މީހަކު މިއަދު އެ ގައުމަށް ފޮނުވާލައިފިއެވެ.

މިކަން ހާމަކުރަމުން ރާއްޖޭގެ ގައުމީ އެއާލައިން މޯލްޑިވިއަން އިން ކުރި ޓްވީޓެއްގައި ބުނެފައިވަނީ އެ އެއާލައިންގެ ފުލައިޓެެއްގައި ބަންގްލަދޭޝްގެ އިތުރު 198 މީހަކު އެ ގައުމަށް ފޮނުވާލާފައިވާ ކަމަށެވެ. އަދި މިއީ އެ އެއާލައިނުން ބަންގްލަދޭޝް އަށް ކުރާ މިފަދަ ހަވަނަ ދަތުރުކަމަށް ވެސް އެ ޓްވީޓުގައި ބުނެފައިވެއެވެ.

މިހާތަނަށް ބަންގްލަދޭޝް އަށް ނިސްބަތްވާ ގާތްގަނޑަކަށް ހާހަކަށް ވުރެ ގިނަމީހުން އެ ގައުމަށް ފޮނުވާލާފައި ވާއިރު، އޭގެ ތެރޭގައި ގިނައީ ގަވާއިދާ ޚިލާފަށް އުޅޭ މީހުން ކަން ފާހަގަކޮށްލެވެއެވެ. އަދި އެމީހުން ބަންގްލަދޭޝް އަށް ފޮނުވާލާފައި ވަނީ މޯލްޑިވިއަންގެ ފްްލައިޓުތަކާއި، ދިވެހި ސަރުކާރުން ޗާޓަރު ކުރި ބަންގްލަދޭޝްގެ ފްލައިޓަކާއި، އަދި އެ ގައުމުގެ އަސްކަރީ ދެ މަތިންދާ ބޯޓެއް ބޭނުންކޮށްގެން ކަން ފާހަގަކޮށްލެވެއެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ޝާމިން
އަޙްމަދު ޝާމިން މައިގަނޑު ގޮތެއްގައި ލިޔާނީ ކުޅިވަރު ޚަބަރުތަކެވެ. ފިލްމީ އަދި މިއުޒިކީ ދާއިރާ ނޫން އެހެން ހުރިހައި ދާއިރާތަކަށް ވެސް ޝާމިން ލިޔާނެއެވެ.