‘ބޫމް’ ކްރޫސް ކުރާނީ ނުވަތަ ދަތުރުކުރާނީ 60،000 ފޫޓް މަތިން. ފަސިންޖަރުންނަށް ދުނިޔޭގެ ކަރވޭޗަރ (ދުނިޔޭގެ ބުރުގެ ލެނބުން) ފެންނާނެ.

40 ގޮނޑީގެ މި ބޯޓުގައި ލަންޑަނުން ނިވްޔޯރކަށް 3.5 ގަޑިއިރުން ދެވޭނެ.

500 ރޫޓްން (މަގުން) ދަތުރުކުރެވޭނެ. އޭގެތެރޭގައި ސެންފްރެންސިސްކޯ އިން ޓޯކިޔޯ އަށް ފަސްގަޑިއިރުން އަދި ލޮސްއެންޖެލަސް އިން ސިޑްނީއަށް ހަ ގަޑި އިރުން ދަރުރުކޮށްލެވޭނެ.

[avatar user=”[email protected]” size=”thumbnail” align=”left”]ލިޔުންތެރިކަމާއި، ވީޑިއޯ އަދި އޯޑިއޯ އާއި ގުޅުންހުރި މަސައްކަތްތަކަކީ ކުރާހިތުން ކުރާ މަސައްކަތެކެވެ.[/avatar]

އަޑާއި އެއްވަރަށް، ވައިގެމަގުން ހެޔޮ އަގެއްގައި ދަތުރުފަތުރު ކުރުމުގެ ނިޒާމެއް ޤާއިމުކުރުމުގެ އުއްމީދަކީ އެމެރިކާގެ ކުންފުންޏަކުން ދެކެމުން އަންނަ ހުވަފެނެކެވެ. ‘ބޫމް’ ގެ ނަމުން ނަންދީފައިވާ 40 ގޮނޑީގެ މަތިންދާބޯޓެއްގައި އިނގިރޭސިވިލާތުގެ ލަންޑަނުން، އެމެރިކާގެ ނިވްޔޯރކަށް 3.5 ގަޑިއިރުން އެއްމެ 5،000 އެމެރިކާ ޑޮލަރު ހޭދަކޮށްގެން ދަތުރުކޮށްލުމުގެ ނިޒާމެއް ވަނީ ޤާއިމުކޮށްފައެވެ. މިކަމުގެ ފަހަތުގައިވާ ‘ދަ ޑެންވަރ ފަރމް’ އިން ބުނީ އެކަމަށްޓަކައި ޕްރޮޓޯޓައިޕް ނުވަތަ މޮޑެލް އިންޖީނު އުފެއްދުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށެވެ.

“މިކަމުގެ މައިގަނޑު ވިސްނުމަކީ ފަސިންޖަރުން އުފުލާ އެހެން މަތިންދާބޯޓް ތަކަށް ވުރެން ބާރަށް ދަތުރުކުރާ ބޯޓެއް އުފެއްދުން. އަދި ހަމަ އެއް އަގެއްގައި ބިޒްނަސް ކްލާސްގައި މިފަދަ ބޯޓެއްގައި ދަތުރުކޮށްލެވޭގޮތް ހެދުން.” ދަ ޑެންވަރ ފަރމްގެ ފައުންޑަރ އަދި ކުރިން އެމެޒަންގައި ވަޒީފާ އަދާކޮށްފައިވާ އުމުރުން 35 އަހަރުގެ ބްލޭކް ޝޮލް ބުނެއެވެ.

މި މަތިންދާބޯޓް ހަދަނީ އެލްމިނިއަމްގެ ބަދަލުގައި ކާބަން-ފައިބަރ ގެ މާއްދާއެއް ބޭނުންކޮށްގެންނެވެ. ޑެންވަރ ފަރމް އިން ބުނަނީ އެފަދަ މާއްދާއެއް ބޭނުންކޮށްގެން ހަދާފައިވާ އެތައް މިލިޔަން އެއްޗެހި ކޮންމެދުވަހަކުވެސް ސިމިއުލޭޓް ވާކަމަށެވެ. އެ ސިމިއުލޭޝަންތަކަށް ބަލާއިރު، ބޫމް އުފައްދާފައިވާ ޑިޒައިންތައް ކޮންކޯޑާއި އަޅައި ބަލާއިރު މާ އަޑުމަޑެވެ.

ހީތުރޯ އެއަރޕޯޓްގައި 'ބޫމް' ގެ ނަމޫނާ އެއް ބާއްވާލާފައި – ބޫމް އުފެއްދި މީހުން އުއްމީދުކުރަނީ ޓެސްޓް ފްލައިޓްތަކަށްފަހުން އެއަރޕޯޓްތަކުގައި މި ބޭނުންކުރެވެން ފެށުން

ހީތުރޯ އެއަރޕޯޓްގައި ‘ބޫމް’ ގެ ނަމޫނާ އެއް ބާއްވާލާފައި – ބޫމް އުފެއްދި މީހުން އުއްމީދުކުރަނީ ޓެސްޓް ފްލައިޓްތަކަށްފަހުން އެއަރޕޯޓްތަކުގައި މި ބޭނުންކުރެވެން ފެށުން

ބޫމް ގެ 40 ގޮނޑި ހުންނާނީ ދެބަރިއަކަށެވެ. އެހެން ހުރުމުން ކޮންމެ ފަސިންޖަރަކަށްވެސް ކުޑަދޮރުކައިރީގައި އިނުމުގެ ފުރުޞަތު ލިބި ހިނގާބިނގާވާނެ މަގެއް (ތަން) ކައިރިން ލިބެން އޮންނާނެ އެވެ. ބޯޓުގެ ބަރުދަން ލުއި ކުރުމުގެ ގޮތުން ގޮނޑިތައް ހުންނާނީ އާއްމުކޮށް މި ހުންނަ ޑޮމެސްޓިކް ފުރަތަމަ ކުލާހުގެ ބޯޓްތަކުގެ ގޮނޑިތައް ހުންނަ ފެންވަރުގައެއް ނޫނެވެ. މާނައަކީ ގޮނޑިތައް މަތިކޮށް، ތިރިކޮށް އޮށޯވެވޭގޮތް ހެދެން ނުހުންނާނެއެވެ.

އުދުހުމުގައި ހޭދަކުރަންޖެހޭ ވަގުތު ކުޑަކުރުމުގެ ގޮތުން ‘ބޫމް’ ކްރޫސް ކުރާނީ ނުވަތަ ދަތުރުކުރާނީ 60،000 ފޫޓް މަތިންނެވެ. މިކަމުގެ ސަބަބުން ފަސިންޖަރުންނަށް ދުނިޔޭގެ ކަރވޭޗަރ (ދުނިޔޭގެ ބުރުގެ ލެނބުން) ފެންނާނެ އެވެ. އަދި އެހެނިހެން ޢާއްމު ފަސިންޖަރުން އުފުލާ މަތިންދާބޯޓަށްވުރެން 2.6 ގުނަ ބާރަށް މި ބޯޓް ދަތުރު ކުރާނެއެވެ.

40 ގޮނޑީގެ 'ބޫމް' މަތިންދާބޯޓް ގައި ލަންޑަނުން ނިވްޔޯރކަށް 3.5 ގަޑިއިރުން އެއްމެ 5،000 އެމެރިކާ ޑޮލަރު ހޭދަކޮށްގެން ދަތުރުކޮށްލެވޭނެ

40 ގޮނޑީގެ ‘ބޫމް’ މަތިންދާބޯޓް ގައި ލަންޑަނުން ނިވްޔޯރކަށް 3.5 ގަޑިއިރުން އެއްމެ 5،000 އެމެރިކާ ޑޮލަރު ހޭދަކޮށްގެން ދަތުރުކޮށްލެވޭނެ

މީގެ ބޯޓެއްގައި ކުރާ ދަތުރުތަކާއި މިހާރު މިގެންގުޅޭ ބޯޓެއްގެ ދަތުރާއި އަޅައި ބަލާއިރު ބޫމް އަށް 500 ރޫޓްން (މަގުން) ދަތުރުކުރެވޭނެ އެވެ. އޭގެތެރޭގައި ސެންފްރެންސިސްކޯ އިން ޓޯކިޔޯ އަށް ފަސްގަޑިއިރުން އަދި ލޮސްއެންޖެލަސް އިން ސިޑްނީއަށް ހަގަޑިއިރުން ދަތުރު ކޮށްލެވޭނެ އެވެ. ލަންޑަނުން ނިވްޔޯރކަށް 3.5 ގަޑިއިރުން ދަތުރުކޮށްލެވުމަކީ ވަރަށް ގިނަ ވަގުތު ސަލާމަތް ކޮށްލެވޭގޮތް ވުމެވެ. މީގެ މާނައަކީ ހެނދުނު 6 ޖަހާއިރު ނިއުޔޯކުން ފުރައިގެން ލަންޑަނަށް ގޮސް މެންދުރުފަހު އޮންނަ ބައްދަލުވުމެއްގައި ބައިވެރިވެލުމާއި ރޭގަނޑުގެ ކެއުމަށް ގޮސްލާފައި ކުދިން ނިންދަވަން ވާއިރަށް އަނެއްކާ އެނބުރި ނިއުޔޯކްގައި ހުންނަ ގެއަށް ގޮސް ވަދެވޭގޮތް ވުމެވެ. 7 ގަޑިއިރުން ކޮށްލެވޭ ދަތުރެއްގައި 3.6 ގަޑިއިރު ސަލާމަތްކޮށްލެވޭގޮތް ވުމަކީ ވަދިކޮށް އުޅޭ މި ޒަމާނުގައި ކިހައި ބޭނުންތެރިކަމެއް ހެއްޔެވެ.

‘ބޫމް’ ގެ ފުރަތަމަ ޓެސްޓް ފްލައިޓްތައް ޑެންވަރ ގެ ސެންޓިނިއަލް އެއަރޕޯޓުގައި ކުރިއަށް ގެންދިއުމަށްވަނީ ނިންމާފައެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.