އޭ އިންސާނާއެވެ. އަދިވެސް އިބުރަތް ހާޞިލުކޮށް ކުރެވިފައިވާ ކުށްތަކަށް ތަޢުބާވާކަށް ނުވޭ ހެއްޔެވެ؟ ނުވަތަ ބޮޑާކަމާއި ކިބުރުވެރިކަމާއެކު ގޮތްދޫކުރަން ބޭނުންނުވަނީ ހެއްޔެވެ؟ ނިކަން ބަލާބަލާށެވެ. އިއްޔެ ގަދަބާރު ދައްކާފައި ދުނިޔޭގެ ބާރުތަކުގެ ގޮތުގައި މަޝްހޫރުވެފައިވާ ގައުމުތައް މިއަދު ކޮބައި ހެއްޔެވެ؟ އެ ގައުމުތަކުގެ މިލިޓަރީ ހަތިޔާރުތަކާއި، ގުނާ އަދަދު ނުކުރެވޭހާ ފައިސާތައް ކޮބައި ހެއްޔެވެ؟ އެތަކެތިން މިއަދު އެއްވެސް ފައިދާއެއް ނުވަތަ މަންފާއެއް އެބައިމީހުންނަށް އެބަ ކުރޭ ހެއްޔެވެ؟ ސިއްޙީ ރޮނގުންނާއި، ތަރައްގީގެ އެކިއެކި ރޮނގުތަކުން ކުރިއަރާފައިވާ ބިޔަ ގައުމުތަކުން މިއަދު ފެނިގެންދަނީ ކޮން މަންޒަރެއް ހެއްޔެވެ؟ މި ސުވާލުތަކަކީ ހަމަ ކޮންމެ ފަރުދަކުވެސް އަމިއްލަ ނަފުސާއި ކޮއްލުން މުހިންމު ސުވާލުތަކެކެވެ.
އަޅުގަނޑުމެން އިންސާނުން މިއަދު މިވަނީ މާތްﷲ ހެއްދެވި ލޮލަށް ނުފެންނަ ކުޑަކުޑަ މަޚުލޫޤަކާއި ހަނގުރާމަކުރަން މަޖުބޫރުވެފައެވެ. މި ހަނގުރާމައިގައި ވަގުތީ މި ދުނިޔެއާއި އެތައް ހާސް ބަޔަކު ދަނީ އަލްވަދާޢު ކިޔަމުންނެވެ. މިއަދު ދުނިޔޭގެ ގަދަ ބާރުތަކުގެ ބޮޑެތި ހަސްފަތާލުތައް ފުރި ބާރުވެފައި ވަނީ ވެސް ހަމަ މި މަޚުލޫޤުގެ ސަބަބުންނެވެ. ކޮރޯނާ ވައިރަސް އާ ދެކޮޅަށް މުޅި ދުނިޔެ ކުރާ މި ހަނގުރާމަ ނިމި، މިނިވަން ޖައްވަކަށް އަލިވިލޭނެ ފަތިހެއް އަންނަން އުޅޭކަމުގެ އުންމީދީ އުއްބައްތީގެ ހުޅުކޮޅު ދިއްލޭނެ ވަގުތަކަށް ތާއަބަދު އިންތިޒާރުކުރަން މިވަނީ މަޖުބޫރުވެފައެވެ. މިއީ އަސްލު އިންސާނުންގެ ހާލަތެވެ. މިއީ ނިކަމެތި އިންސާނުންގެ ފެންވަރެވެ. ވީއިރު، ކިރިޔާ ދެފޮތި ލާރި އަތަށް އަރާއިރަށް ބިރެއްނެތި އުޅެނީ ކީއްވެގެން ހެއްޔެވެ؟ އޭ އިންސާނާ އެވެ. ބިރެއް، ފިކުރެއް އަދި ޚިޔާލެއް ނެތި ތިމާގެ ވެރި ރައްބަށް އުރެދެމުން ދާއިރު، ކުޑަކުޑަ ވައިރަސް އެއްގެ ކުރިމަތީގައި ވެސް ތިމާގެ ނިކަމެތިކަން ހާމަވެގެން އެބަދެއެވެ.
ކޮވިޑް-19 ގެ ނަމުން ނަން ދެވިފައި މިވާ ވަބާ ދުނިޔެއަށް ފެތުރުމުގެ ކުޑަ ދުވަސްކޮޅެއް ކުރިއަށް ނަޒަރު ހިންގާލަމާ ތޯއެވެ؟ ބައެއް ގައުމުތަކުގައި މުސްލިމުން ދިރިތިއްބާ އަންދާ އަޅިއަށް ހަދަމުން ދިޔައީ އެއްވެސް ރަޙުމެއް ނެތިއެވެ. އަނެއްބައި ގައުމުތަކުގައި މުސްލިމު އަންހެން ކަނބަލުންގެ އަބުރު ކަތިލައި އިއްފަތްތެރިކަން ފޭރި ގަންނަމުން ދިޔައީ އެއްވެސް ހަމްދަރުދީ ވުމެއް ނެތިއެވެ. މޫނު ބުރުގާ އެޅުން ދިޔައީ މަނާ ކުރަމުންނެވެ. މިސްކިތްތަކަށް ދިޔައީ ބޮންތައް އަޅަމުންނެވެ. އަޅުގަނޑު މިހެން ދެންނެވިޔަސް، މިއީ ބައެއް ގައުމުތަކުގައި މުސްލިމުން އަޚުންނާއި، އުޚުތުން އަބަދުމެ އުޅޭ ނިކަމެތި ދަތި ހާލެވެ.
ކޮވިޑް-19 ގެ ސަބަބުން އެތައް އަހަރުތަކަކަށް ފަހު، ބަންގީގެ މަތިވެރި ކަލިމަތަކުން ބައެއް ގައުުުމުތައް ގުގުމާލި ޚަބަރުތައް އިވިގެން ދިޔައީ ވެސް ދާދި މިދާކަށް ދުވަހުއެވެ. މިކަމުންވެސް ދޭހަކޮށްދެނީ މާާާތް ﷲ سُبْحَانَهُ وَتَعَالَى ގެ މަތިވެރިކަމާއިި، އިންސާނުން ގެ ނިކަމެެެެެެތިކަމެވެ. ސަލާމަތާއި ޢާފިޔަތު ލިބެން އޮތީ މާތް ﷲ سُبْحَانَهُ وَتَعَالَى އަށް ފުރިހަމައަށް ކިޔަމަންވުމުންނެވެ. އެހެންކަމުން، އަޅުގަނޑުމެން ނިކަމެތި އިންސާނުން އެކަލާނގެ އަށް ކުއްތަންވެ، ތަޢުބާވުމަށް އަވަސް ކުރަން އެބަޖެހެއެވެ.
ކޮރޯނާ ވައިރަސް ގެ މި ހައްސާސް ދަތި އުނދަގޫ ހާލަތުގައި، ބިރާސްކަން ވެރިވެ، ކާޑާއި އެހެނިހެން ޒަރޫރީ ތަކެތި ގަނޑުކޮށް ގަނެ ޖަމާކުރަމުން ދާއިރު، އެންމެ ފަހަރަކު ވެސް، ނިކަމެތިންގެ ހާލަތާއި މެދު ވިސްނާލިން ހެއްޔެވެ؟ ތިބާ ފަދައިން އެހެން މީހުންވެސް އުޅޭނެކަން ވިސްނާށެވެ. ހަމަ ކޮންމެ މީހަކުވެސް އެމީހެއްގެ އާއިލާ ބަނޑުފުރާނަ މުއްތި ކުރެވޭނެގޮތް ހަދަން ބޭނުން ވާނެއެވެ. މާތް ﷲ سُبْحَانَهُ وَتَعَالَى ތިބާއަށް ލިބެން އިރާދަކުރައްވާފައިވާ މިންވަރެެެއްް މެެެނުވީ ތިިިބާއަށް ނުުުލިބޭނެއެވެެ. އަަަދި ތިިިބާ އަަަށްް ކަނޑަަަަަައަޅުއްވާފައިވާާ ރިޒުގެއް ލިބުމަށް އެހެން މީހަކަށް ހުރަހެއްް ވެސް ނޭޅޭނެއެވެ. ހަމަކަށަވަރުން މާާާތްް ﷲ سُبْحَانَهُ وَتَعَالَى އަކީ ހުރިހާ ކަމަކަށް ކަށަ ކުޅަދުންވަންތަ އިލާހެވެ. ވީއިރުު، ނިިިކަމެތި އިންސާނާ އެެެެކަލާނގެ އަމުރުފުޅަށް ނުކިޔަމަންތެރިވެ، ރިޒުގު ހޯދުމައިގެން އުޅޭއިރު އެކަލާނގެއީ ރިޒުގު ދެއްވާ ޚާާާލިޤުވަންތަ އިލާހުކަން ހަމަ ނޭނގެނީ ހެއްޔެވެ؟
އޭ އިންސާނާއެވެ. މާތް ﷲ سُبْحَانَهُ وَتَعَالَى ގެ ތަނަވަސް ރަޙުމަތުން އުންމީދު ކަނޑާނުލާށެވެ. ދިރިއުޅުމަކީ އިމްތިހާނެކެވެ. މި އިމްތިހާނުން ފާސްވާނީ އެކަލާނގެ މަގުގައި ފައިތިލަ ސާބިތުކުރާ މީހުންނަށެވެ. އަބަދުވެސް ހަނދާން ކުރާށެވެ. ކަނޑުގެ ލޮނުގަނޑުގެ ފޮނުތައްހާ ގިިިނަ ފާފަ ކުރެވިފައިވީ ނަމަވެސް، ހިތް ނިޔަތް ޚާލިސްކޮށް ތެދުވެރި ތަޢުބާއަކުން ތަޢުބާ ވެވޭނެއެވެ. ތަޢުބާގެ ދޮރުކޮޅުތައް ވަނީ އަބަދުވެސް ހުޅުވިގެންނެވެ. އަދިި، ހަނދާން ކުރާށެވެ. ނުއުފުލޭ ވަރުގެ ބޮޑު ބުރައެއް އެކަލާނގެ އަޅުތަކުންނަށް ނުޖައްސަވާނެއެވެ. ވީއިރު، ތެދުވެރި ތަޢުބާއަކުން ތަޢުބާވެ، އާ ފެށުމަކުން ފަށަމާ ހިންގަވާށެވެ.
ލިޔުންތެރިޔާގެ ފުރަމަލަ
- ޖަނާ އަކީ ވާހަކަ ލިޔުމަށް ޝައުޤުހުންނަ ލިޔުންތެރިއެކެވެ. އެހެން ދާއިރާތަކުގައިވެސް ޖަނާ ހަރަކާތްތެރިވާނެއެވެ.
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 12 މާރޗް 2021ޚަބަރު“އުމަރު” ސީރީޒް ރާއްޖެ ޓީވީން އަންނަ ރަމަޟާން މަހު!
- 31 ޖެނުއަރީ 2021ޚަބަރުސްކިލް ޓްރެއިނިން ސެންޓަރުން އަތޮޅުތަކަށް ހާއްސަ އޮންލައިން ކުލާސްތަކެއް!
- 25 ޖެނުއަރީ 2021ވާހަކަޙުޔޫން – އެޕިސޯޑް 03
- 21 ޖެނުއަރީ 2021ޚަބަރުތ. ކިނބިދޫ މައުލޫދު ހަރުގެ މަރާމާތުކުރަން ބަޔަކާ ހަވާލުކޮށްފި