ފާތުމަތު ނަހުލާ ޕްރޮޑިއުސް ކޮށް އައިޝަތު ރިޝްމީ ޑައިރެކްޓް ކޮށް މިހާރު ރާއްޖޭ 97 ރަށަށްވުރެން ގިނަ ރަށުގައި ދައްކާފައިވާ ކްރިސްޓަލް އެންޓަޓެއިންމެންޓްގެ ފިލްމު “ބޮސް”  އަންނަ މަހު އަވައްޓެރި ސްރީލަންކާގައި ދައްކަން ނިންމައިފި އެވެ.

ފާތިމަތު ނަހުލާ ބުނީ ލަންކާ ގައި ފިލްމު ދައްކާނީ އަންނަ މަހުގެ 6 އަދި 7 ދުވަހު ދެހިވެލަ – މައުންޓް ލެވީނީއާ ގައި ކަމަށެވެ. ފިލްމު ދެއްކުމަށް ނިންމާފައިވަނީ ރޭގަނޑު 07:00 ގައެވެ.

ޓިކެޓް ނޯޓުކުރުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާ ވާއިރު ލަންކާއިން ޓިކެޓް ނޯޓުކުރުމުގެ ކަންތައް ކުރިއަށް ގެންދިއުމަށް ގުޅަންޖެހޭ ނަންބަރަކީ 775034678 އެވެ.

[avatar user=”[email protected]” size=”thumbnail” align=”left”]ލިޔުންތެރިކަމާއި، ވީޑިއޯ އަދި އޯޑިއޯ އާއި ގުޅުންހުރި މަސައްކަތްތަކަކީ ކުރާހިތުން ކުރާ މަސައްކަތެކެވެ.[/avatar]

ބޮސް، ލަންކާގައި ސްކްރީން ކުރަން ނިންމި އިރު ރާއްޖޭގެ 97 ރަށެއްގައި ވަނީ ފިލްމު ދައްކައިފައެވެ. އޮލިމްޕަހުގައި 27 އަށް ވުރެ ގިނަ ޝޯ ދައްކާފައިވެއެވެ. އަދި ގިނަ ރިސޯޓުތަކެއްގައިވެސް ބޮސް ވަނީ ސްކްރީން ކޮށްފައެވެ.

މާލޭގައި ބޮސްގެ ވަދާއީ ޝޯތައް އޮންނާނީ އަންނަ މަހުގެ 3 އަދި 4 ގައެވެ. މީގެ އިތުރުން ސިނަމާ ނުލިބުމުގެ ސަބަބުން މާލެ އަދި ހުޅުމާލެ ޝްވެކް ސިނަމާގައި ބޮސް ނާޅުވާނެ ކަމަށް ވެސް ބޮސްގެ ޓީމުން ބުނެ އެވެ.

ބޮސް އިން ދައްކައިދެނީ، މުއްސަނދި އަންހެއްކުއްޖެއްގެ މުދާގަނޑުގެ މައްޗަށް ގަދަވެގަތުމަށް ބަޔަކު ކުރާ މަސައްކަތެވެ. ކުޑައިރު މަންމަ ނިޔާވެފައިވާ އެ އަންހެން ކުއްޖާ، ބޮސްގެ ލީޑުން ފެނިގެންދާ މަރިޔަމް އައްޒަ (އިބާ) ހަމައެކަނި ބައްޕަގެ ލޯބި ލިބިގެން ބޮޑުވެ ކުއްލިއަކަށް އެ ބައްޕަ ނިޔާވުމުން ނަފްސާނީ ގޮތުން އޭނާ ކުރިމަތިލާ ހަނގުރާމަ އެވެ.

މީގެ އިތުރުން “ޑިޕްރެޝަން”އިން އަރައިގަތުމަށް އިބާ ކުރިމަތިލާ ގޮންޖެހުންތަކާއި އެކަމުގެ ތެރޭގައި ކުރެވޭ މަޖުބޫރީ ކައިވެންޏަކާ އެކައިވެނިން ލިބޭ ހިތްދަތިކަން، އަދި ލޯބިވާ މީހާ ނުލިބުމުން ކުރާ ހިތްދަތި އަސަރު ވެސް ބޮސް ފިލްމުން ފެނިގެންދެ އެވެ.

ފިލްމުގެ ނަން “ބޮސް” އިޝާރަތް ކުރަނީ ބޮސް ދިނުމަށެވެ. “ލޯތްބަށް ޓަކައި ދޭ ބޮސްގެ ބާރު” މި ފިލްމުން ދައްކައިދެ އެވެ. މީގެ އިތުރުން އިޚްލާސްތެރި ދުއާގެ ބާރު ވެސް މި ފިލްމުން ފެންނާނެ އެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.