ބަނޑުގައި އެފޭދޭ ސަރުބީ ނުވަތަ “ވިސެރަލް ފެޓް” އަކީ ސިއްޙަތަށް ވަރަށް ގެއްލުންހުރި އެއްޗެކެވެ. މި ބާވަތުގެ ސަރުބީ އަކީ ފުރަމޭ އާއި ގޮހޮރު ކަހަލަ މުހިންމު ގުނުވަންތަކުގެ ކައިރީގައި އުފެދޭ ސަރުބީއެކެވެ. ސިއްޙީ މާހިރުން ހާމަކޮށްފައިވާ ގޮތުގައި، މިބާވަތުގެ ސަރުބީގެ ސަބަބުން ހަކުރު ބައްޔާއި، ހިތުގެ ބަލިތައް ޖެހުމުގެ މަގު ފަހިވެގެން ދެއެވެ. އަދި މި ނޫނަަސް ސިއްޙީ އެހެން މައްސަލަތަކާ ކުރިމަތިލާން ޖެހެއެވެ.

އިންސާނުންގެ ދިރިއުޅުން ބައްޓަންވެފައި ހުންނަ ގޮތުން ހަށިގަނޑުގައި އުފެދޭ ސަރުބީތައް ނައްތާލުމަށް ގިނަފަހަރު އޮންނަނީ ވަރަށް އުނދަގޫ އަދި ބުރަ ބޮޑު ކަމަކަށް ވެފައެވެ. އާންމު ދިރިއުޅުމުގައި އެހާ ބުރަކޮށް އުޅެންޖެހުމުގެ ސަބަބުން، ކަސްރަތުކުރުމާއި، ފައިދާ ހުރި ކާނާ ބޭނުންކުރުމާ ވަރަށް ބޮޑަށް ދުރުވެއެވެ. ބަނޑުގައި ސަރުބީ އުފެދުމަކީ ވަރަށް ގިނަ މީހުންނަށް ދިމާވާ ކަމެކެވެ. މިފަދަ ސަރުބީތައް ވިރުވާލުމަށް ބޭނުންވަނީ ހަމަ ކުޑަކުޑަ ހިތްވަރެއް ކަން ފާހަގަކޮށްލަމެވެ.

މިތަކެތި ބޭނުންކޮށްލައިގެން ބަނޑުގައި އުފެދޭ ސަރުބީތައް ވިރުވާލެވިދާނެއެވެ.

ގްރީން ޓީ

ދިރާސާތަކުން ދައްކާގޮތުގައި ގްރީން ޓީ ބޭނުންކުރުމުން ހަށިގަނޑުގެ އެތެރޭގައި “މެޓަބޮލިޒަމް” އަވަސްކުރުމަށް އެހީވެދީ، 21 އިންސައްތަ އަވަހަށް ބަރުދަން ލުއިކުރުމަށް އެހީތެރިވެދެއެވެ. ގްރީން ޓީ ގައި ހިމެނޭ “އެލް-ތިއަނައިން” ކިޔާ މާއްދާއެއްގެ ސަބަބުން ބަނޑުގެ ސަރުބީތައް ވިރުވާލައެވެ.

ބެރީސް

ބެރީސް ގައި އެކުލެވޭ “އެންތޮސިޔަނައިން” ކިޔާ މާއްދާއެއްގެ ސަބަބުން، ބަނޑުގައި ހުންނަ ސަރުބީތައް އިތުރުވިޔަ ނުދީ ހިފަހައްޓައެވެ. ދިރާސާތަކުން ދައްކާގޮތުގައި ބެރީސް ބޭނުން ނުކުރާ މީހުންނާއި އަޅާބަލާއިރު، އާންމުކޮށް ބެރީސް ބޭނުން ކުރާ މީހުންގެ ބަނޑުގައި ހުންނަ ސަރުބީތައް ވިރުވާލާ ރޭޓު 30 އިންސައްތަ އިތުރެވެ. ބުލޫބެރީ، ރާސްޕްބެރީ، ސްޓްރޯބެރީ، ކްރޭންބެރީ، އަކައިބެރީ އަކީ ބެރީސް ތެރޭގައި ހިމެނޭ ބައެއް މޭވާއެވެ.

ފިޔާ

ދިރާސާތަކުން ދައްކާގޮތުގައި ފިޔާގައި އެކުލެވޭ “ކްވާސިޓިން” ކިޔާ މާއްދާއެއްގެ ސަބަބުން، ބަނޑުގައި އުފެދޭ ސަރުބީތައް ވިރުވުން 636 އިންސައްތަ އަވަސްކޮށްދެއެވެ. އެމާއްދާގެ ސަބަބުން ސަރުބީ ވިރުވާ “އެންޒައިމް” ހަށިގަނޑު ތެރޭގައި އުފައްދައެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ޝާމިން
އަޙްމަދު ޝާމިން މައިގަނޑު ގޮތެއްގައި ލިޔާނީ ކުޅިވަރު ޚަބަރުތަކެވެ. ފިލްމީ އަދި މިއުޒިކީ ދާއިރާ ނޫން އެހެން ހުރިހައި ދާއިރާތަކަށް ވެސް ޝާމިން ލިޔާނެއެވެ.