ރާއްޖެއަށް ބޭނުންވާ ބޭހާއި، ބައެއް ކާބޯތަކެތި މޯލްޑިވިއަންގެ ފްލައިޓެއްގައި ދުބާއީން މިރޭ ގެނެސްފިއެވެ.

ރާއްޖޭގެ ގައުމީ އެއާލައިނުން ކޮށްފައިވާ ޓްވީޓެއްގައި ބުނެފައިވަނީ ބޭހާއި، ކާބޯތަކެތީގެ އިތުރުން ބައެއް އެހެނިހެން މުދާ ހިފައިގެން އެ އެއާލައިންގެ ބޯޓެއް މިރޭ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ގައި ޖައްސާފައިވާ ކަމަށެވެ.

ކޮވިޑް-19 އާއި ގުޅިގެން ގައުމުތަކުން މުދާ ގެނައުމަށް ދަތިތަކާ ކުރިމަތިވެފައިވާ މި ދަނޑިވަޅުގައި، ރާއްޖެއަށް ބޭނުންވާ ޒަރޫރީ ބޭހާއި، ކާބޯތަކެއްޗާއި އަދި އެހެނިހެން މުދާ ރާއްޖެ ގެނައުމަށް ދިވެހިރާއްޖޭގެ ގައުމީ އެއާލައިނުން އަންނަނީ އެކި ގައުމުތަކަށް ދަތުރުތައް ބާާާއްވަމުުުންނެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ޝާމިން
އަޙްމަދު ޝާމިން މައިގަނޑު ގޮތެއްގައި ލިޔާނީ ކުޅިވަރު ޚަބަރުތަކެވެ. ފިލްމީ އަދި މިއުޒިކީ ދާއިރާ ނޫން އެހެން ހުރިހައި ދާއިރާތަކަށް ވެސް ޝާމިން ލިޔާނެއެވެ.