ބުރެޒިލްގެ ލެޖެންޑު އަދި ދުނިޔޭގައި އުފެދުނު އެންމެ މޮޅު ފޯވާޑު ކަމަށް ގިނަބަޔަކު ގަބޫލުކުރާ ރޮނާލްޑޯ އަށް އެންމެ މޮޅު ފަސް ކުޅުންތެރިންގެ ތެރޭގައި ދުނިޔޭގައި އުފެދުނު އެންމެ މޮޅު އެއް ފުޓްބޯޅަ ކުޅުންތެރިޔާ ކަމަށް ގިނަބަޔަކު ގަބޫލުކުރާ ޕޯޗުގަލް ގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ނުހިމެނެއެވެ.
ސްޕެއިންގެ ކުޅިވަރު ނޫހެއް ކަމަށްވާ “އޭ.އެސް” އަށް ދިން އިންޓަވިއުއެއްގައި ރޮނާލްޑޯ އެންމެ ފުރަތަަމަ ވެސް ބުނެފައިވަނީ ދުނިޔޭގެ އުފެދުނު އެންމެ މޮޅު ކުޅުންތެރިޔާ ކަމަށް ގިނަބަޔަކު ގަބޫލުކުރާ އާޖެންޓީނާގެ ތަރި ލިއޮނެލް މެސީ ނަމަވެ. ރޮނާލްޑޯ ގެ ލިސްޓުގައި ދެން ހިމެނުނީ ލިވަޕޫލްގެ ތަރި، މުހައްމަދު ސަލާޙާއި، ޕީއެސްޖީގެ ތަރިން ކަމުގައިވާ ނޭމާ އަދި އެމްބާޕޭގެ އިތުރުން ރެއާލް މެޑްރިޑުގެ ތަރި އެޑެން ހަޒާޑެވެ.
“ޝައްކެއްވެސް ނެތް މެސީ އަކީ ނަންބަރު އެކެއް. އޭނާ ވަރުގެ ކުޅުންތެރިއެއް ފެންނަން ގާތްގަނޑަކަށް 20 ނޫނީ 30 ވަރަކަށް އަހަރު ނަގާނެ. އަހަރެންނަށް ކަމުދޭ ސަލާޙް، ހަޒާޑް، ނޭމާ އަދި ޝައްކެއްވެސް ނެތް އެމްބާޕޭ. އަހަރެން ވަރަށް ގަޔާވޭ އޭނާގެ ކުޅުން ބަލަން.”
“އޭ.އެސް” އަށް ދިން އިންޓަވިއުއެއްގައި ރޮނާލްޑޯ ބުނެފައިވެއެވެ.
ޒުވާން ހުނަރުވެރި ފޯވާޑު އެމްބާޕޭ ގެ ކުޅުމާއި، ރޮނާލްޑޯ ގެ ކުޅުމާއި ވައްތަރުކަމަށް ސަޕޯޓަރުން ބުނާތީ، އެކަމާ ބެހޭ ގޮތުން ރޮނާލްޑޯ ބުނެފައިވަނީ އެއްގޮތް ކަންތަކެއް ހުރި ނަމަވެސް، ކުޅުންތެރިން އަޅާކިޔުމަކީ ވަރަށް އުދަނގޫ ކަމެއް ކަމަށެވެ. އަދި، ކުޅުންތެރިން އަޅާކިޔުމަކީ އޭނާ އެހާ ކުރާހިތްވާ ކަމެއް ނޫންކަމަށާއި، ޙާލަތު ތަފާތުކަމުން ޚާއްސަކޮށް ތަފާތު ޖީލުތަކުގެ ކުޅުންތެރިން އަޅާނުކިޔޭނެ ކަމަށެވެ.
ރޮނާލްޑޯ އިތުރަށް ބުނެފައިވަނީ އެމްބާޕޭ އަކީ ތަފާތު ކުޅުންތެރިއެއް ކަމަށާއި، ބާރަށް ދުވުމުގެ ހުނަރާއި، މޮޅަށް ގޯލު ޖެހުމުގެ ހުނަރާއި، ކުޅުންތެރިން ކައިރިން ނެއްޓުމުގެ ހުނަރުގެ އިތުރުން ދެފައިން ވެސް ގޯލު ޖެހުމުގެ ހުނަރު އެމްބާޕޭ އަށް ލިބިފައިވާ ކަމަށެވެ.
ލިޔުންތެރިޔާގެ ފުރަމަލަ
- އަޙްމަދު ޝާމިން މައިގަނޑު ގޮތެއްގައި ލިޔާނީ ކުޅިވަރު ޚަބަރުތަކެވެ. ފިލްމީ އަދި މިއުޒިކީ ދާއިރާ ނޫން އެހެން ހުރިހައި ދާއިރާތަކަށް ވެސް ޝާމިން ލިޔާނެއެވެ.
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 5 ޖެނުއަރީ 2022ޚަބަރުކޮވިޑް ކޭސްތައް ގިނަވެ އިނގެރޭސި ލީގު ކަޕް ސެމީ ފައިނަލް މެޗު ފަސްކޮށްފި
- 4 ޖެނުއަރީ 2022ޚަބަރުއާ އަހަރު ކުޅުނު ފުރަތަމަ މެޗުން ޔުނައިޓެޑް ބަލިވެއްޖެ
- 4 ޖެނުއަރީ 2022ޚަބަރުފްރެންޗް ކަޕްގެ ގެ ގަދަ 16 އަށް ޕީއެސްޖީ ދަތުރުކޮށްފި
- 2 ޖެނުއަރީ 2022ޚަބަރުރޮޑްރީގެ ގޯލުން ފަހު ވަގުތު ސިޓީން އާސެނަލް ބަލިކޮށްފި