ޗަންގީ ބައިނަލްއަޤްވާމީ ވައިގެބަނދަރުގައި އޮތް ސިންގާޕޫރު އެއަރލައިންސް ގެ ބޯއިން777-200އީއާރް ގެ މަތިންދާބޯޓެއް، ކަފު-ޓަގެއް ގައި ކަފުޖަހައިގެން ފުރާ ގޭޓަކާއި ދިމާއަށް ގެންދަނިކޮށް ކަފު-ޓަގު ގައި އަލިފާންރޯވެ މަތިންދާބޯޓަށް ގެއްލުން ވެއްޖެ އެވެ.

ސިންގަޕޫރު އެއަރލައިންސް އިން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ މި ހާދިސާ ހިނގާފައިވަނީ 29 ނޮވެމްބަރު ވީ ބުދަދުވަހުގެ ފަތިހު 04:00 ގައި ކަމަށެވެ.

ރެޖިސްޓްރީ ނަންބަރު (9V-SQK (MSN 33368 މަތިންދާބޯޓް މިހާރުވަނީ އިތުރަށް ބަލައި ޗެކް ކުރުމުގެ މަސައްކަތް ފަށާފައެވެ.

[avatar user=”[email protected]” size=”thumbnail” align=”left”]ލިޔުންތެރިކަމާއި، ވީޑިއޯ އަދި އޯޑިއޯ އާއި ގުޅުންހުރި މަސައްކަތްތަކަކީ ކުރާހިތުން ކުރާ މަސައްކަތެކެވެ.[/avatar]

ސިންގަޕޫރު އެއަރލައިންސް އިން ބުނީ މި ހާދިސާ ހިނގިއިރު ބޯޓުގައި އެއްވެސް ފަސިންޖަރެއް ނެތްކަމަށެވެ. އެހެން ނަމަވެސް ބޯޓު ކަފުޖެހުމުގެ މަސައްކަތުގައި ހަރަކާތްތެރިވި މީހެއް އެވަގުތު ބޯޓުގެ ކޮކްޕިޓް ތެރޭގައި އިންކަމަށާއި އިމަޖެންސީ ސްލައިޑަކުން އެމީހާ ބޯޓުން ބޭލިކަމަށެވެ.

ވައިގެބަނދަރުގައި އަލިފާން ނިއްވުމުގެ މަސައްކަތުގައި ހަރަކާތްތެރިވާ މީހުން ވަރަށް އަވަހަށް ވަނީ އަލިފާން ނިއްވާލާފަ އެވެ. ސިންގަޕޫރު އެއަރލައިންސް އިން ބުނީ އެ ހާދިސާ ތަހްޤީޤު ކުރުމުގައި ކަމާބެހޭ ފަރާތްތަކާއި ސިންގަޕޫރު އެއަރލައިންސް ގެ އިންޖިނޭރިން ކުންފުނިން ގުޅިގެން މަސައްކަތް ކުރާނެ ކަމަށެވެ.

ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯ އަކުން ފެންނަގޮތުން މަތިންދާބޯޓުގެ ދިރުނބާކޮޅުން ބޯޓުގެ ފިއުސްލާޖް ގައި އަޅިދެލި ހިފައިފައިވާ މަންޒަރު ފެނެއެވެ.

 

ބަސްކޮށާރު: ކަފު-ޓަގު – ޓޯ-ޓަގް (tow-tug)
       * މި ލަފުޒު ވަނީ ބަސްކޮމެޓީއަށް އެޖެންޑާކުރަން ހުށައެޅިފައި

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.