އިތުރު 5 މީހަކު ރަނގަޅުވެ، ރާއްޖޭގައި ކޮވިޑް-19 އަށް ފައްސިވި މީހުންގެ ތެރެއިން، ރަނގަޅުވި މީހުންގެ އަދަދު 406 އަށް އަރައިފިއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީން ޑޭޝްބޯޑުގައި ބަޔާންކޮށްފައިވާ ގޮތުން މިވަގުތާއި ހަމައަށް، 406 މީހުން ކޮވިޑް-19 އިން ވަނީ ރަނގަޅުވެފައެވެ. ކޮވިޑް-19 އާއި ގުޅިގެން ރާއްޖޭގެ ޙާލަތާއި ބެހޭގޮތުން އެންމެ ފަހުގެ މަޢުލޫމާތު ފޯރުކޮށްދިނުމަށް ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުން ދަރުބާރުގޭގައި ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ސެންޓަރުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ ރޭގެ ނިޔަލަށް 401 މީހަކު ކޮވިޑް-19 އިން ރަނގަޅުވެފައިވާ ކަމަށެވެ.
ރާއްޖެއިން ކޮވިޑް-19 އަށް މިހާތަަނަށް 1672 މީހަކު ފައްސިވެފައި ވާއިރު، އެބަލި ޖެހިގެން ރާއްޖެއިން މިހާތަނަށް ވަނީ 5 މީހަކު މަރުވެފައެވެ. ކަރަންޓީނުގައި 1580 މީހުން ތިބިއިރު، އައިސޮލޭޝަން ގައި 1189 މީހުން މިވަގުތާ ހަމައަށް އެބަތިބި ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީގެ ޑޭޝްބޯޑުގެ އެންމެ ފަހުގެ ހިސާބުތަކުން ދައްކައެވެ.
ލިޔުންތެރިޔާގެ ފުރަމަލަ
- އަޙްމަދު ޝާމިން މައިގަނޑު ގޮތެއްގައި ލިޔާނީ ކުޅިވަރު ޚަބަރުތަކެވެ. ފިލްމީ އަދި މިއުޒިކީ ދާއިރާ ނޫން އެހެން ހުރިހައި ދާއިރާތަކަށް ވެސް ޝާމިން ލިޔާނެއެވެ.
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 5 ޖެނުއަރީ 2022ޚަބަރުކޮވިޑް ކޭސްތައް ގިނަވެ އިނގެރޭސި ލީގު ކަޕް ސެމީ ފައިނަލް މެޗު ފަސްކޮށްފި
- 4 ޖެނުއަރީ 2022ޚަބަރުއާ އަހަރު ކުޅުނު ފުރަތަމަ މެޗުން ޔުނައިޓެޑް ބަލިވެއްޖެ
- 4 ޖެނުއަރީ 2022ޚަބަރުފްރެންޗް ކަޕްގެ ގެ ގަދަ 16 އަށް ޕީއެސްޖީ ދަތުރުކޮށްފި
- 2 ޖެނުއަރީ 2022ޚަބަރުރޮޑްރީގެ ގޯލުން ފަހު ވަގުތު ސިޓީން އާސެނަލް ބަލިކޮށްފި