ރާއްޖޭގައި ކޮވިޑް-19 އަށް ފައްސިވި މީހުންގެ ތެރެއިން، އިތުރު 35 މީހުން ރަނގަޅުވެ، ޝިފާ ލިބުނު މީހުންގެ އަދަދު 488 އަށް އަރައިފިއެވެ.

ކޮވިޑް-19 އާއި ގުޅިގެން ރާއްޖޭގެ ޙާލަތާއި ބެހޭގޮތުން އެންމެ ފަހުގެ މަޢުލޫމާތު ފޯރުކޮށްދިނުމަށް ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުން ދަރުބާރުގޭގައި ބާއްވަމުންދާ ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވީ އިތުރު 35 މީހުން ކޮވިޑް-19 އިން ރަނގަޅުވެފައިވާ ކަމަށާއި، ޖުމުލަ އަދަދު 488 އަރާފައިވާ ކަމަށެވެ.

ރާއްޖެއިން ކޮވިޑް-19 އަށް މިހާތަަނަށް 1829 މީހަކު ފައްސިވެފައި ވާއިރު، އެބަލި ޖެހިގެން ރާއްޖެއިން މިހާތަނަށް ވަނީ 6 މީހަކު ނިޔާވެފައެވެ. އަދި، ކަރަންޓީނުގައި 1403 މީހުން ތިބިއިރު، އައިސޮލޭޝަން ގައި 1245 މީހުން މިވަގުތާ ހަމައަށް އެބަތިބި ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީގެ ޑޭޝްބޯޑުގެ އެންމެ ފަހުގެ ހިސާބުތަކުން ދައްކައެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ޝާމިން
އަޙްމަދު ޝާމިން މައިގަނޑު ގޮތެއްގައި ލިޔާނީ ކުޅިވަރު ޚަބަރުތަކެވެ. ފިލްމީ އަދި މިއުޒިކީ ދާއިރާ ނޫން އެހެން ހުރިހައި ދާއިރާތަކަށް ވެސް ޝާމިން ލިޔާނެއެވެ.